22 ޖޫން 2018 | ހުކުރު | 06 އަދަ
އިމްސާކް 04:15
08 ޝައްވާލް 1439
ފަތިސް 04:37
އިރުއަރާ 05:55
މެންދުރު 12:12
އަސްރު 15:36
މަޣްރިބް 18:21
އިޝާ 19:39

ފުލުހުންގެ ޕްރެސް

ފުލުހުންގެ މައްސަލަތައް ތަހުގީގުކުރުމުގައި ހެކިބަސްދޭ މީހާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރާނެ: ޕޮލިސް

  • ހަގީގަތާއި ހިލާފުވާ ވާހަކަ ނުދެއްކުމަށް އެދެން
  • ހެކިބަސްދޭ މީހާގެ ރައްކާތެރިކަން ކަށަވަރު ކުރާނަން
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 13 ޖޫން 2018 | ބުދަ 15:58 | |

މަގުބޫލް

  1. ޔޫރަޕުގެ ފިނިން ރައީސް އޮފީހުގެ ފިނި ކޮޓަރިއަށް؟
  2. ސަޢީދު: އެންމެ ބޭކާރު ވަޒީރު
  3. އެމްޑީޕީއާ އެކު ތިބި ބަޔަކު ގޮވައިގެން އިންތިހާބު ކާމިޔާބު ކުރާނަން، ޖޭޕީ ވަކިވުމަކީ މައްސަލައެއް ނޫން: އެމްޑީޕީ
  4. މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
  5. ވިންޓަރ ޕާކަށް ވަންނަ މީހުންގެ އަތުން ފީއެއް ނަގާގޮތަށް ހަމަޖައްސައިފި
  6. ޓްވިޓަރ ބޭނުންކުރުމުގެ އުޞޫލުތަކާއި ދިވެހި ފުލުހުން ޚިލާފުވެއްޖެ
  7. މެސީއާ އެކީ ކުޅެން ޑިބާލާ ތައްޔާރު
  8. މަރުގެ އަދުބު ތަންފީޒުކުރަން އުމަރު މަސައްކަތްކުރެއްވީ އަދީބަށް މަރުގެ އަދަބު ދޭނެކަމަށް އުއްމީދުކުރައްވައިގެން: ނަޝްވާ


ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝިފާނު -- ރާއްޖެއެމްވީ

ފުލުހުންގެ މައްސަލަތައް ތަހުގީގުކުރުމުގައި ހެކި ރައްކާކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ވެސް ކުރައްވާނެ ކަމަށާއި އެއީ ހެކި ބަސްދޭ މީހާ ސިއްރު ކުރުން ކަމަށް ވާނަމަ އެކަން ވެސް ކުރައްވާނެ ކަމަށް ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝިފާނު ވިދާޅުވެއްޖެއެވެ.

 ފުލުސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފްރެންސްގައި ވާހަކަދައްކަވަމުން ޝިފާން ވިދާޅުވީ، ސިއްރު ހެކި ހުށަހަޅަނީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އުސޫލޫތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. ސިއްރު ހެކި ހުށަހަޅައިގެން ޝަރީއަތްތައް ހިންގުމަކީ ގާނޫނާ ފުށޫ އެރުންތަކެއް ހުރި ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ، މިއީ އަލަށް ކުރާ ކަމެއް ނޫން ކަމަށާއި ބޮޑެތި މައްސަލަތަކުގައި މި އުސޫލުން އަމަލު ކުރާ ކަމަށެވެ.

"މިކަމަކީ ދިވެހިރާއްޖޭގައި އަލަށް ކުރާ ކަމެއް ނޫން. އެކި އެކި ބޮޑެތި މައްސަލަތަކުގައި ހެކި ބަސްދޭ ފަރާތްތަކަށް ހުރި އެކިކަހަލަ ރިސްކުތައް އައިޑެންޓިފައިކޮށްފައި، އަދި އެއްވެސް ކަހަލަ ތްރެޓެއް އައިޑެންޓިފައި ކޮށްފައިވާ ނަމަ ސިއްރު ހެކި ނަގާނެ،" ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ މިކަމަކީ ހެކިބަސްދޭ މީހާގެ ރައްކާތެރިކަމާ ގުޅިފައިވާ ކަމެއް ކަމަށާއި އެހެން ކަމުން ހެކި ބަސް ހުށަހަޅާ ފަރާތައް ބޭނުންވާ ރައްކާތެރިކަން ފުލުހުން ފޯރުކޮށްދިނުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"މިކަމަކީ ހެކިބަސްދޭ މީހާގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ކަމެއް. މި ހިނގާދިޔަ ބޮޑެތި ކަންކަމުގައި މިފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ހިނގާފައިވާ މަރުގެ މައްސަލަތަކުގައާއި އެ ނޫން ވެސް ބޮޑެތި މައްސަލަތަކުގައި ސިއްރު ހެކީގެ ގޮތުގައި ހެކި ހުށަހަޅާފައިވާނެ. އަދި ހެކިބަސްދޭ މީހާއަށް އެބޭނުންވާ ރައްކާތެރިކަން ދިނުމަކީ ފުލުހުން ކުރަންޖެހޭނެ ކަމެއް ކަމަށް ގަބޫލު ކުރަން،" ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ 149 ވަނަ މާއްދާފައި އެކި ރައްކާ ކުރުމަށް ބާރު އަޅާ ކަމަށާއި އެހެން ކަމުން ފުލުހުން އަމަލު ކުރަމުންދަނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.

މިފަދަ ކަންކަމުގައި ގަސްދުގައި ކަންކަން އޮޅުވާލުމަށް މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ކަމަށާއި މިފަދަ އަމަލުތައް ނުކުރުމަށް އެދޭ ކަމަށެވެ.

ޝިފާން ވިދާޅުވީ، ފުލުހުން ތަހުގީގުތައް ހިންގުމުގައި ހެކި ރައްކާ ކުރަންޖެހޭ ކޮންމެ ދަނޑިވަޅެއްގައި ވެސް އެކަން ކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އިތުބާރުނުކުރާނަން

1 ހަފްތާކުރިން

ފަތް އަންބުރައިގެން ބިޑިވިއްކީމަ 25 އަހަރު ޖަލުހުކުމް!؟ދުވަހަކުވެސް ތިކަހަލަ އިންވެސްޓިގޭޝަން އަށް އިތުބާރުނުކުރާނަން

0
0
ދޮންބެ

1 ހަފްތާކުރިން

މިމީހުން ކިޔާފަރިއްސަތައް އަޑުއެހުމައް ދާނެކަމެއްނެތް. "ބޮޑުބެ" ބުނީމަ އެބުނާކޮންމެގޮތަކީ ޤާނޫނޭކިޔާފަ ހޭރެނީ

0
0