22 ޖޫން 2018 | ހުކުރު | 06 އަދަ
އިމްސާކް 04:15
08 ޝައްވާލް 1439
އިޝާ 19:39
މަޣްރިބް 18:21
އަސްރު 15:36
މެންދުރު 12:12
އިރުއަރާ 05:55
ފަތިސް 04:37

ބޮލީވުޑް

ސަލްމާން ޚާން އިންސްޓަގްރާމްގައި ވަރަށް ޚާއްސަ މީހަކު ފޮލޯ ކޮށްފި

  • ސަލްމާން ފޮލޯކޮށްފައިވަނީ އެންމެ ތިން މީހުން
  • އިންސްޓަގްރާމުގައި ގާތް ގަނޑަކަށް 16 މިލިއަނެއްހާ މީހުން ފޮލޯ ކޮށްފައިވޭ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 13 ޖޫން 2018 | ބުދަ 10:01 | |

މަގުބޫލް

  1. ޔޫރަޕުގެ ފިނިން ރައީސް އޮފީހުގެ ފިނި ކޮޓަރިއަށް؟
  2. ސަޢީދު: އެންމެ ބޭކާރު ވަޒީރު
  3. އެމްޑީޕީއާ އެކު ތިބި ބަޔަކު ގޮވައިގެން އިންތިހާބު ކާމިޔާބު ކުރާނަން، ޖޭޕީ ވަކިވުމަކީ މައްސަލައެއް ނޫން: އެމްޑީޕީ
  4. މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
  5. ވިންޓަރ ޕާކަށް ވަންނަ މީހުންގެ އަތުން ފީއެއް ނަގާގޮތަށް ހަމަޖައްސައިފި
  6. ޓްވިޓަރ ބޭނުންކުރުމުގެ އުޞޫލުތަކާއި ދިވެހި ފުލުހުން ޚިލާފުވެއްޖެ
  7. މެސީއާ އެކީ ކުޅެން ޑިބާލާ ތައްޔާރު
  8. މަރުގެ އަދުބު ތަންފީޒުކުރަން އުމަރު މަސައްކަތްކުރެއްވީ އަދީބަށް މަރުގެ އަދަބު ދޭނެކަމަށް އުއްމީދުކުރައްވައިގެން: ނަޝްވާ


ސަލްމާން ޚާން އާއި ލޫލިއާ ވަންތުރު -- ގޫގުލް

ބޮލީވުޑް ތަރިންގެ ތެރެއިން އެ ތަރިއެއްގެ ވާހަކަ އެންމެ ގިނައިން ދެކެވޭ އެއްތަރި އަކީ ސަލްމާން ޚާން އެވެ.

އޭނާގެ އިންސްޓަގާމްގައި ގާތް ގަނޑަކަށް 16 މިލިއަނެއްހާ މީހުން ވަނީ ފޮލޯ ކޮށްފައެވެ. ނަމަވެސް ސަލްމާން ފޮލޯ ކޮށްފައިވަނީ އެންމެ ތިން މީހުންނެވެ.

މީގެ މަސްތަކެއް ކުރިން މީހުންގެ ހައިރާންކަން ގެނުވިކަމަކީ ކެޓްރީނާ ކައިފް ފޮލޯނުކޮށް އޭނާގެ ކޮއްކޮ އިޒަބެލް ކައިފް ފޮލޯ ކުރުމެވެ.

ގިނަ ދުވަސް ތަކަކަށް ފަހު އަނެއްކާ ވެސް ސަލްމާން އިތުރު މީހަކު ފޮލޯކޮށްފިއެވެ.

މިފަހަރު އޭނާ ފޮލޯކުރީ ލޫލިއާ ވަންތުރު އެވެ.

ލޫލިއާ އާއި ސަލްމާން ޚާން ކައިވެނިކުރަން އުޅޭ އަޑުތައް ވެސް މީގެ ކުރިން ވަނީ ފެތުރިފައެވެ. އެ ދެ މީހުން އެކީގައި އެކި ހަފްލާތަކުން ވެސް ދަނީ ފެންނަމުންނެވެ. ސަލްމާނާއި ކައިވެނި ކުރަން އުޅޭ ވާހަކައަށް ރައްދު ދީ  ލޫލިއާ ބުނެފައިވަނީ އޭނާ އެކަހަލަ އަޑުތަކަށް އެހާ ސަމާލުކަމެއް ނުދޭ ކަމަށެވެ.

 ސަލްމާންގެ ޚާންދާނުގެ ބައެއް ޙަފްލާތަކާއި، ރަޙުމަތްތެރިންގެ ކައިވެނި ހަފްލާތަކަށް ވެސް ލޫލިއާ އާއި ސަލްމާން އެކީގައި ދާ މަންޒަރު ނޫސްވެރިންގެ ކެމެރާތަކަށް ވެސް ވަނީ އަރާފައެވެ. އެހެން ނަމަވެސް ލޫލިއާ ބުނީ އޭނާއަށް މީހުން ކިޔާއެއްޗެއް ނުހިފެހެއްޓޭނެ ކަމަށާއި އޭނާ ސަލްމާނަށް ވަރަށް އިހުތިރާމް ކުރާ ކަމަށެވެ.

ރޯމަނަށް އުފަން ލޫލިއާ އަކީ ރޯމަން ލަވަކިޔުންތެރިއެއްގެ އިތުރުން ހިންދީ ލަވަކިޔުންތެރިއެއް ވެސް މެއެވެ. ލޫލިއާ ބުނާ ގޮތުން އޭނާއަށް ހިންދީ ލަވަކިޔުމަށް އެންމެ އެހީތެރިކަމެއް ލިބުނީ ސަލްމާންޚާންގެ ފަރާތުންނެވެ. ލޫލިއާ ބުނީ އޭނާއަކީ ރަނގަޅު ރަހުމަތްތެރިއެއް ކަމަށާއި އޭނާއަށް ހިންދީ ލަވަކިޔުމަށް ހިތްވަރު ދިނީ ސަލްމާން ޚާން ކަމަށެވެ.

 

މިމަހުގެ 15 ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ސަލްމާން ޚާންގެ "ރޭސް 3" ގައި ވެސް ލޫލިއާގެ ލަވައެއް ހިމެނިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް