22 ޖޫން 2018 | ހުކުރު | 06 އަދަ
އިމްސާކް 04:15
08 ޝައްވާލް 1439
ފަތިސް 04:37
އިރުއަރާ 05:55
މެންދުރު 12:12
އަސްރު 15:36
މަޣްރިބް 18:21
އިޝާ 19:39

އިލެކްޝަންސް ކޮމިޝަން

ޕީޕީއެމަށް ދިން ގޮތަށް އެހެން ޕާޓީތަކަށް ލިސްޓްތައް ދިނުމަށް ގޮވާލަން: މަހުލޫފް

  • އައިޑީ ކާޑު ނަމްބަރު ރަނގަޅުތޯ ޗެކް ކުރާނީ ކިހިނެތްތޯ މަހްލޫފް ސުވާލުކުރެއްވި
  • ނަން އައިޑީ ކާޑާ ދިމާ ނުވާ ނަމަ ވޯޓުލާން ފުރުސަތު ނުދޭނެ
  • އެންމެންގެ މަސައްކަތުން ވަގުހެދުން ކުޑަކުރެވޭނެ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 13 ޖޫން 2018 | ބުދަ 13:59 | |

މަގުބޫލް

  1. ސަޢީދު: އެންމެ ބޭކާރު ވަޒީރު
  2. މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
  3. އެމްޑީޕީއާ އެކު ތިބި ބަޔަކު ގޮވައިގެން އިންތިހާބު ކާމިޔާބު ކުރާނަން، ޖޭޕީ ވަކިވުމަކީ މައްސަލައެއް ނޫން: އެމްޑީޕީ
  4. ވިންޓަރ ޕާކަށް ވަންނަ މީހުންގެ އަތުން ފީއެއް ނަގާގޮތަށް ހަމަޖައްސައިފި
  5. ޓްވިޓަރ ބޭނުންކުރުމުގެ އުޞޫލުތަކާއި ދިވެހި ފުލުހުން ޚިލާފުވެއްޖެ
  6. މެސީއާ އެކީ ކުޅެން ޑިބާލާ ތައްޔާރު
  7. މިސް އިންޑިއާ 2018 އަށް އަނުކްރީތީ!
  8. ޖޭޕީގެ ނާއިބު ލީޑަރުންގެ ވާދަވެރިކަން އިތުރުވެއްޖެ!


ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް -- ރާއްޖެއެމްވީ

އައިޑީ ކާޑު ނަމްބަރު ޖެހި ލިސްޓްތައް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ( ޕީޕީއެމް) އަށް ދިން ގޮތަށް އެހެން ޕާޓީތަކަށް ވެސް ދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ގޮވާލައްވައިފިއެވެ.

ބުދަ ދުވަހު މަހުލޫފްގެ ފޭސްބުކް ޕޭޖްގައި ލިޔުއްވަފައިވާ ޕޯސްޓެއްގައި މަހްލޫފް ވަނީ ލިސްޓްގައި އައިޑީކާޑު ނަމްބަރު ނެތީސް އައިޑީ ކާޑު ނަމްބަރު އޮތީ ރަނގަޅަށްތޯ ޗެކް ކުރާނީ ކިހިނެތްތޯ ސުވާލު ކުރައްވާފައެވެ.

ކޮންމެ ރައްޔިތަކަށް 1414 އަށް އެސްއެމްއެސް ކުރަން ނޭނގޭނެ ކަމަށާއި 1414 އަކީ ހިލޭ އެސްއެމްއެސް ކުރެވޭ ނަމްބަރަކަށް ނުވުމުން އެސްއެމްއެސް ކުރަން ބޭނުން ނުވާ އެތައް ބަޔަކު ތިބޭނެ ކަމަށް މަހުލޫފު ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ ލިސްޓްގައި އޮންނަ އައިޑީ ނަމްބަރު އަދި ނަން އައިޑީ ކާޑާ ދިމާ ނުވާ ނަމަ ވޯޓުލާން ފުރުސަތު ނުދޭނެ ކަމަށެވެ.

އީދާއި ވޯލްޑްކަޕް ފޯރީގެ ތެރޭގައި ވެސް ލިސްޓް ރަނގަޅަށް ޗެކް ކުރުން ވަރަށް މުހިއމު ކަމަށް މަހުލޫފް ވިދާޅުވިއެވެ. މީގެ އިތުރުން މަހުލޫފް ވިދާޅުވެފައި ވަނީ ވަގު ހަދާނެ ކަމަށާއި ނަމަވެސް އެންމެންގެ މަސައްކަތުން ވަގުހެދުން ކުޑަކުރެވޭނެ ކަމަށެވެ.

ވޯޓާސް ލިސްޓްގައި އެއްވެސް މައްސަލައެއް އުޅޭ ނަމަ އަންނަ ޖޫން މަހުގެ 20 ގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އެގޮތުން މާލޭގައި ނަމަ އިލެކްޝަން ކޮމިޝަނަށް، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީ ފިޔަވައި ދެން ހުރި ރަށްތަކުގައި އެރަށްތަކުގެ ރަށު ކައުންސިލަށް ޝަކުވާ ހުށަހެޅުމަށް އިލެކްޝަން ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައި ނަމަ އެ ސިޓީގެ އަވަށު އޮފީސްތަކަށް ސިޓީ ހުށަހެޅުމަށް އިލެކްޝަން ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް