21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ކްލަބު އީގަލްސް

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

  • އީގަލްސްގެ ފަރިތަކުރުންތަކުގައި ނައްޓޭ ބައިވެރިވޭ
  • ބިދޭސީ ދެ ކުޅުންތެރިން ހޯދުމަށް އީގަލްސް އިން މަސައްކަތް ކުރަނީ
ނާފިއު ރަޝީދު | NaphiuR

| 15 ޖެނުއަރީ 2017 | އާދީއްތަ 19:10 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  4. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  5. މިނިސްޓަރު އަލީ ވަހީދުގެ ކާފާފުޅު އުމުރުފުޅުން 100 އަހަރުގައި އަވަހާރަ ވެއްޖެ
  6. އައިޝްވަރިޔާ އާއި އަބީޝެކް ރާއްޖޭގައި
  7. ވިލިނގިލީ ބަނދަރު ހަލާކުވެ ރަށުތެރެއަށް އުދަ އަރަނީ
  8. ރައީސްގެ ދަތުރުފުޅަކީ އިންޑިއާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް، ޚަރަދުތައްވެސް އެ ޤައުމުން!


ކްލަބް އީގަލްސްގެ ކުޅުންތެރިން ފަރިތަކުރުންތައް ކުރިއަށް ގެންދަނީ -- ފޭސްބުކް

ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކްލަބު އީގަލްސްގެ ފަރިތަކުރުންތައް ފަށައިފި އެވެ.
އީގަލްސްގެ ފަރިތަކުރުންތައް ފެށިއިރު، އެ ކްލަބު އިތުރަށް ވަރުގަދަ ކުރުމަށް މާޒިޔާއަށް ކުޅެމުން އައި ޒުވާން ކުޅުންތެރިއާ އަހުމަދު ނާޝިދު (ނައްޓޭ) ވަނީ ގެންގޮސްފަ އެވެ. މީގެ އިތުރުން ބިދޭސީ ދެ ކުޅުންތެރިއަކު ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެކްލަބުން މައުލޫމާތުދެ އެވެ.
އާ ސީޒަނަށް ކުރިމަތިލާއިރު، އީގަލްސްއާއެކު ހަދާފައިވާ އެއްބަސްވުން އެޓީމުގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) ވަނީ އާކޮށްފަ އެވެ. ސާންތި އެ ކްލަބުގެ އެއްބަސްވުން އާކުރީ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ.
އީގަލްސްއާއެކު ސާންތި މީގެ ކުރިން ހަދާފައިވާ އެއްބަސްވުން މިދިޔަ ސީޒަން ނިމުނުއިރު ވަނީ ހަމަވެފަ އެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން އީގަލްސް ވަނީ މިދިޔަ ސީޒަނުގެ ޕްރެޒިޑެންޓް ކަޕްގެ ޗެމްޕިއަންކަން ހޯދާފަ އެވެ. ސާންތި އަކީ 27 އަހަރުގެ އީގަލްސްގެ ތާރީހުގައި އެންމެ ކާމިޔާބު ކޯޗެވެ.
އީގަލްސްގެ ފަރިތަކުރުންތައް ކުރިއަށްދިޔަ ވަގުތު ނޫސްވެރިންނަށް މައުލޫމާތުދެމުން ސާންތި ބުނީ ފަރިތަކުރުންތައް ފެށިއިރު އެންމެ ބޮޑު ހިތްހަމަޖެހުމަކީ މިދިޔަ އަހަރު ކްލަބުގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން 95 އިންސައްތަ ކުޅުންތެރިން ޓީމުގައި މަޑުކުރުން ކަމަށެވެ. މި ފެށޭ ސީޒަން އުނދަގޫ ސީޒަނަކަށްވީ ނަމަވެސް ކުޅުންތެރިންގެ މަސައްކަތުން ކާމިޔާބު ހޯދޭނެ ކަމަށް ވެސް ސާންތީ ބުންޏެވެ.
ކްލަބު އީގަލްސްގެ ފަރިތަކުރުން ފެށިއިރު، އާ ސީޒަނަށް ތައްޔާރުވުމަށް މާޒިޔާ އާއި ކްލަބު ވެލެންސިއާ އަދި ވިކްޓްރީންވެސް ވަނީ ފަރިތަކުރުންތައް ފަށާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް