22 ޖެނުއަރީ 2019 | އަންގާރަ | 04 ހުވަން
16 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:22
އިރުއަރާ 06:18
ފަތިސް 05:03

ފީފާ ވޯލްޑް ކަޕް 2018

ވޯލްޑްކަޕަށް ސްޕޮންސަރުން ކުރާ ހޭދަ ކުޑަވެއްޖެ

  • ސްޕޮންސަރުން ގެއްލުނުތައް ފޫބައިދައިދިނީ ޗައިނާ ކުންފުނިތަކުން
މިއުވާން މުހައްމަދު | Miuvaan

| 13 ޖޫން 2018 | ބުދަ 06:56 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
  3. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
  4. ހިޔާ މަޝްރޫއު: ޕްލޭނެއް ނެތި ކުރިއަށް؟!
  5. ތިލަފުށި އަދި ގުޅިފަޅު ހިންގަން އުފެއްދި ކުންފުނީގައި ސިއްސައިގެންދާވަރުގެ ކޮރަޕްޝަން!
  6. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  7. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި
  8. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު


ވޯލްޑްކަޕްގެ މިފަހަރުގެ އެއް ސްޕޮންސަރއަކީ ޗައިނާގެ ވީވޯ ކުންފުނި -- ފީފާ

ދުނިޔޭގެ ތައްޓަށް ކުޅޭ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތަށް މިއަހަރު ސްޕޮންސަރގެ ގޮތުގައި ލިބުނު އާމްދަނީ 2014ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ލިބުނު އާމްދަނީއަށްވުރެ ދަށްވެއްޖެއެވެ.

2014ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕަށް ސްޕޮންސަރގެ ގޮތުގައި 1.6 ބިލިއަން ޑޮލަރު ލިބުނުއިރު، މިއަހަރު ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕަށް ލިބިފައިވަނީ 1.45 ބިލިއަން ޑޮލަރުގެ ސްޕޮންސަރއެވެ. ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާއަށް ލިބޭ އެންމެ ބޮޑު އާމްދަނީއަކީ ކޮންމެ 4 އަހަރަކުން އެއް ފަހަރު ބާއްވާ ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތާއި ޖެހިގެން އަންނަ މުބާރާތަކާއި ދެމެދު އޮންނަ މުއްދަަތަށް ލިބޭ މައިގަނޑު ސްޕޮންސަރތަކެވެ. މިދިޔަ 2 ވޯލްޑްކަޕަށްވުރެ މިއަހަރުގެ ވޯލްޑް ކަޕް ވިއްކަން އުނދަގޫވިއިރު، ފީފާއަށް އެތަކެއް ސްޕޮންސަރތަކެއް ގެއްލުނުތަން ފޫބައިދައިދިނީ ޗައިނާގެ ކުންފުނިތަކެވެ. 

ވޯލްޑް ކަޕް ސައިކަލްގެ ސްޕޮންސަރޝިޕުން ލިބޭ ފައިދާ ފިޔަވައި ކޮންމެ އަހަރަކު ފީފާއަށް ލިބެނީ ވަރަށް ކުޑަ އާމްދަނިއެކެވެ. 2010ވަނަ އަހަރު އެއިދާރާއަށް އެހެނިހެން އާމްދަނީގެ ގޮތުގައި 25 މިލިއަން ޑޮލަރު ލިބުނުއިރު، 2014ވަނަ އަހަރު ލިބުނީ 49 މިލިއަން ޑޮލަރެވެ. 

2015ވަނަ އަހަރު ފެންމަތިވި ފީފާގެ ކޮރަޕްޝަން މައްސަލަތަކަށްފަހު ފީފާގެ ބޮޑެތި ގިނަ ސްޕޮންސަރުންތަކެއް ފުޓުބޯޅައާއި ދުރަށް ދިޔައެވެ. އޭގެ ތެރޭގައި ފީފާގެ މައި ސްޕޮންސަރުން ކަމަށްވާ ޖޯންސަން އެންޑް ޖޯންސަން، ކާސްޓްރޯލް އަދި ކޮންޓިނެންޓަލް ހިމެނެއެވެ. 

ފީފާގެ މައި 7 ސްޕޮންސަރުންގެ ތެރެއިން އެއް ސްޕޮންސަރއަކީ ޗައިނާގެ ޕްރޮޕަރޓީ ކުންފުނި ވެންޑާ ގްރޫޕެވެ. ފީފާގެ މައި އަނެއް 6 ސްޕޮންސަރުންނަކީ ކޮކާކޯލާ، އެޑިޑަސް، ގެޒްޕްރޮމް، ގަތަރު އެއަރވޭސް، ވީސާ އަދި ހިޔުންޑައި/ކިއާ އެވެ. ވެންޑާގެ ދަށުން ހިންގާ އިންފްރަންޓް މީޑިއާއަކީ މިއަހަރާއި 2022 ވަނަ އަހަރު ބާއްވާ ވޯލްޑްކަޕް މުބާރާތްތައް އޭޝިއާގެ 26 ޓެރިޓަރީއެއްގައި ދެއްކުމުގެ ރައިޓްސް ލިބިފައިވާ ކުންފުންޏެކެވެ. 

މިއަހަރުގެ ފީފާ ވޯލްޑް ކަޕްގެ މައި 5 ސްޕޮންސަރުންގެ ތެރެއިން 3 ކުންފުންޏަކީވެސް ޗައިނާގެ ކުންފުނިތަކެވެ. އެއީ ޓީވީ އާއި ފްރިޖް އުފައްދާ ހައިސެންސް، ސްމާރޓްފޯން އުފައްދާ ވީވޯ އަދި ޔޯގަޓާއި ކިރުގެ ބާވަތްތައް އުފައްދާ މެންގްނިއުއެވެ. ވޯލްޑް ކަޕް ބާއްވާ ސްޓޭޑިއަމްތަކުގައި ޔޯގަޓާއި އައިސްކްރީމް ވިއްކާނީ މެންގްނިއު އިންނެވެ. 

މިއަހަރުގެ ވޯލްޑްކަޕް ޑީލްތަކުގެ 39 އިންސައްތައަކީ އޭޝިއާގެ ކުންފުނިތަކާއިއެކު ހަދާފައިވާ ޑީލްތަކެވެ.

މިދިޔަ 2 ވޯލްޑްކަޕާއި އަޅާބަލާއިރު މިއަހަރު ސްޕޮންސަރޝިޕްގެ އަގު ވެއްޓިފައިވީނަމަވެސް މިއީ 1990ގެ އަހަރުތަކާއި 2000ގެ ކުރީކޮޅާއި އަޅާބަލާއިރު އެތައް ތަނެއް ބޮޑު އަދަދުތަކެކެވެ. 

މުހައްލިލުން އަންދާޒާކުރާ ގޮތުގައި 2022ވަނަ އަހަރުގެ ވޯލްޑްކަޕާއިއެކު އަނެއްކާވެސް ސްޕޮންސަރޝިޕްތައް އިތުރުވެގެންދާނެއެވެ. 2022ވަނަ އަހަރު ޤަތަރުގައި އޮންނަ ވޯލްޑްކަޕަށް މެދުއިރުމަތީގެ ކުންފުނިތަކުގެ އެހީ ލިބޭނެކަމަށް ބެލެވެއެވެ. އާއްމު ގޮތެއްގައި ވޯލްޑްކަޕް ބާއްވާ ޤައުމު ހިމެނޭ ސަރަހައްދުގެ ކުންފުނިތަކުން އެއަހަރެއްގެ ވޯލްޑްކަޕް ސްޕޮންސަރކުރެއެވެ. އެގޮތުން 2010ވަނަ އަހަރު ދެކުނު އެފްރިކާގައި ވޯލްޑްކަޕް ބޭއްވިއިރު އެފްރިކާގެ ސްޕޮންސަރުން ބައިވެރިވިއިރު، 2014ވަނަ އަހަރު ބްރެޒިލްގައި ވޯލްޑްކަޕް ބޭއްވިއިރު ދެކުނު އެމެރިކާގެ ކުންފުނުތަކުގެ އެހީ ލިބުނެވެ. އެހެންނަމަވެސް މިއަހަރު އެފްރިކާ އަދި ދެކުނު އެމެރިކާގެ ސްޕޮންސަރުން ނުހިމެނޭއިރު ހުރިހާ ސްޕޮންސަރުން ނިސްބަތްވަނީ އުތުރު އެމެރިކާ، ޔޫރަޕް އަދި އޭޝިއާއަށެވެ. 

މެދުއިރުމަތީގައި ބާއްވާ ފުރަތަމަ ވޯލްޑްކަޕަށް 2022ވަނަ އަހަރުގެ ވޯލްޑްކަޕް ވުމުގެ އިތުރުން ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯ އެއިދާރާއަށް ގެންނަވާ ބަދަލުތަކުގެ ސަބަބުން ފުޓުބޯޅައާއި މެދު ސްޕޮންސަރުންގެ މެދުގައި އަނެއްކާވެސް އިތުބާރު އުފެދިގެންދާނެކަމަށް މުހައްލިލުން އަންދާޒާކުރެއެވެ.

ޗައިނާގެ ސްޕޮންސަރތައް މިއަހަރު އިތުރުވިއިރު، ކުރިއަށް އޮތްތަނުގައި ފުޓުބޯޅައަށް ޗައިނާއިން ކުރާ ހޭދަ އިތުުރުވާނެކަމަށް ބެލެވެއެވެ. ޗައިނާ ސަރުކާރުންވެސް ދަނީ އެޤައުމުގައި ފުޓުބޯޅައަށް އޮންނަ ލޯބި އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޗައިނާގެ ސިޓީތަކުގައި ދިރިއުޅޭ ޒުވާނުންގެ އާބާދީގެ 32 އިންސައްތަ ފުޓުބޯޅައަށް ވަރަށް ބޮޑަށް ޝައުޤުވެރިވާކަމަށް ވެއެވެ. ޗައިނާ ސަރުކާރުގެ އުއްމީދަކީ ވީހާވެސް އަވަހަކަށް ޗައިނާގައި ވޯލްޑްކަޕް ބޭއްވުމެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް