22 ޖޫން 2018 | ހުކުރު | 06 އަދަ
އިމްސާކް 04:15
08 ޝައްވާލް 1439
އިޝާ 19:39
މަޣްރިބް 18:21
އަސްރު 15:36
މެންދުރު 12:12
އިރުއަރާ 05:55
ފަތިސް 04:37

އެސްއޯ ފުލުހުން

މުޒާހަރާގެ ބައިވެރިންނާ އެކު، ފުލުހުންނާ ކުރިމަތިލި ކަމުގެ ތުހުމަތު އިތުރު ފުލުހަކަށް

  • އޭނާގެ މައްޗަށް ވެސް ހަތަރު ދައުވާއެއް އުފުލާފައިވޭ
  • ސާބިތުވެއްޖަ ނަމަ، 1 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށް
ޙުސައިން ޙަސަން | hucenhassan

| 13 ޖޫން 2018 | ބުދަ 13:13 | |

މަގުބޫލް

  1. ޔޫރަޕުގެ ފިނިން ރައީސް އޮފީހުގެ ފިނި ކޮޓަރިއަށް؟
  2. ސަޢީދު: އެންމެ ބޭކާރު ވަޒީރު
  3. އެމްޑީޕީއާ އެކު ތިބި ބަޔަކު ގޮވައިގެން އިންތިހާބު ކާމިޔާބު ކުރާނަން، ޖޭޕީ ވަކިވުމަކީ މައްސަލައެއް ނޫން: އެމްޑީޕީ
  4. މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
  5. ވިންޓަރ ޕާކަށް ވަންނަ މީހުންގެ އަތުން ފީއެއް ނަގާގޮތަށް ހަމަޖައްސައިފި
  6. ޓްވިޓަރ ބޭނުންކުރުމުގެ އުޞޫލުތަކާއި ދިވެހި ފުލުހުން ޚިލާފުވެއްޖެ
  7. މެސީއާ އެކީ ކުޅެން ޑިބާލާ ތައްޔާރު
  8. މަރުގެ އަދުބު ތަންފީޒުކުރަން އުމަރު މަސައްކަތްކުރެއްވީ އަދީބަށް މަރުގެ އަދަބު ދޭނެކަމަށް އުއްމީދުކުރައްވައިގެން: ނަޝްވާ


ދައުވާ ލިބޭ ފުލުސް މީހާ ކަރެކްޝަނަލް ސާވިސްގެ ވެހިކަލަކަށް އަރުވަނީ -- ފޮޓޯ : ރާއްޖެ އެމްވީ

ފެބްރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި މާލޭގައި މުޒާހަރާ ކުރި މީހުންނާ އެކު ފުލުހުންނާ ކުރިމަތިލި ކަމަށް ތުހުމަތުކޮށް ސްޕެޝަން އޮޕަރޭޝަން (އެސްއޯ) ފުލުހެއްގެ މައްޗަށް، ހަތަރު ދައުވާއެއް އުފުލައިފިއެވެ.

ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރު ތަންފީޒު ކުރަން އުޅުނު މައްސަލާގައި ދައުވާ އުފުލި އަށް ފުލުހުންގެ ތެރެއިން، ބުދަ ދުވަހު އަޑުއެހުން ބާއްވާފައި ވަނީ ހއ. ދިއްދޫ ހެޕީލައިފް، އަލީ ނަސީރުގެ މައްޗަށެވެ. ފުލުހުންގެ ކޯޕްރަލްގެ މަގާމުގައި ހުއްޓާ، ހައްޔަރު ކުރުމަށް ފަހު ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައިވާ އަލީ ނަސީރުގެ މައްޗަށް އުފުލާފައި ވަނީ ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުމާއި ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާ އާއި ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ދައުވާއެވެ.

އެ ހަތަރު ދައުވާ ސާބިތުވެއްޖެ ނަމަ، އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ޝަރީއަތް ނިމެންދެން ގޭ ބަންދުކޮށްފައި ހުރި އަލީ ނަސީރުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގައި ބުނެފައި ވަނީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި އަހުމަދު އަރީފު ހުންނެވިއިރު، ފެބްރުއަރީ 1 ވަނަ ދުވަހު އެސްއޯގެ މަސައްކަތަށް ނެރުމަށް އޭނާ ތައްޔާރު ކުރި ލިސްޓެއްގައި އަލީ ނަސީރުގެ ނަން ހިމެނޭ ކަމަށެވެ. އެގޮތުން ފުލުހުންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުން އަންގައިގެން ފުލުހުންގެ "ޓެކްޓިކަލް ޔުނީފޯމު" ލައިގެން، ފެބްރުއަރީ 1 ވަނަ ދުވަހުގެ ރޭ މާލޭގައި އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރި ސަރަހައްދަށް އަލީ ނަސީރު ދިޔަ ކަމަށެވެ.

ފެބްރުއަރީ 1 ވަނަ ދުވަހުގެ ރޭ މުޒާހަރާގެ ބައިވެރިން ޗައިނާ އެމްބަސީއާ ދިމާލުން، ބޮޑުތަކުރުފާނު މަގުން ދެކުނަށްވާ ގޮތަށް، ފަހަތަށް ޖައްސާފައި ވަނިކޮށް، އަލީ ނަސީރު އެތަނަށް ގޮސް، މުޒާހަރާގެ ބައިވެރިންނާ އެކު ފުލުހުންނާ ކުރިމަތިލާފައިވާ ކަމަށް އޭނާގެ މައްޗަށް އުފުލި ދައުވާތަކުގައި ވެއެވެ. އެގޮތުން ފުލުހެއްގެ ހައިސިއްޔަތުން އަލީ ނަސީރަށް މަތިކޮށްފައިވާ މަސައްކަތުގެ ދާއިރާއިން ބޭރުން، އަމަލުތައް ބެހެއްޓި ކަމަށާއި ބެރިކޭޑުތަކުގައި އަތް އަޅައި ކޮއްޕައި ހަދާފައިވާ ކަމަށް ވެސް ދައުވާތަކުގައި ވެއެވެ.

އޭގެ އިތުރުން ފުލުހުންގެ ޔުނީފޯމުގައި ހުރެ، ފުލުހުންގެ މަސައްކަތަށް ހުރަސް އަޅައި، މަޖުތަމައުގެ ރައްކާތެރިކަން ގެއްލޭ ގޮތަށް ހަޑިހުތުރު ބަހުން މުހާތަބުކޮށް، ގާނޫނު ހިންގުމަށް އަލީ ނަސީރު ހުސް އަޅާފައިވާ ކަމަށް ވެސް ދައުވާތަކުގައިވެއެވެ.

އަލީ ނަސީރުގެ މައްޗަށް އެ ދައުވާތައް އިއްވުމަށް ފަހު، އޭނާއަށް ވާހަކަ ދައްކަން ދިން ފުރުސަތުގައި އޭނާ ބުނީ މައްސަލާގައި ޖަވާބުދާރީ ވާނީ ގާނޫނީ ވަކީލަކާއެކުގައި ކަމަށެވެ. ގާނޫނީ ވަކީލަކު އައްޔަން ކުރުމަށް އަލީ ނަސީރަށް ދީފައި ވަނީ 10 ދުވަހުގެ މުއްދަތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް