18 އޯގަސްޓު 2018 | ހޮނިހިރު | 08 މާ
07 ޛުލްޙިއްޖާ 1439
ފަތިސް 04:48
އިރުއަރާ 06:01
މެންދުރު 12:14
އަސްރު 15:27
މަޣްރިބް 18:19
އިޝާ 19:32

ބޮޑުންގެ ޝަރީއަތް

ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ކުށް ސާބިތުކޮށް، 1 އަހަރާއި ހަތް މަހަށް ޖަލަށް!

 • އަދުލު އިންސާފު ގާއިމުކުރަން ހުރަސްއެޅުމުގެ ކުށުގެ ދައުވާ
 • މި މައްސަލާގައި ދިފާއީ އެއްވެސް ހެއްކެއް ބަލައެއް ނުގަތް
 • ހުލާސާ ބަޔާން އިއްވީ ވެސް މިއަދު
މުހައްމަދު ފަޒީން އަދި މުރުޝިދް އަބްދުލް ހަކީީމް | phaxyn

| 13 ޖޫން 2018 | ބުދަ 16:11 | |

މަގުބޫލް

 1. މަރުހަބާގެ މާފަތިތައް ބަލައިނުގަނެ މެޑަމް ފާތުން ހިތާދޫ ރައްޔިތުންގެ ހިތުގައި ޖައްސައިފި!
 2. އެނގޭތަ؟: އިބޫއަކީ މޮޅު ފޮޓޯގްރާފަރެއް!
 3. މިސްކިތު ހަރިންމަ ތެރޭގައި ދެ ޖިންސު މަސްހުނި ކޮށްގެން ޝަހީމް ކެމްޕޭން ކޮށްފި
 4. ސަރުކާރު ދިފާޢު ކޮށްދިނުމަށް އިނގިރޭސި ޕާލަމެންޓް މެމްބަރުން ގެންނަނީ!
 5. މިސްކިތުގައި ޝަހީމް ހިންގެވި އަމަލަކީ ދީނަށް ކުރި ފުރައްސާރައެއް: ޑރ. އިޔާޒް
 6. ރާއްޖެއިން ހައްޖަށް ދާ 396 މީހަކަށް އެންމެ ފަހު ވަގުތު ފުރޭނެ ގޮތެއް ނެތިފައި!
 7. ރިރެޖިސްޓްރީކުރަން 20000 ފޯމު ދެ ފަހަރަށް ހުށަހަޅާފައި
 8. ރާއްޖެ ޓީވީގެ އަބުރުފުޅު ފަންޑަށް މިހާރު ނޫހުން އެހީވެއްޖެ


ކުރީގެ ރައީސް މައުމޫން (މ)، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު (ވ) އަދި ފަަނޑިޔާރު އަލީ ހަމީދު (ކ) -- ފޮޓޯ : މުހައްމަދު ޝަރުހާން

އަދުލު އިންސާފު ގާއިމު ކުރަން ހުރަސް އެޅުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އެއް އަހަރާއި ހަތް ހަމާއި ހަ ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.  

މި ތިން ބޭފުޅުންގެ މައްޗަށް މި ހުކުމް އިއްވީ މިދިޔަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުގެ ރޭގެ ދަންވަރު ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފޯނު ދޭން އެދުމުން ފޯނު ދީފައިނުވާ ކަމަށްބުނެ ކުރި ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހުއެވެ.

ކްރިމިނަލް ކޯޓަށް ދާދި ފަހުން އައްޔަން ކުރެއްވި ގާޒީ ހަސަން ނަޖީބު މި މައްސަލައިގައި ހުކުމް ކުރެއްވީ މައްސަލައިގައި ހުލާސާ ބަޔާން އިއްވުމަށް ބޭއްވި ޝަރީއަތުގެ އަޑުއެހުން ނިންމުމަށް ފަހު ކުޑަ ވަގުތުކޮޅަކަށް ޝަރީއަތް މެދު ކަނޑާލުމަށް ފަހުއެވެ.

ޖަލު ހުކުމުގެ އިތުރުން މި ތިން ބޭފުޅުނަށް ގާނޫނީ ވަކީލުންގެ ހުއްދަ އާއި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ދައުލަތުން ދީފައިވާ ކަމަށްވާނަމަ އެ ހުއްދަ ވެސް ބާތިލްވާނެ ކަމަށް މި ހުކުމާއެކު ކަނޑައަޅާފައިވެ އެވެ. އެ ބޭފުޅުން ހިންގާފައިވާ އަމަލީ އެ ބޭފުޅުންގެ ހަސިއްޔަތުން ކުރަން ޖެހޭފަދަ އަމަލެއް ނޫން ކަމަށްބުނެ އެގޮތައް ކަނޑައެޅި ނަމަވެސް މިއީ ދައުލަތުން ވެސް އެދިފައިވާ ގޮތެއް ނޫނެވެ.

މައްސަލައިގައި ހުލާސާ ބަޔާން އިއްވި މަޖިލީހާއި ހުކުމް ކުރުމުގެ މަޖިލީސް ވެސް ބޭއްވީ ތިން ބޭފުޅުންގެ ދިފާއީ ވަކީލުން ނެތި އެވެ.

ހުކުމް އިއްވުމުގެ ކުރިން ގާޒީ ވިދާޅުވީ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުށް ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހާއި އެ ބޭފުޅުން ފުލުހުން ދީފައިވާ ބަޔާނުން އެ ބޭފުޅުން ފޯނު ގެންގުޅޭކަން އެނގޭ ކަމަށެވެ.

ރައީސް މައުމޫނުގެ ފޯނު ދިނުމަށް ފުލުހުން އެދުނީ ގާނޫނާ ހިލާފަށް ސަރުކާރު ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުނަށް ރިޝްވަތުދީ އިތުރު މެމްބަރުނަށް ރިޝްވަތުދޭން އުޅުމާއި ކޯޓުތަކުން ވަކި ގޮތަކަށް ހުކުމްތައް ނެރުވަން ފަނޑިޔާރުނަށް ރިޝްވަތުދިން ކަމަށް ތުހްމަތު ކުރެވޭ މައްސަލައިގައި ހެކި އެ ފޯނުގައި ހުރެދާނެ ތީ ކަމަށް ދައުލަތުން ބުނެފައިވެ އެވެ. ގާޒީ ވިދާޅުވީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން ރައީސް މައުމޫނުގެ މައްޗަށް ކުރެވޭ ތުހްމަތުތަކާ ގުޅޭ ހެކި އެ ފޯނުގައި ހުންނާނެ ކަމަށް ޝަރީއަތައް ގަބޫލުކުރެވެ އެވެ.

ހަމަ އެގޮތައް ސުޕްރީމް ކޯޓުގައި ތިއްބަވަނިކޮށް އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް ފޯނުދޭން އެދުނީ އެ ބޭފުޅުންގެ މައްޗަށް ތުހްމަތު ކުރެވުނު، އެކި މީސްމީހުންގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައި އެކި މީސް މީހުން ބޭނުންވާ ގޮތައް ހުކުމްތައް ނެރެ، ކޯޓުތަކުގެ ފަނޑިޔާރުނަށް ނުފޫޒު ފޯރުވައި ގާނޫނު ހިންގުމަށް ހުރަސްއެޅި ކަމަށް ތުހްމަތުކޮށް އެކަމުގެ ހެކި ހުންނާނެ ކަމަށް ބެލެވިގެން ކަމަށް ހެކިން ބުނެފައިވާއިރު ގާޒީ ވިދާޅުވީ އެކަމުގެ ހެކި އެ ބޭފުންގެ ފޯނުގައި ހުންނާނެ ކަމަށް ޝަރީއަތައް ބުރަވެވޭ ކަމަށެވެ.  

މި މައްސަލައިގައި ގާނޫނީ ވަކީލުން މައްސަލަ ދޫކޮށްލާފައިވާއިރު ގާޒީ ހުކުމުގެ ކުރިން ފާހަގަ ކުރެއްވި ގޮތުގައި މައްސަލައިގައި ދިފާއީ ވަކީލުންގެ ހައްގު ދައުވާ ލިބޭ ފަރާތައް ވަނީ ދީފަ އެވެ. އަދި މައްސަލައިން ވަކީލުން ތަނާޒުލުވިފަހުން ވެސް ވަކީލުން އައްޔަން ކުރުމަށް ފުރުސަތު ހުޅުވާލާފައި އޮތުމަކީ ގާނޫނީ ވަކީލުންންގެ ހައްގު ދީފައި އޮތުންކަން 2016 ވަނަ އަަހަރު ސުޕްރީމް ކޯޓުން ނިންމާފައިވާ ގަޒިއްޔާ އަކުން އެނގޭ ކަމަށް ބުނެފައިވެ އެވެ.

މި މައްސަލައިގައި ހުލާސާ ބަޔާން އިއްވުމަށް އަލީ ހަމީދާއި އުއްތަމަ ފަނޑިޔާރަށް އެންގެވުމުން އެ ބޭފުޅުން ވިދާޅުވީ ހުލާސާ ބަޔާން އިއްވުމަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް ގާޒީ ނިންމެވީ ހުލާސާ ބަޔާން އިއްވުމަށް އެންގެވުމުން ހުލާސާ ބަޔާން ހުށަނޭޅުއްވީ ކަމަށެވެ.  

ރައީސް މައުމޫނު ވެސް ވިދާޅުވީ ހުލާސާ ބަޔާން ހުށައަޅުއްވަން ބޭނުންފުޅުވަނީ ގާނޫނީ ވަކީލަކާ އެކު ކަމަށެވެ. އެހެން ނަމަވެސް އެ އެމަނިކުފާނު ވަނީ ޝަރީއަތާ ގުޅޭ ގޮތުން ހުލާސާ ގޮތެއްގައި ވާހަކަ ދައްކަވާފަ އެވެ. އެގޮތުން މި މައްސަލައިގައި ސިއްރު ހެކިން ހުށަހަޅާފައިވާއިރު ސިއްރުން ހެކިބަސް ނެގުމަކީ އިސްލާމް ދީނުގައި ހުއްދަ ކުރާކަމެއް ނޫން ކަމަށާއި އިސްލާމީ ޝަރީއަތުގައި ހެކިބަސް ނެގުން ހުއްދަވާ ގޮތެއް ދައުލަތައް ބުނެ ނުދެވޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން އެމަނިކުފާނު ފޯނު ދިނުމަށް އިއުތިރާޒުކޮށްފައިވާކަން ހެކިންގެ ހެކިބަސް ނޭނގޭއިރު ފޯނު ދޭން މަސައްކަތް ކުރިކަން ހެކިބަހުން ސާބިތުވާ ކަމަށް ބުނެފައިވެ އެވެ.

އަދި އެހެންމެ އެމަނިކުފާނު ހައްޔަރު ކުރިވަގުތު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވީ ނަމަވެސް ފުލުހުންގެ ގާނޫނާއި އެ ގާނޫނު ދަށުން ހަދާފައިވާ ފުލުހުންގެ އާންމު ގަވައިދު ސަސްޕެންޑްކޮށްފައި ނުވާތީ ގޭގެއަށް ވަނުމަށް ކޯޓު އަމުރެއް ހޯދަން ޖެހޭނެކަން ފާހަގަ ކުރައްވައި، މައުމޫނު ވިދާޅުވީ އެރޭ ފުލުހުން އެމަނިކުފާނު ދިރިއުޅުވާ އެންދެރިމާގޭގެ ދޮރޮ ވައްޓާލާފައިވަނީވެސް ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ގާނޫނާ ހިލާފަށް އެގެއަށް ވަދެ ކޮށްފައިވާ ކޮންމެ އަމުރަކީ އަދި ހިންގާފައިވާ ކޮންމެ އަމަލަކީވެސް ގާނޫނާ ހިލާފު ކަންކަމަށްވާއިރު އެ ތަހްގީގުގެ އެންމެހާ ކަންކަން ބާތިލްވާނެ ކަމަށް ވެސް ހުލާސާ ގޮތެއްގައި އެމަނިކުފާނު ވިދާޅުވި އެވެ. ސިއްރު ހެކިވެރިޔާގެ ފޯނުން އެމަނިކުފާނަށް ގުޅާ ފަނޑިޔާރު އަލީ ހަމީދާ ގުޅި ކަމަށް ބުނެފައިވާއިރު އެކަން ސާބިތު ކުރުމަށް ސިއްރު ހެކިވެރިޔާގެ ފޯނު ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ނުވާ ކަމަށް ވެސް ރައީސް މައުމޫނު ފާހަގަ ކުރެއްވި އެވެ.

ހުކުމް އިއްވަމުން ގާޒީ ވަނީ ޝަރީއަތުގައި ލިބެން ޖެހޭ އެންމެހާ ހައްގުތައް ލިބިދީފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މި މައްސަލައިގައި ދިފާއީ ހެކިބަސް ނުނެގުމަށް ނިންމީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން ސާބިތުވާ ކަންކަން ދެން އެހެން މީހެއްގެ ހެކިބަހުން ނަފީ ކުރެވޭނެ ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށްވެސް ގާޒީ ހުކުމުގެ ކުރިން ފާހަގަ ކުރެއްވިއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

މާނު

2 މަސް ކުރިން

މައުމޫނަށްޔާމީނުއީދުތަހުނިއާފޮނުވައި

0
0
ފަހީމް

2 މަސް ކުރިން

މިއަދު ހުކުމް ކޮށްލައިގެން ބަނޑުދައްކާލައިގެން އިދޭ އެހެނަސް މާދަމާ ހަމަހިލާ ނުބެޗޭނެ

0
0