18 އޯގަސްޓު 2018 | ހޮނިހިރު | 09 މާ
07 ޛުލްޙިއްޖާ 1439
ފަތިސް 04:48
އިރުއަރާ 06:01
މެންދުރު 12:14
އަސްރު 15:27
މަޣްރިބް 18:19
އިޝާ 19:32

ބޮލީވުޑް

ރޭސް 3 ގެ ޚާއްސަ ސްކްރީނިންއެއް ދައްކާލައިފި

  • ޚާއްސަ ސްކރީނިންއެއް ދައްކާލައިފައި ވަނީ މިދިޔަ އަންގާރަ ދުވަހު
  • ރޭސް 3 ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ތްރީ ޑީ ކޮށް
އަޒްލިފާ އަބްދުﷲ | AzuAzlifa

| 13 ޖޫން 2018 | ބުދަ 09:28 | |

މަގުބޫލް

  1. މިސްކިތު ހަރިންމަ ތެރޭގައި ދެ ޖިންސު މަސްހުނި ކޮށްގެން ޝަހީމް ކެމްޕޭން ކޮށްފި
  2. ސަރުކާރު ދިފާޢު ކޮށްދިނުމަށް އިނގިރޭސި ޕާލަމެންޓް މެމްބަރުން ގެންނަނީ!
  3. ރާއްޖެއިން ހައްޖަށް ދާ 396 މީހަކަށް އެންމެ ފަހު ވަގުތު ފުރޭނެ ގޮތެއް ނެތިފައި!
  4. މިސްކިތުގައި ޝަހީމް ހިންގެވި އަމަލަކީ ދީނަށް ކުރި ފުރައްސާރައެއް: ޑރ. އިޔާޒް
  5. ބޮޑު ހިތްހަމަ ޖެހުމެއް! ދިވެހި ހައްޖުވެރިންނަށް ފުރޭނެ ގޮތް ހަމަޖެހިއްޖެ
  6. ރިރެޖިސްޓްރީކުރަން 20000 ފޯމު ދެ ފަހަރަށް ހުށަހަޅާފައި
  7. ކެމްޕެއިން ކުރުމުގެ ގޮތުން ފުލުހުންނަށް ހާއްސަކޮށްގެން ހަރަކާތެއް ހިންގައިގެން ނުވާނެ، ފިޔަވަޅު އަޅާނަން: ޕޮލިސް
  8. އެމްޑީޕީ ވެރިކަމަށް ގެނައުމަށް ސިހުރު ހަދާކަމަށް ތުހުމަތުކޮށް ކުޅުދުއްފުށިން އިތުރު ދެމީހަކު ހައްޔަރުކޮށްފި


ރޭސް 3 ގައި ހިމެނޭ ތަރިން -- ޔޫޓިއުބް

މިމަހު 15 ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ރޭސް 3 ގެ ޚާއްސަ ސްކްރީނިން އެއް ދައްކާލައިފިއެވެ.

ފިލްމް އިންޑަސްޓްރީގެ ފަރާތްތަކަށް މި ފިލްމުގެ ޚާއްސަ ސްކރީނިންއެއް ދައްކާލަފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.

މި ފިލްމް ބަލަން ދިޔަ ތަރިންގެ ތެރޭގައި ސަލްމާން ޚާންގެ ކޮއްކޮ ސުހައިލް ޚާން އާއި އަންހެނުން ސީމާ ޚާން އަދި އޭނާގެ ދެ ފިރިހެން ދަރިންނާއި ފިލްމް އުފައްދާ ޑޭވިޑް ދަވަން، ސާޖިދް ނަދިއަވާލާ ހިމެނެއެވެ.

މީގެ އިތުރުން ކްރިކެޓް ކުޅުންތެރިޔާ މަހިންދްރަ ސިންގް ދޯނީ އާއި އޭނާގެ އަންހެނުން ސާކްޝީ ދޯނީ، ޑެވިޑް ދަވަން އަދި ބޮބީ ޑިއޯލްގެ އަންހެނުން ތާންޔާ ޑިއޯލް ހިމެނެއެވެ.

މި ޚާއްސަ ސްކްރީނިން ގައި ފިލްމްގެ ތަރިން ކަމަށްވާ ސަލްމާން ޚާން އާއި  ޖެކްލިން ފެނާންޑޭޒް އާއި ބޮބީ ޑިއޯލް، ޑެއިޒީ ޝާހު، ސާޒިބް ސަލީމް އަދި އަނިލް ކަޕޫރު ވަނީ ފެނިގެން ގޮސްފައެވެ.

ރޭސް 3 ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ތްރީ ޑީ ކޮށެވެ.

މި ފިލްމުގެ ފުރަތަމަ ބައި ރިލީޒްކޮށްފައި ވަނީ 2008 ވަނަ އަހަރުއެވެ. "ރޭސް 2" ރިލީޒް ކޮށްފައި ވަނީ 2013 ގައެވެ. މި ދެ ފިލްމްގައި ވެސް ސައިފް އަލީ ޚާން ލީޑް ރޯލުން ފެނިގެން ދިޔަ އިރު މި ފަހަރުގެ ފިލްމުން އޭނާ ފެނިގެން ނުދާނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް