20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

އެމްޑީޕީ ރިޔާސީ އިންތިހާބު

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

  • ރަށްރަށުގެ އެމްޑީޕީ ގޮފިތަކުގެ ހިންގުން ހަރުދަނާ ކޮށް ކުރާ މަސައްކަތްތައް އިތުރު ކުރަންޖެހޭ
  • ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށް ވާދަކުރެއްވޭނެ ކަމަށް ޝައްކެއް ނުކުރޭ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 15 ޖެނުއަރީ 2017 | އާދީއްތަ 18:49 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  3. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  8. ރަވާނާ ދޯނީގައި ތިބި މީހުން މާލެ ގެނެސްފި


ހަސަން ލަތީދު ކެމްޕެއިން ދަތުރު -- ރާއްޖެއެމްވީ

ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީން ކުރައްވާ އެންމެ ބޮޑު މަސައްކަތަކީ މުޅި ޕާޓީގެ އިދާރީ އޮނިގަނޑު ތަކުގެ ތެރެއިން ރަށްރަށުގެ އެމްޑީޕީ ގޮފިތަކުގެ ހިންގުން ވަރުދަކުރުން ކަމަށް ޗެއާޕަސަން ކަމަށް ކުރިމަތިލައްވާފައިވާ ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ހަސަން ލަތީފު ވިދާޅުވީ، ރިޔާސީ އިންތިހާބަށް އެމްޑީޕީން ތައްޔާރުވުމުގެ ގޮތުން އެންމެ ބޮޑު އިސްކަމެއް ދެނީ ރަށްރަށުގެ އެމްޑީޕީ ގޮފިތަކުގެ ހިންގުން ހަރުދަނާކޮށް ކުރާ މަސައްކަތްތައް އިތުރު ކުރުން ކަމަށެވެ. ހަސަން ވިދާޅުވީ އެމްޑީޕީގެ އާއްމު މެންބަރުންނާ ބައްދަލުކުރެއްވުމަށް ނ. އަތޮޅާއި ޅ. އަތޮޅަށް ކުރެއްވި ދަތުރުގާ އާއްމު މެންބަރުންގެ އެންމެ ބޮޑު ސުވާލަކަށް ވެފައިވަނީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓްގެ ގޮތުގައި ރައީސް ނަޝީދު ފެނިގެންދާނެ ކަމާ މެދު ކަމަށެވެ. އަދި އެކަން އާއްމު މެންބަރުންނަށް ވަރަށް ރަގަޅަށް އޮޅުން ފިލުވާދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ހަސަން ވިދާޅުވި ރައީސް ނަޝީދަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެ ކަމާ މެދު އެމަނިކުފާނު ޝައްކު ނުކުރައްވާ ކަމަށެވެ.

ހަސަން ލަތީފު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވާ އާއްމު މެންބަރުންނާއި ބައްދަލު ކުރެއްވުމަށް ނ އަތޮޅާ ޅ އަތޮޅަށް ވަޑައިގަންނަވާފައިވަނީ މިމަހުގެ 12 އިން 14 ވަނަ ދުވަހަށެވެ. ދެ ދުވަހުގެ މިދަތުރުގައި އެ ދެ އަތޮޅުގެ ހަތް ރަށަކަށްވަނީ ވަޑައިގަންނަވާފަ އެވެ. މީގެ އިތުރުން އިތުރު އަތޮޅުގެ އެމްޑީޕީގެ އާއްމު މެންބަރުންނަށް ބައްދަލު ކުރެއްވުމަށްޓަކާއި އެހެން އަތޮޅުތަކަށް ވަޑައިގަތުމަށް ރޭވިފަވިފައިވާ ކަމަށް ހަސަން ލަތީފު ވަނީ ވިދާޅުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް