22 ޖޫން 2018 | ހުކުރު | 06 އަދަ
އިމްސާކް 04:15
08 ޝައްވާލް 1439
އިޝާ 19:39
މަޣްރިބް 18:21
އަސްރު 15:36
މެންދުރު 12:12
އިރުއަރާ 05:55
ފަތިސް 04:37

ފިތުރު ޒަކާތް

ޒަކާތުގެ ގޮތުގައި މާލެއިން 4 މިލިއަން ރުފިޔާ، ބޮލަކަށް 1،300ރ.

 • ރާއްޖޭގައި ފަގީރުންގެ އަދަދު 16،294 އަށް އަރާ
 • މާލޭގެ ފަގީރުންގެ އަދަދަކީ 3،299ރ.
 • ފަގީރުންގެ އަދަދު ދަނީ އިތުރުވަމުން
ޙުސައިން ޙަސަން | hucenhassan

| 13 ޖޫން 2018 | ބުދަ 14:40 | |

މަގުބޫލް

 1. ޔޫރަޕުގެ ފިނިން ރައީސް އޮފީހުގެ ފިނި ކޮޓަރިއަށް؟
 2. ސަޢީދު: އެންމެ ބޭކާރު ވަޒީރު
 3. އެމްޑީޕީއާ އެކު ތިބި ބަޔަކު ގޮވައިގެން އިންތިހާބު ކާމިޔާބު ކުރާނަން، ޖޭޕީ ވަކިވުމަކީ މައްސަލައެއް ނޫން: އެމްޑީޕީ
 4. މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
 5. ވިންޓަރ ޕާކަށް ވަންނަ މީހުންގެ އަތުން ފީއެއް ނަގާގޮތަށް ހަމަޖައްސައިފި
 6. ޓްވިޓަރ ބޭނުންކުރުމުގެ އުޞޫލުތަކާއި ދިވެހި ފުލުހުން ޚިލާފުވެއްޖެ
 7. މެސީއާ އެކީ ކުޅެން ޑިބާލާ ތައްޔާރު
 8. މަރުގެ އަދުބު ތަންފީޒުކުރަން އުމަރު މަސައްކަތްކުރެއްވީ އަދީބަށް މަރުގެ އަދަބު ދޭނެކަމަށް އުއްމީދުކުރައްވައިގެން: ނަޝްވާ


ޒަކާތް ބަލައިގަތުން: ޒަކާތުގެ ފައިސާ ބަހަނީ އިސްލާމީ މަރުކަޒުގެ ހޯލުގައި -- ފޮޓޯ : މުހައްމަދު ޝަރުހާން

ޒަކާތުގެ ގޮތުގައި އަންގާރަ ދުވަހާ ހަމައަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށާއި މާލޭގައި ތިބި ފަގީރުންނަށް ޒަކާތުގެ ގޮތުގައި މިއަހަރު ޖެހެނީ ބޮލަކަށް 1،300ރ. ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފަގީރުންގެ ގޮތުގައި މާލެއިން 3،299 މީހަކު މިއަހަރު ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. މިދިޔަ އަހަރު ފަގީރުންގެ ގޮތުގައި މާލެއިން ރަޖިސްޓްރީ ކުރީ 3،142 މީހެކެވެ. އެހެންކަމުން މިދިޔަ އަހަރަށްވުރެ، މިއަހަރު ފަގީރުންގެ ލިސްޓަށް 157 މީހަކު މާލެއިން ވަނީ އިތުރުވެފައެވެ.

ފަގީރުންގެ ގޮތުގައި މިއަހަރު މުޅި ރާއްޖެ އިން ރަޖިސްޓްރީކޮށްފައި ވަނީ 16،294 މީހުންނެވެ. އެ އަދަދު މިދިޔަ އަހަރު މަދެވެ. އެގޮތުން މިދިޔަ އަހަރު މުޅި ރާއްޖޭގައި ތިބި ފަގީރުންގެ އަދަދަކީ 16،205 މީހުންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލޭގައި ޒަކާތް ބަހަން ފަށާފައިވާ ކަމަށާއި ޒަކާތުގެ ފައިސާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އިސްލާމީ މަރުކަޒުގެ ހޯލުގައި ކަމަށެވެ. ޒަކާތް ބަހާނީ ބޮލަކަށް 1،300 ރުފިޔާގެ ރޭޓުން ކަމަށާއި ހެނދުނު 10:00 އިން ފެށިގެން މެންދުރު ފަހު 3:30 އަށް ޒަކާތުގެ ފައިސާ ދޫކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. ނަމަވެސް މެންދުރު ނަމާދަށް ޒަކާތް ބެހުން މެދުކަނޑާލާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ރޭގަނޑު ޒަކާތުގެ ފައިސާ ބަހަނީ 9:00 އިން ފެށިގެން 11:00 އަށެވެ. ގޮވާމުގެ ބާވަތްތަކުން ޒަކާތް ބެހުން، އަރަބިއްޔާ ސްކޫލުގެ ހޯލުގައި ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިދިޔަ އަހަރު ޒަކާތުގެ ގޮތުގައި ބޮލަކަށް ބަހާފައި ވަނީ 1،250ރ. އެވެ. ފިތުރު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު މާލޭ ސަރަހައްދުން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް