20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

ފުވައްމުލައް

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

  • ފައިސާ ލިބޭނެ ކަމުގެ ޔަގީން ކަމެއް ނެތް
ސަހުބާން ފަހުމީ | sahubaan

| 15 ޖެނުއަރީ 2017 | އާދީއްތަ 18:33 | |

މަގުބޫލް

  1. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި މިނިމަމް ވޭޖާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތް ފާށާނަން: އިބޫ


ފުވައްމުލަކު ފަރަށް އެރި ބޯޓް -- ގޫގުލް

މިދިއަ އޯގަސްޓް މަހު ފުވައްމުލަކުގެ ފަރަށް އެރި ކާގޯ ބޯޓު، "އެންޖީއޯ ސަން" އިން ދައްކަން ޖެހޭ ޖޫރިމަނާ ކުޑަކުރަން އެދިފައިވީ ނަަމަވެސް އެކަމާމެދު އަދި ވެސް ވަކިގޮތެއް ނިންމާފައި ނުވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާރމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވީ އެ ބޯޓުގެ ޖޫރިމަނާ އަށް ވަކި އަދަދެއް ކަނޑައަޅާފައި ނުވާނެ ކަމަށާއި ކަނޑައަޅާފައިވާ އަދަދަކީ ގެއްލުމާއި ބަދަލުގެ ގޮތުގައި އަންދާޒާކުރެވޭ އަދަދެއް ކަމަށެވެ. އެއީ 633.7 މިލިއަން ރުފިޔާ އެވެ. އެހެން ނަމަވެސް ބޯޓުގެ ވެރިފަރާތުން އެވަރުގެ އަދަދެއް ދެއްކެން ނެތް ކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން ބޯޓުގެ ވެރިފަރާތުން ޖޫރިމަނާއާ މެދު މަޝްވަރާކުރުމަށް އެދިފައިވާތީ އެފަރާތާ މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަމަށް ނާފިޒް ވިދާޅުވި އެވެ.

ނާފިޒް ވިދާޅުވީ ބޯޓް ފަރަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ސީދާ އަދަދު އަދި ވެސް ނޭނގޭ ކަމަށެވެ. ސަބަބަކީ ފަރަށް ލިބުނު ގެއްލުމުގެ މައްޗަށް ބިނާކޮށް އީޕީއޭ އިން ތައްޔާރުކޮށް ފޮނުވަން ޖެހޭ ފައިނަލް ރިޕޯޓް ފޮނުވާފައިނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. 

ނާފިޒް ވިދާޅުވީ މިހާރު ކަންތައްތައްދާ ގޮތުން ފުވައްމުލަކު ފަރަށް އެރި ބޯޓުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ލިބިދާނެ ކަމާމެދު ވެސް ސުވާލު އުފެދޭ ކަމަށެވެ. ސަބަބަކީ ބޯޓުން ގެއްލުމުގެ ބަދަލު ނުދީފަނަަމަ ވެސް ބަދަލު ހޯދުމަށް ކޯޓަށް ދިއުމަށް ބޭނުންވާ ފައިނަލް ޑޮކިޔުމެންޓް ނެތުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅޭ ގޮތުން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓަރު ޖެނަރަލް އިބްރާހިމް ނައީމް ވިދާޅުވީ ބޯޓް ފަރަށް އެރުމުގެ ސަބަަބުން ލިބިފައިވާ ގެއްލުމުގެ ފައިނަލް ރިޕޯޓެއް ތައްޔާރު ކުރުމަށްޓަކައި އެ މަސައްކަތް ކުރިއަށް ގެންދިޔަ ގޮތުގެ ފުރިހަމަ މައުލޫމާތު އީޕީއޭ އަށް ލިބެން ޖެހޭ ކަމަށެވެ. އެގޮތުން އެމްއެންޑީއެފް އިން ކުރި މަސައްކަތުގެ ތަފްސީލް ވެސް ލިބެން ޖެހޭ ކަމަށް ނައީމް ވިދާޅުވިއެވެ.

އެ ބޯޓު ހުސްކުރަން ފުވައްމުލަކު ފަރަށް 5،700 ޓަނުގެ ހިލަ އާއި 5،000 ޓަނުގެ ހިލަވެލި ފަރުމައްޗަށް އުކާލާފައި ވެއެވެ. މި ބޯޓު ފަރަށް އަރާފައި ވަނީ އިންޑިއާގެ ޓުޓިކޮރިން އިން މުދާ ބަރުކޮށްގެން ރާއްޖެއަށް ދަތުރުކޮށް މާލެ ބަނދަރަށް ވަދެ ކްލިއަރެންސް ހޯދުމަށްފަހު ފުވައްމުލަކަށް ހިލަ އާއި ހިލަވެލި ހިފައިގެން ދަތުރުކުރަނިކޮށެވެ. މި ހިލަ ވެއްޔަކީ ފުވައްމުލަކުގެ ރަށުގެ ނަރުދަމާގެ މަޝްރޫއަށް ގެންދިޔަ ހިލަ ވެލިތަކެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް