15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ނަޝީދާއި އިބޫ

ނަޝީދަށްފަހު އިބޫތަ؟

  • ނަޝީދަށް ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރައްވާފައި
  • ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން އިބޫ ފާޅު ކުރައްވާފައެއް ނުވޭ
  • އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު  އަންނަ ޖުލައިމަހުގެ 15 ވަނަ ދުވަހު ހުޅުވާލާނެ
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 13 ޖޫން 2018 | ބުދަ 12:40 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  8. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!


ނަޝީދު(ކ) އާއި އިބޫ -- އާކައިވް

ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު  އަންނަ ޖުލައިމަހުގެ 15 ވަނަ ދުވަހު ހުޅުވާލާއިރު ރާއްޖޭގެ އިސްލާހީ ހަރަކާތްތަކާ ފެޔަށް ވަޑައިނުގެންނެވުނު ދެ ބޭފުޅުންގެ ތެރެއިން ގުޅިފައިވާ ޕާޓީތަކުން ނެރޭނެ ކެނޑިޑޭޓެއްގެ ގޮތުގައި ފެންނާނެ މޫނަކާ މެދު އެންމެން ވެސް ތިބީ ސުވާލު އުފައްދައިގެންނެވެ. 

ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރ މުހައްމަދު ނަޝީދާއި އެމްޑީޕީ ޕާލަމެންޓަރީ ގުރޫޕްގެ ލީޑަރ އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ)އާއި ދެބޭފުޅުންނަށް ބަލާއިރު ދެ ބޭފުޅުންނަކީ ވެސް ގާބިލް ދެބޭފުޅުންނެވެ. 

ސުވާލަކީ މިފަހަރު ރިޔާސީ އިންތިޚާބުން ފެންނާނެ  ކެނޑިޑޭޓަކީ ނަޝީދުތޯ ނުވަތަ އިބޫތޯއެވެ؟

ނަޝީދަށް ވަނީ އެމްޑީޕީން ޕްރައިމަރީއެއް ބާއްވައި ރިޔާސީ ޓިކެޓް ހަވާލުކުރައްވާފައެވެ. އެމަނިކުފާނު ވަނީ ޖަޒީރާ ރައީސްގެ ނަމުގައި ކެންޕެއިން ވެސް ފައްޓަވާފައެވެ. ނަޝީދަށް ކުރިމަތި ނުލެއްވޭނެ ކަމަށް ސަރުކާރުން ގަބޫލު ކުރާއިރު ނަޝީދު ގަބޫލު ކުރައްވާގޮތުގައި ރިޔާސީ އިންތިޚާބުގެ އެއް ނަމަކަށް އެމަނިކުފާނުގެ ނަންފުޅު އޮންނާނެއެވެ.

މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ ނަޝީދުގެ މައްޗަށް ކޮށްފައި ވަނީ ނުބައި ދައުވާއެއް ކަމަށާއި އެއީ ނުބައި ދައުވާއެއްގެ މައްޗަށް ކޮށްފައި އޮތް ނުބައި ހުކުމެއް ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ 1 ގައި މިހާރު ތިއްބެވި 3 ފަނޑިޔާރުން ވެސް ތިއްބެވި ގޮތަށް ނަޝީދަށާއި ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް އަމުރު ކޮށްފައިވާ ކަމަށް ސުއޫދު ވިދާޅުވިއެވެ. 

 ސުއޫދު ވިދާޅުވީ ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމެއް ސުޕްރީމް ކޯޓުން ބާތިލް ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ވަރަށް ސަރީހަކޮށް ބުނެފައިވާ ކަމަށެވެ.

ހަމަހަމަ އުސޫލެއް ނެތްތަނެއްގައި ނަޝީދު ކުރިމަތި ލެއްވިޔަ ނުދޭނެ ކަމަށް އެންމެނަށް ވެސް އެނގޭ ކަމަށާއި ނަޝީދަށް ކުރިމަތި ލެއްވޭ އިންތިހާބެއް މިސަރުކާރުން ބާއްވަން ފަސްޖެހޭނެ ކަމަށް ސުއޫދު ވިދާޅުވިއެވެ.

ދެން އޮތީ އިބޫގެ ނަމެވެ. ނަޝީދަށް ކުރިމަތި ނުލެއްވޭ ހާލަތެއްގައި ދެން މިސަރުކާރު ބަދަލުކުރަން އެންމެ ރަނގަޅު "ޗޮއިސް" އަކީ އިބޫ ކަމަށް ބުނެ އަޑުއުފުލަމުންދާ ފަރާތްތައް މަދެއް ނޫނެވެ. ސުއޫދު ވެސް ވިދާޅުވަނީ ނަޝީދަށް ކުރިމަތި ނުލެއްވޭ ހާލަތެއްގައި ތާއީދު ކުރައްވާނީ އިބޫއަށް ކަމަށެވެ.

މިސަރުކާރުގެ ބައެއް ބޭފުޅުން ވެސް އިބޫއަކީ "ރަނގަޅު ޗޮއިސް"އެއް ކަމަށް ގަބޫލުކުރެއެވެ. އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޓިކެޓް އެންމެ ހައްގީ އިބޫއަށް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އިދިކޮޅު ކޯލިޝަނުގައި ތިއްބެވި ބޭފުޅުންނާ އެމްޑީޕީގެ އެންމެހާ ފަރާތްތަކާއިއެކު ގާތުން މަސައްކަތް ކުރައްވާ އިބޫ ވަނީ ތަފާތު ލީޑަރުންގެ އިތުބާރު ހޯއްދަވާފައެވެ.  

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިންތިހާބުގައި ވާދަނުކުރެއްވޭ ހާލަތެއްގައި ގުޅިފައިވާ ކެންޑިޑޭޓެއްގެ ގޮތުގައި އިބޫ ނެރެން ތާއީދު ކުރައްވާ ކަމަށެވެ.ސަބަބެއްގެ ގޮތުގައި މަހުލޫފު ވިދާޅުވީ މިދިޔަ އަހަރުތަކުގައި އިދިކޮޅު ކޯލިޝަން އެކަތިގަނޑެއްގެ ގޮތުގައި ބަދަހިކޮށް ބޭއްވުމުގެ ބުރަ އަދި ރިސްކު ބޮޑު ކަންތައްތަކެއް އިބޫ ކުރައްވައި ތަފާތު ފިކުރުތަކުގެ ލީޑަރުންނާ އެކު ގާތުން މަސައްކަތް ކުރައްވާފައި ވާތީ އެވެ.

އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓަކީ ނަޝީދު ކަމަށް އެޕާޓީން ކަނޑައެޅިކަމުގައިވިޔަސް އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ބަލައި ނުގަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. ނަޝީދަކީ 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ވާތީ، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު އެމަނިކުފާނަށް ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ނަޝީދަށް  އިއްވާފައި އޮތް ހުކުމުގެ ސަބަބުން ރިޔާސީ އިންތިޚާބުގައި ކުރިމަތި ލެއްވެން ނެތް ކަމަށް އެކިފަރާތްތަކުން  ބުނާއިރު ސަރުކާރުން ވެސް ބުނަމުން ދަނީ ނަޝީދަށް އެފުރުސަތު ލިބިވަޑައިގެންފައި ނެތް ކަމަށެވެ.

އިބޫއާއި ނަޝީދަށް ބަލާއިރު ސިޔާސީ ހަރަކާތުގައި ޒަމާނުއްސުރެ ވެސް ދެބޭފުޅުން މަސައްކަތް ކުރައްވަނީ އެކުއެކީގައެވެ. މިހާތަނަށް އެމްޑީޕީން ހިންގާފައިވާ ސިޔާސީ ކަންކަމުގައިވެސް އަދި އެހެނިހެން ކަންތައްތަކުގައިވެސް ނަޝީދުގެ އެންމެ އަރިސް ބޭފުޅަކީ އިބޫއެވެ. މީގެ އިތުރުން ނަޝީދު ބަންދު ކުރެވޭ ކޮންމެ ފަހަރަކު ނަޝީދު މިނިވަން ކުރުމަށް ހިނގާ އެތައް މަރުހަލާއެއްގައި އިބޫ މަސައްކަތް ކުރައްވައިފައި ހުރީ ނަޝީދުގެ އިތުބާރު ލިބިވަޑައިގެންފައިވުމުންނެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖީހާއި 2015 ގެ ފަހުން މި ސަރުކާރު ހަމަމަގަށް އަޅުވަން އިދިކޮޅުފަރާތްތަކުން ކުރި ކޮންމެ ކަމެއްގައި ތަފާތު ފިކުރުގެ އެންމެންނާ އެކު އިބޫ ހުންނެވީ އެންމެ ކުރީސަފުގައި ލީޑް ކުރައްވާށެވެ. 

ނަޝީދުގެ ދިފާއުގައި އިބޫ. 2007ގައި ރައްޔިތުންގެ މަޖިލީހުގެ ބޭރުގައި ނަގާފައިވާ ފޮޓޯއެއް. ފޮޓޯ: މުހައްމަދު އަބުދުﷲ ޝަފީގް

އިންތިޚާބުގައި ވާދަކުރާ ފަރާތްތަކަށް ކުރިމަތިލުމަށް ދެން އޮތީ މަހެއްހާ ދުވަހެވެ. އިބޫ މިހާތަނަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައެއް ނުވެއެވެ. އިންތިޚާބުގައި ނަޝީދަށް ބައިވެރިވެ ވަޑައިނުގެންނެވޭނަމަ އިބޫއަށް ތާއީދު ކުރައްވާނެ ކަމަށް އެކިފަރާތްތަކުން ބުނާ ވާހަކަތަކަށް އެއްވެސް ޖަވާބެއް ނުދެއްވާ އިބޫ ހުންނެވީ ހިމޭނުންނެވެ. ޔަގީންވާ ކަމަކީ މި ދެބޭފުޅުން އެކުގައި މިހާތަނަށް ކުރެއްވި ކޮންމެ ކަމަކަށް ރައްޔިތުންގެ އިތުބާރު އޮތް ކަމެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ތެދެއް

5 މަސް ކުރިން

އަޅުގަނޑުގެ ސުވާލަކީ، އިބޫފަދަ ޤާބިލް ބޭފުޅަކަށް ރިޔާސީ އިންތިޚާބުގެ ޓިކެޓް ދޭން އެމް.ޑީ.ޕީ އިން ނުރުހުން ވަނީ ކީއްވެންތޯ؟ ހަމައެކަނި ނަޝީދަށް ރިޔާސީ ޓިކެޓް ދޭންޖެހޭ ޕާޓީއެއް ދޯތިއީ؟ ނަޝިދަށް ވުރެ އެތަށްގޮތަކުން އިބޫގެ ޤާބިލްކަން ޢަމަލާއި ބަހުން އިބޫވަނީ ސާބިތުކޮށްދީފަ

0
1
ޔާދު

5 މަސް ކުރިން

މިހާރު ހުރިހާ ކަމެއް މައިތިރިވެ.. އިބޫއަށް ޓިކެޓްވެސް ހަވާލުކޮށްފި

0
0
އެންދެރި

5 މަސް ކުރިން

ނަޝީދު ނަޝީދަކަށް ހެދީ އިބޫ... ނޫނީ އަދިވެސް އޮންނާ ގޮޅީގަ... މިކަމަށް މައުމޫނު ހެކިވާނެ

3
0
ނުކުޅެވޭނެ

5 މަސް ކުރިން

އިބޫއާއި ޖެހުނީމަ އަންނިއަށް ޖެހޭނީ މައިތިރިވާން... އަންނިއަށްވެސް މިކަން ވަރަށް ރަނގަޅަށް އެނގޭނެ... ކެރަފާ އާއިލާއަށް ފަހަރުގަ އޮޅިފަ އޮތަސް!!!

2
0
ހަގީގަތް

5 މަސް ކުރިން

ކެނެރީގެ ނަޝީދަށް ރިޔާސީ އިންތިޚާބަށް ކުރިމަތި ނުލެވޭ އިރު ވެސް އޭނާ އަށް ހީވަނީ އޭނާ އަށް އެކަނި އޮންނަ ކަމެއް ކަމަށް ކާމިޔާބު ވުމަކީ އޭނާ ޖެހޭނީ މަހަށް ދާން މިފަަހަރު މަމެން ޕިންކީން ނާއި ނެކް ޓު ނެކް ޖައްސައިގެން ކެނެރީގެ ނަޝީދަށް ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބެއްގައި ބައިވެރި ނުވެވޭނެއޭ ސްޕްރީމް ކޯޓުން އަދިވެސް އެފަދަ އަމުރެއް ކުރި ނަމަވެސް ދައުލަތުގެ އެންމެ މަތީ ވެރިއެއްގެ ހައިސިއްޔަތުން އެކަން މަމެން ބަލައެއް ނުގަންނާނަމޭ ސްޕްރީމް ކޯޓު ގެ ފަނޑިޔާރުން ވެސް ތިބެން ޖެހޭނީ ގާނޫނުގެ ތެރޭގައޭ އަދި އެމެން ހުކުމް ވެސް ކުރަން ޖެހޭނީ ގާނޫނު ތަކާއި އެއްގޮތަަށޭ ކަން މިހެން ހުރުމުން މިހާރު އިލެކްޝަންސް ކަމިޝަން އިން މަޖްލީހަށް ހުށައަޅާފައިވާ އިންތިޚާބު ތަކާއި ބެހޭ ބިލް ތަކުން މިކަން ކަށަވަރު ކުރާށޭ އަދި އެބިލް ގައި ކުށުގެ ހުކުމް ތަންފީޒު ކުރަމުން ދާ އެއްވެސް މީހަކަށް ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރަން ސިޔާސީ ޕާރޓީ އަކުން ނިންމައިފިނަމަ އެފަދަ ޕާރޓީ އެއް އުވާލެވެން ޖެހޭނެއޭ.

1
1
ވާނެގޮތް

5 މަސް ކުރިން

އެމްޑީޕީގެ ތޮށިގަނޑު ފަޅާލައި، އިބޫ އެބަޖެހޭ ނިކުންނަން. ސަބަބަކީ ކެނެރީގެ ނަޝީދު އަށް ކުޑަ ވެސް ދުލެއް ނުދޭނަން މަމެން އަދި މިހާރު އޮތް އިލެކްޝަންސް ކަމިޝަނެއް ވެސް ނުކެރޭނެ ބަދަލު ކުރަން އެމްޑީޕީ އަށް ވެސް ޖޭޕީ އަށް ވެސް އަދި ކެނެރީގެ ނަޝީދަށް ކޮށްފައިވާ ހުކުމް އެއީ ބާތިލް ހުކުމެއް ކަަމަށް ސްޕްރީމް ކޯޓަށް އެކޯޓުގެ އަމުރަކުން ނުނިންމޭނެއެވެ. ހުކުމް ކަނޑަން ޖެހޭނީ ހުކުމް އިން އެހެން ކަމަށްވާނަމަ ސްޕްރީމް ކޯޓުން އެކަން ކުރަން ބޭނުން ނަމަ ޖެހޭނީ އެ ޝަރީއަތް ކުރަން އަލުން. އެއީ ކުރެވޭނެ ކަމެއް ނޫނެވެ. ސްޕްރީމް ކޯޓުގެ ފަނޑިޔާރުން އަމިއްލަ އަށް ޝަރީއަތެއް ނުކޮށް އެކޯޓުން ކޮށްފައިވާ ހުކުމެއް ބާތިލް ނުކުރެވޭނެ އެކޯޓުން ނެރޭ އަމުރަކުން. އެއީ ވާނެ ކަމެއް ނޫނެވެ. ކަން މިހެން ހުރުމުން އިބޫ ކެރިގެން ނިކުންނަންވީ އިދިކޮޅު ކޯލިޝަން އިން ބައިވެރިވާ ރިޔާސީ ކެންޑިޑޭޓަކަށް އަދި އިބޫ އަންހެނުންގެ ފެމިލީން ވެސް ކެނެރީގެ ނަޝީދަށް ކުރާ ޚަރަދު ނުކުރަންވީއޭ އިބޫ ކުރިއަށް ނެރެން ސިއްކަވެސް ފަށަންވީއޭ. ފަށާ.

0
0
ވެރިޔާ

5 މަސް ކުރިން

އިބޫ ބޭނުންވިޔަސް ނުވިޔަސް އެމްޑީޕީ ޓިކެޓު ލިބޭނީ އިބޫ އަށް. ނަޝީދު ބަލަން ހުންނަން ޖެހޭނީ. ކުޅި ދައްކާލާނަން މިފަހަރު ހަދާނެ ގޮތް އިނގޭނީ އަހަރުމެންނައް

1
0
ބަދޫރާ

5 މަސް ކުރިން

އިބޫއާ،ނަޝީދު ތަފާތު އިބޫއަކީ ކުށްވެރިއެއްނޫން، ނަޝީދަކީ ކުށްވެރި އެއް އިބޫ އިސްލާމްދީނާ،ރަސޫލާއަށް،އަދި ދީނީޢިލްމުވެރިންނަށް ނިސްބަތްވާގޮތަށް ނޭދެވޭ ބަހެއްބުނެ ބުދަށްނިސްބަތްވާތަކެތި ބެހެއްޓެވިކަން އެގިފައިނުވޭ

1
0
ރާއިފް

5 މަސް ކުރިން

މައުމޫން އޭރު ޙާއްސަ މަޖިލީހުގެ ވޯޓެއް ބޭނުންވާ އިރަށް ނަޝީދު ހައްޔަރު ކޮށްގެން ގެންގޮސް އިބޫ އަށް ގުޅާފައި ނަޝީދު ބަންދުގައި އެބަ އިނޭ ކިޔާ ކިތައް ފަހަރު ގުޅީ.

2
0
ވިޔަފާރިވެރިން

5 މަސް ކުރިން

އިބޫ ކަށަވަރު ކުރެވިއްޖެ ނަމަ ޗަންޕާ، ކޮލި އަދި މާލޭގެ ބޮޑެތި ވިޔަފާރިވެރިން އިބޫ ކޮޅަށް އަރާނެ. ނަޝީދު ތިން ފޯ ދަ ލޯންގ ރަން. ޔޫ ކެން ބިކަމް ބޮޑު ވަޒީރު އެން ރޫލް ދަ ކަންޓްރީ އޯ ގޯ ފޮއަ މިޑް ޓާމް އިލެކްސަން.

0
0
ހައިޝަމް

5 މަސް ކުރިން

އިބޫގެ ދީނީ މައްސަލަތަކެއް ނެތް. ނަޝީދުގެ ދީނީ މައްސަލަތަކާއި ހުރެ މި ދަނޑިވަޅުގައި ވަރަށް ވޯޓު ގެއްލޭނެ. ރިސްކް ފްރީ ކޮށް މިކަން ވާނީ

0
0
ސަލާމަތީ ބާރުތައް

5 މަސް ކުރިން

އަޅުގަނޑުމެން ހަދި އެސްމަންޓުތަކުން އިބޫ އަށް ފުލުހުންނާއި ސިފައިންގެ ތެރެއިން %86 ލިބޭނެކަމަށް އެބަ ދައްކާ. ފަހުވަގުތު އެމީހުން އިންތިހާބުގައި ގޮސް ހަދައިފި ނަމަ ނިކުންނާނީ އިބޫ ފަދަ މީހެއް ނެރުމުން. ރައީސް ނަޝީދު ކައިރީ އަހާބަލަ ވެރިކަމުގައި ހުރި އިރު ފުލުހެއް މޫނަށް ކުޅު ޖެހިންތޯ؟ 7 ފެބްރުއަރީގައި ބަންޑާރަކޮށި ތެރެޔައް ކިތައް ފަހަރު ހޭ ނެތިގެން ސިފައިން ހޭ އަރުވަން މޫނަށް ފެން އެޅިތޯ. ރައީސް ނަޝީދަކަށް ނެތް ތާއިދެއް އަހަރުމެން ތެރޭ. ޤައުމަށް އަޔަސް ވެގެންދާނީ ބޭނަޒީރު ބުއްޓޫ ޕާކިސްތާނަށް ވެރިކަމަށް ކުރިމަތި ލާން ގޮސްގެން ވީ ހެން.

5
1
މުނާ

5 މަސް ކުރިން

އިބޫ އަކީ ކެރޭ، ޙިކްމަތްތެރި ލީޑަރެއް

4
2
ޝޯލިޙް

5 މަސް ކުރިން

އިބޫ ފަހަތުގައި ހުރެގެން ސިޔާސީ މައިދާނަށް ނެރުނު ބޯޔް އެއް އަންނި އަކީ. ހެހެހެހޭ.

0
0
ޔާޝާ

5 މަސް ކުރިން

އިބޫ އަށް އަހަންނާއި އަހަރެން އާއިލާގެ ވޯޓް ޔަޤީން!

5
0
ނަމާލް

5 މަސް ކުރިން

އިބޫ ހުރިހާ ގޮތަކުންވެސް ރަނގަޅު

4
0
Husnooo

5 މަސް ކުރިން

Bala Husnusooodooo, kale akah neyngeytha Nasheed ge hukumakee Supreme Courtun kurinn thaaeedhukoh nimifa oiy case eh kameh! Vee iru 1 Feb ga Nasheed ge case review kurumuge baareh Supreme courtakah vess noaanaane. Varah salaam

2
0