18 އޯގަސްޓު 2018 | ހޮނިހިރު | 09 މާ
07 ޛުލްޙިއްޖާ 1439
ފަތިސް 04:48
އިރުއަރާ 06:01
މެންދުރު 12:14
އަސްރު 15:27
މަޣްރިބް 18:19
އިޝާ 19:32

ކޮންގޯގެ ރައީސް

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ރައީސް އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ: ބޮޑުވަޒީރު

  • އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު
  • ކަބީލާގެ ވެރިކަމުގެ ދެވަނަ ދައުރު 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުވަނީ ނިމިފައި
އަބުދުﷲ މުހައްމަދު | 8Abbo

| 13 ޖޫން 2018 | ބުދަ 09:14 | |

މަގުބޫލް

  1. މިސްކިތު ހަރިންމަ ތެރޭގައި ދެ ޖިންސު މަސްހުނި ކޮށްގެން ޝަހީމް ކެމްޕޭން ކޮށްފި
  2. ސަރުކާރު ދިފާޢު ކޮށްދިނުމަށް އިނގިރޭސި ޕާލަމެންޓް މެމްބަރުން ގެންނަނީ!
  3. ރާއްޖެއިން ހައްޖަށް ދާ 396 މީހަކަށް އެންމެ ފަހު ވަގުތު ފުރޭނެ ގޮތެއް ނެތިފައި!
  4. މިސްކިތުގައި ޝަހީމް ހިންގެވި އަމަލަކީ ދީނަށް ކުރި ފުރައްސާރައެއް: ޑރ. އިޔާޒް
  5. ބޮޑު ހިތްހަމަ ޖެހުމެއް! ދިވެހި ހައްޖުވެރިންނަށް ފުރޭނެ ގޮތް ހަމަޖެހިއްޖެ
  6. ރިރެޖިސްޓްރީކުރަން 20000 ފޯމު ދެ ފަހަރަށް ހުށަހަޅާފައި
  7. ކެމްޕެއިން ކުރުމުގެ ގޮތުން ފުލުހުންނަށް ހާއްސަކޮށްގެން ހަރަކާތެއް ހިންގައިގެން ނުވާނެ، ފިޔަވަޅު އަޅާނަން: ޕޮލިސް
  8. އެމްޑީޕީ ވެރިކަމަށް ގެނައުމަށް ސިހުރު ހަދާކަމަށް ތުހުމަތުކޮށް ކުޅުދުއްފުށިން އިތުރު ދެމީހަކު ހައްޔަރުކޮށްފި


ކޮންގޯގެ ވެރިކަމުގައި 2001 ވަނަ އަހަރުން ފެށިގެން ހުންނެވީ ޖޯސެފް ކަބީލާ -- ރޮއިޓަރސް

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ރައީސް ތިންވަނަ ދައުރަކަށް ކުރިމަތި ލެއްވުމަށް އެ ގައުމުގެ ގާނޫނު އަސާސީ ތަން ނުދޭތީ އެ މަނިކުފާނު ތިންވަނަ ދައުރަކަށް ކުރިމަތި ނުލައްވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ.

މީގެ ދޮޅު އަހަރެއްހާ ދުވަސްކުރިން 2016 ވަނަ އަހަރު މަގާމުގެ ދައުރު ހަމަވެފައިވާ ކަބީލާއަށް އަންނަ ޑިސެމްބަރު މަހު ބާއްވާ އިންތިޚާބުގައި ވާދަކުރަން ގާނޫނުއަސާސީ ތަންނުދޭއިރު އޭނާގެ ވާދަވެރިންދަނީ އަދިވެސް އޭނާ މަގާމުގައި ހުންނެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ތުހުމަތު ކުރައްވަމުންނެވެ.

އިތުރު ދައުރަކަށް ކުރިމަތި ނުލައްވާނެކަން ސާފުކޮށް ވިދާޅުވުމަށް ބައިނަލްއަގްވާމީ މުޖުތަމައުއިން ބާރު އަޅަމުން ގެންދިއުމާއެކު ވެސް މިހާތަނަށް އަދި އެމަނިކުފާނު  ވާދަނުކުރައްވާނެކަން ސާފުކޮށް ވިދާޅެއްނުވެއެވެ.

ނަމަވެސް ޑެމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ބޮޑުވަޒީރު ބްރޫނޯ ޝިބާލާ އަންގާރަ ދުވަހު ވިދާޅުވީ ގާނޫނުއަސާސީއަށް ކަބީލާ އިހުތިރާމް ކުރައްވާނެ ކަމަށެވެ.

"އިންތިޚާބު ބޭއްވިގެންދާނީ، ގާނޫނު އަސާސީގެ ރޫހާއި އޭގެ ދެލިގަނޑަށް ތަބާވެ ލައްވާ ރައީސް ކަބީލާ ބައިވެރިވެވަޑައިނުގެން" ކެނެޑާގެ މޮންޓްރިއަލްގައި ބޭއްވި އިންޓަރނޭޝަނަލް އިކޮނޮމިކް ފޯރަމް އޮފް ދި އެމެރިކާސް ކޮންފަރެންސްގެ ހަވާސާގައި ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ.

ކަބީލާގެ ވެރިކަމުގެ ދެވަނަ ދައުރު 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނިމިފައިވާ އިރު އޭނާއަށް ފަހު ވެރިކަން ކުރައްވާނެ ބޭފުޅަކު ހޮވުމަށްޓަކައި 2017 ވަނަ އަހަރު ނިމުމުގެ ކުރިން އިންތިޚާބެއް ބާއްވާނެ ކަމަށް ކަބީލާ ކުރިން ވިދާޅުވެފައިވެއެވެ.

މިހާރު އެ ވޯޓް ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހާ ހަމައަށް ފަސްކޮށްފައެވެ.

މިއާ އެކު ރައްޔިތުން ދަނީ ގާނޫނުއަސާސީގައި ދައުރު ކަނޑައެޅިފައިވާ ގޮތާ ޚިލާފްވެ ވަޑައިގެން، އިތުރު ދައުރަކަށް ކުރިމަތި ނުލެއްވޭތީ ގާނޫނާ ޚިލާފަށް ވެރިކަމުގައި ހުންނެވުމަށް މަސައްކަތްކުރައްވާކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވެސް ވަނީ ކޮންގޯގެ ސިޔާސީ ފަރާތްތަކުން 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ވީ ސިޔާސީ އެއްބަސްވުމަށް ފުރިހަމަޔަށް އިހުތިރާމް ކުރުމަށް ގޮވާލައްވާފައެވެ.

ކޮންގޯގެ ވެރިކަމުގައި 2001 ވަނަ އަހަރުން ފެށިގެން ހުންނެވި ކަބީލާ ވަނީ، ވޯޓަރސް ރެޖިސްޓްރޭޝަންގެ ކަންކަން ލަސްވުމާ ގުޅިގެން ކަމަށް ވިދާޅުވެ 2018 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ނިޔަލަށް ވެރިކަމުގައި ހުންނަވާނެ ކަމަށް ވިދާޅުވެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް