22 ޖޫން 2018 | ހުކުރު | 06 އަދަ
އިމްސާކް 04:15
08 ޝައްވާލް 1439
އިޝާ 19:39
މަޣްރިބް 18:21
އަސްރު 15:36
މެންދުރު 12:12
އިރުއަރާ 05:55
ފަތިސް 04:37

ލ އަތޮޅު ލޮޅުން

ލ. އަތޮޅަށް އައި ލޮޅުން ގދ. ކާޑެއްދޫގައި ހުރި ސެސްމޯމީޓަރުން ދެއްކި، އެކަމަކު އެއީ ބިން ހެލުމެއް ނޫން: މޫސުމާ ބެހޭ ގައުމީ އިދާރާ

 • މިއީ ބިންހެލުމެއް ނޫން
 • މި ލޮޅުމަކީ އެ ސަރަހައްދުގެ ބިންގަނޑަށް އައި ކުޑަ ލޮޅުމެއް
 • މިހާދިސާ ހިނގާފައިވަނީ ހެނދުނު 11:34 ގައި
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 13 ޖޫން 2018 | ބުދަ 16:27 | |

މަގުބޫލް

 1. ސަޢީދު: އެންމެ ބޭކާރު ވަޒީރު
 2. މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
 3. އެމްޑީޕީއާ އެކު ތިބި ބަޔަކު ގޮވައިގެން އިންތިހާބު ކާމިޔާބު ކުރާނަން، ޖޭޕީ ވަކިވުމަކީ މައްސަލައެއް ނޫން: އެމްޑީޕީ
 4. ވިންޓަރ ޕާކަށް ވަންނަ މީހުންގެ އަތުން ފީއެއް ނަގާގޮތަށް ހަމަޖައްސައިފި
 5. ޓްވިޓަރ ބޭނުންކުރުމުގެ އުޞޫލުތަކާއި ދިވެހި ފުލުހުން ޚިލާފުވެއްޖެ
 6. މެސީއާ އެކީ ކުޅެން ޑިބާލާ ތައްޔާރު
 7. މިސް އިންޑިއާ 2018 އަށް އަނުކްރީތީ!
 8. ޖޭޕީގެ ނާއިބު ލީޑަރުންގެ ވާދަވެރިކަން އިތުރުވެއްޖެ!


ލ. ގަން ލިންކް ރޯޑް -- ފޮޓޯ : ރާއްޖެ އެމްވީ

ލ. އަތޮޅުގެ ސަރަހައްދުގެ ބިންގަނޑަށް އައި ލޮޅުން ގދ. ކާޑެއްދޫގައި ހުރި ބިންހެލުން ރިކޯޑްކުރާ ސެންސަރުން ދެއްކި ނަމަވެސް އެއީ ބިން ހެލުމެއް ކަމަށް ރިކޯޑްކުރެވިފައި ނުވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، ބުދަ ދުވަހުގެ ހެނދުނު 11:34 ހާއިރު ލ. އަތޮޅުގެ ސަރަހައްދުގެ ބިންގަނޑަށް އައި ލޮޅުމެއްގެ އަސަރު ކުރެވުނު ކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށެވެ. މިކަން ގދ. ކާޑެއްދޫގައި ހުރި ބިން ހެލުން ރިކޯޑު ކުރާ ސެންސަރުން މިގުޑުމުގެ އަސަރު ރެކޯޑް ކުރެވުނު ނަމަވެސް މިއީ ބިންހެލުމެއް ކަމަށް ރިކޯޑު ކުރެވިފައިނުވާ ކަމަށެވެ. މި ލޮޅުމަކީ އެ ސަރަހައްދުގެ ބިންގަނޑަށް އައި ކުޑަ ލޮޅުމެއް ކަމަށް ބެލެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މި ސަރަހައްދުގެ އެހެން ގައުމުތަކުގައި ވެސް ހުރި ބިން ހެލުން ރިކޯޑު ކުރާ ސެންސަރުތަކުން މީގެ އެއްވެސް އަސަރެއް ފެންނަން ނެތް ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ލ. ގަމު ކައުންސިލްގެ ރައީސް މުހައްމަދު ސިޔާމް ވިދާޅުވީ މި ލޮޅުން އައިސްފައި ވަނީ ބުދަ ދުވަހު ހެނދުނު 11:35 ހާއިރު ކަމަށާއި ގާތްގަނޑަކަށް 30 ހަކަށް ސިކުންތައް އެލޮޅުން ދެމިގެން ދިޔަ ކަމަށެވެ.

ސިޔާމް ވިދާޅުވީ ގަމުގެ ހުރިހާ އަވަށަކަށް ވެސް އެލޮޅުމުގެ އަސަރު ކޮށްގެން ރައްޔިތުން ރިޕޯޓް ކޮށްފައިވާ ކަމަށާއި އެމީހުންނަށް ޤަބޫލު ކުރެވެނީ ބިންހެލުމެއް ކަމަށެވެ. އަދި އެލޮޅުމުގެ 10 ވަރަކަށް މިނިޓް ކުރިން ވެސް ކުޑަކުޑަ ލޮޅުމެއް އައިކަމަށް ސިޔާމް ވިދާޅުވި އެވެ. ގަމުގެ އަވަށްތަކުގެ އިތުރުން އެއަތޮޅު އެހެން ރަށްރަށަށްވެސް އެލޮޅުމުގެ އަސަރު ކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް