18 އޯގަސްޓު 2018 | ހޮނިހިރު | 09 މާ
07 ޛުލްޙިއްޖާ 1439
އިޝާ 19:32
މަޣްރިބް 18:19
އަސްރު 15:27
މެންދުރު 12:14
އިރުއަރާ 06:01
ފަތިސް 04:48

ޔަމަން ހަނގުރާމަ

ޔަމަން ހަނގުރާމަ: ސައުދީއާއި ގުޅިފައިވާ ފައުޖުތަކުން ހުދައިދާ ބަނދަރަށް ހަމަލާދޭންފަށައިފި

  • ޔަމަން ހަނގުރާމަ ފަށާފައިވަނީ 2015 ވަނަ އަހަރުގެ މާޗް މަހު
  • ތިން އަހަރުވީ ހަނގުރާމައިގައި 10،000 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައި
އަބުދުﷲ މުހައްމަދު | 8Abbo

| 13 ޖޫން 2018 | ބުދަ 09:56 | |

މަގުބޫލް

  1. މިސްކިތު ހަރިންމަ ތެރޭގައި ދެ ޖިންސު މަސްހުނި ކޮށްގެން ޝަހީމް ކެމްޕޭން ކޮށްފި
  2. ސަރުކާރު ދިފާޢު ކޮށްދިނުމަށް އިނގިރޭސި ޕާލަމެންޓް މެމްބަރުން ގެންނަނީ!
  3. ރާއްޖެއިން ހައްޖަށް ދާ 396 މީހަކަށް އެންމެ ފަހު ވަގުތު ފުރޭނެ ގޮތެއް ނެތިފައި!
  4. މިސްކިތުގައި ޝަހީމް ހިންގެވި އަމަލަކީ ދީނަށް ކުރި ފުރައްސާރައެއް: ޑރ. އިޔާޒް
  5. ބޮޑު ހިތްހަމަ ޖެހުމެއް! ދިވެހި ހައްޖުވެރިންނަށް ފުރޭނެ ގޮތް ހަމަޖެހިއްޖެ
  6. ރިރެޖިސްޓްރީކުރަން 20000 ފޯމު ދެ ފަހަރަށް ހުށަހަޅާފައި
  7. ކެމްޕެއިން ކުރުމުގެ ގޮތުން ފުލުހުންނަށް ހާއްސަކޮށްގެން ހަރަކާތެއް ހިންގައިގެން ނުވާނެ، ފިޔަވަޅު އަޅާނަން: ޕޮލިސް
  8. އެމްޑީޕީ ވެރިކަމަށް ގެނައުމަށް ސިހުރު ހަދާކަމަށް ތުހުމަތުކޮށް ކުޅުދުއްފުށިން އިތުރު ދެމީހަކު ހައްޔަރުކޮށްފި


ޔަމަނާއި ސައުދީގެ ގުޅިފައިވާ ކޯލިޝަނުގެ ސިފައިންވަނީ ހުދައިދާ ސަރަހައްދު ހިފާފައި -- ބީބީސީ

ހޫޘީ ހަނގުރާމަވެރިންގެ ފައުޖުތަކަށް ތަން ދޫކޮށް ދިއުމަށް ދިން މުހުލަތު ހަމަވިއިރުވެސް އަޅާނުލުމުން، ސައުދީގެ މަދަދާއިއެކު ހަނގުރާމަ ކުރަމުންދާ ފައުޖުތަކުން ހުދައިދާގެ މައި ބަނދަރަށް ހަމަލާދޭން ފަށައިފިއެވެ.

ސަރަހައްދީ މީޑިއާތަކުން ބުނާގޮތުގައި ހަނގުރާމަވެރިންގެ އަމާޒުތަކަށް ކަނޑާއި ވައިގެ މަގުންވަނީ ބޮން އަޅާފައެވެ.

އެހީދޭ ފަރާތްތަކުންވަނީ އެ ސިޓީއަށް ހަމަލާދީފިނަމަ، މިލިއަނެއްހާ މީހުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުން ޒަޚަމްވެ އިންސާނީ ކާރިސާއެއް އުފެދިދާނެކަމުގެ އިންޒާރު ދީފައެވެ.

އެ ބަނދަރަކީ ޔަމަނަށް އިންސާނީ އެހީ ފޯރުކޮށްދޭ މައި މަގެވެ.

ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޔަމަނުގައި ހަތް މިލިއަނަށްވުރެ  ގިނަ މީހުން ކާބޯތަކެތީގެ އެހީއަށް ބަރޯސާވެއެވެ.

ސައުދީގެ އަލް އަރަބިއްޔާ ނެޓްވަރކްގައި ރިޕޯޓް ކޮށްފައިވާގޮތުގައި ހުދައިދާ " މިނިވަންކުރުމަށް" އޮޕަރޭޝަން ފަށާފައިވަނީ ވަޔާއި ކަނޑުގެ ސިފައިންގެ މަދަދާއިއެކު އެއްގަމުމަގުން ވަރުގަދަ ހަމަލާތަކެއްގެ ތެރެއިންނެވެ.

ސިޓީގެ ބޭރުން ގޮވުންތަކުގެ އަޑުއިވެމުންދާ ކަމަށް އެ ނޫހުން ރިޕޯޓްކޮފައިވެއެވެ.

ޔަމަނުގެ ރައީސް އަބްދުރައްބޫ މަންސޫރު ހާދީ ނެރުއްވާފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހަނގުރާމަވެރިން ފޮނުވާލުމަށް ސިޔާސީގޮތުން ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބު ވެފައިވާކަމަށެވެ.

ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި މި ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި 10،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު އދން ބުނެފައިވަނީ މިއީ ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އިންސާނީ ކާރިސާ ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް