18 އޯގަސްޓު 2018 | ހޮނިހިރު | 09 މާ
07 ޛުލްޙިއްޖާ 1439
ފަތިސް 04:48
އިރުއަރާ 06:01
މެންދުރު 12:14
އަސްރު 15:27
މަޣްރިބް 18:19
އިޝާ 19:32

ސިންގަޕޯރ ސަމިޓް

ކިމް ޖޮން އުން އެމެރިކާއަށް، ޓްރަމްޕް އުތުރު ކޮރެއާއަށް؟

  • ދެ ލީޑަރުންވެސް އަނެއް ލީޑަރުގެ ދައުވަތު ޤަބޫލުކުރައްވާފައިވޭ
  • ޓްރަމްޕް ކިމްއަށް ބައެއް ވައުދުތައް ވެވަޑައިގަތީ ޕެންޓަގަންއާއި މަޝްވަރާކުރެއްވުމެއް ނެތި
މިއުވާން މުހައްމަދު | Miuvaan

| 13 ޖޫން 2018 | ބުދަ 04:45 | |

މަގުބޫލް

  1. މިސްކިތު ހަރިންމަ ތެރޭގައި ދެ ޖިންސު މަސްހުނި ކޮށްގެން ޝަހީމް ކެމްޕޭން ކޮށްފި
  2. ސަރުކާރު ދިފާޢު ކޮށްދިނުމަށް އިނގިރޭސި ޕާލަމެންޓް މެމްބަރުން ގެންނަނީ!
  3. ރާއްޖެއިން ހައްޖަށް ދާ 396 މީހަކަށް އެންމެ ފަހު ވަގުތު ފުރޭނެ ގޮތެއް ނެތިފައި!
  4. މިސްކިތުގައި ޝަހީމް ހިންގެވި އަމަލަކީ ދީނަށް ކުރި ފުރައްސާރައެއް: ޑރ. އިޔާޒް
  5. ބޮޑު ހިތްހަމަ ޖެހުމެއް! ދިވެހި ހައްޖުވެރިންނަށް ފުރޭނެ ގޮތް ހަމަޖެހިއްޖެ
  6. ރިރެޖިސްޓްރީކުރަން 20000 ފޯމު ދެ ފަހަރަށް ހުށަހަޅާފައި
  7. ކެމްޕެއިން ކުރުމުގެ ގޮތުން ފުލުހުންނަށް ހާއްސަކޮށްގެން ހަރަކާތެއް ހިންގައިގެން ނުވާނެ، ފިޔަވަޅު އަޅާނަން: ޕޮލިސް
  8. އެމްޑީޕީ ވެރިކަމަށް ގެނައުމަށް ސިހުރު ހަދާކަމަށް ތުހުމަތުކޮށް ކުޅުދުއްފުށިން އިތުރު ދެމީހަކު ހައްޔަރުކޮށްފި


ޓްރަމްޕްއާއި ކިމް ސިންގަޕޫރުގައި -- އޭއެފްޕީ

އަންގާރަ ދުވަހު އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮން އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިންގަޕޫރުގައި ބޭއްވި ތާރީޚީ ސަމިޓަށްފަހު ޓްރަމްޕް އުތުރު ކޮރެއާއަށް ވަޑައިގަތުމަށް ކިމް ޖޮން ދައުވަތު ދެއްވައިފިއެވެ.

އުތުރު ކޮރެއާގެ ރަސްމީ ޚަބަރުފަތުރާ އިދާރާއިން ބުނާގޮތުގައި ވޮޝިންޓަނަށް ވަޑައިގަތުމަށް ޓްރަމްޕް ވަނީ ކިމްއަށްވެސް ދައުވަތު އަރުވާފައެވެ. އަދި ދެބޭފުޅުންވެސް އެއްބޭފުޅަކު އަނެއް ބޭފުޅެއްގެ ދައުވަތު ޤަބޫލުކުރައްވާފައިވާކަމަށްވެސް އުތުރު ކޮރެއާގެ މީޑިއާއިން ބުނެއެވެ. އެހެންނަމަވެސް ވައިޓް ހައުސްއިން މިކަމުގެ ތަފްޞީލް ދީފައެއް ނުވެއެވެ.

މީގެ ކުރިން އެމެރިކާގެ ވެރިކަމުގައި ހުންނެވި ބޭފުޅަކާއި އުތުރު ކޮރެއާގެ ވެރިކަމުގައި ހުންނެވި ބޭފުޅަކު ދުވަހަކު ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެއް ނުވެއެވެ. އަދި ދާދި ފަހަކާއި ޖެހެންދެންވެސް އުތުރު ކޮރެއާއިން ދިޔައީ އެމެރިކާއަށް އަސްކަރީގޮތުން އިންޒާރު ދެމުންނެވެ. 

ސަމިޓަށްފަހު ޕިޔޮންގްޔަންގްއަށް ވަޑައިގަތުމަށްފަހު ކިމް ވިދާޅުވީ މަޝްވަރާކުރެވުނު ކަންކަންކަމަށް އެމެރިކާއިން އިހްތިރާމްކުރާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ. އަދި އެއް ބަޔަކު އަނެއް ބަޔަކު ރުޅި އަރުވަން ކަންތައްކުރުން ހުއްޓާލަން ޖެހޭކަމަށާއި، ދެޤައުމުން އެއް ޤައުމު އަނެއް ޤައުމަށް ބިރު ދެއްކުމަށް ހިންގާ އަސްކަރީ ހަރަކާތްތަކާއި ތަމްރީންތައް ވަގުތުން ހުއްޓާލަން ޖެހޭކަމަށް ކިމް ވިދާޅުވިއެވެ.

ސިންގަޕޫރުގައި ބޭއްވި ބައްދަލުވުމުގައި އެމެރިކާ ސިފައިން ބައިވެރިވެގެން ދެކުނު ކޮރެއާގަޔާއި އިރުމަތީ އޭޝިއާގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީންތައް ހުއްޓާލަން އުތުރު ކޮރެއާއިން ޑިމާންޑްކުރިއެވެ. އަދި އެ ތަމްރީންތައް ހުއްޓާލާނެކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް މިވާހަކަތައް ބޭއްވުމުގެ މެދުވެރިއަކަށްވި ދެކުނު ކޮރެއާއިން ޓްރަމްޕް އެއްބަސްވެވަޑައިގެންނެވި ކަންތައްތަކާއިމެދު ހިތްހަމަނުޖެހިފައިވާކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. ޚާއްސަކޮށް ދެކޮރެއާ ގުޅޭ ސަރަހައްދީ ރޮނގުގެ ސަލާމަތީ ކަންކަމުގައި އެމެރިކާއިން ދެކުނު ކޮރެއާއަށް އެހީތެރިވަމުން އަންނައިރު، އަސްކަރީ މިފަދަ ނިންމުމެއް ނިންމުމުގައި ދެކުނު ކޮރެއާގެ ބަހެއް ޓްރަމްޕް ނުހޯއްދަވާތީ ދެކުނު ކޮރެއާއިން ހިތްހަމަނުޖެހޭކަމަށް ރިޕޯޓްތައް ބުނެއެވެ.

ޓްރަމްޕްއާއި ކިމްގެ ބައްދަލުވުމަށްފަހު ދެކުނު ކޮރެއާގެ ރިޔާސީ ގަނޑުވަރު ބްލޫ ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓްރަމްޕްގެ ވާހަކަތަކުގެ އިތުރު ތަފްޞީލް އެޤައުމުން ހޯދަން ޖެހޭކަމަށެވެ. ކިމްއާއި އެކު ޓްރަމްޕް ބޭއްވެވި ބައްދަލުވުމަށްފަހު ޓްރަމްޕްއާއި ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި-އިން 20 މިނެޓް ވަންދެން ފޯނުން ވާހަކަ ދެއްކެވިކަމަށްވެއެވެ. އެހެން ނަމަވެސް އަސްކަރީ ތަމްރީންތަކުގެ ވާހަކަ ދެބޭފުޅުން ދެއްކެވިކަމަށް ނުވެއެވެ.

ދެކުނު ކޮރެއާއާއިއެކު ބާއްވާ އަސްކަރީ ތަމްރީންތައް ހުއްޓާލާނެކަމުގެ ޔަޤީންކަން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއަށް ޓްރަމްޕް ދެއްވާފައިވާކަން ހާމަކުރެއްވުމާއެކު އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަންއިން ވަނީ އެމެރިކާގެ ރަހުމަތްތެރި ޤައުމުތަކުގެ ސަލާމަތަށް އެމެރިކާއިން ދޭ ޔަޤީންކަން އަދިވެސް އޮންނާނެކަމަށް ބުނެފައެވެ. ބައެއް މުހައްލިލުން ބުނާ ގޮތުގައި އަސްކަރީ ތަމްރީންތަކުގެ ވާހަކަ ކިމްއާއިއެކު ޓްރަމްޕް ދެއްކެވީ ޕެންޓަގަންއާއި އެއްވެސް ވަރަކަށް މަޝްވަރާކުރެއްވުމެއް ނެތިއެވެ. ދެކުނު ކޮރެއާގައި ޤާއިމްވެ ތިބޭ އެމެރިކާ ސިފައިންނާއި ގުޅޭ ގޮތުން ޓްރަމްޕްއާއި ކިމް މަޝްވަރާކުރައްވަފާނެތޯ އެބައްދަލުވުމުގެ ކުރިން ނޫސްވެރިން ސުވާލުކުރުމުން އެމެރިކާގެ ދިފާޢީ ވަޒީރު ޖޭމްސް މެޓިސް ވިދާޅުވީ އެފަދަ މަޝްވަރާތަކެއް ރޭވިފައިނުވާކަމަށާއި، އެފަދަ މަޝްވަރާތަކެއް ރޭވިފައިވާނަމަ އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެކަމަށެވެ. 

ދެކުނު ކޮރެއާގައި އެމެރިކާގެ 30،000 ސިފައިން ޤާއިމްވެތިބެއެވެ. އަދި ކޮންމެ އަހަރަކު އެމެރިކާގެ ރަށެއްކަމަށްވާ ގުއާމްގައި ތިބޭ އެމެރިކާ ސިފައިން ހިމަނައިގެން ދެކުނު ކޮރެއާ ސިފައިންނާއިއެކު އެމެރިކާ ސިފައިން ދެކުނު ކޮރެއާގައި އަސްކަރީ ތަމްރީންތަކެއް ބާއްވައެވެ. އުތުރު ކޮރެއާއިން ސިފަކުރާ ގޮތުގައި މިތަމްރީންތަކަކީ އުތުރު ކޮރެއާއަށް އަރައިގަތުމަށް ބާއްވާ ފަރިތަކުރުންތަކެކެވެ. އެހެން ނަމަވެސް ދެކުނު ކޮރެއާއިން ބުނަނީ މިއީ އެޤައުމުގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ބާއްވާ ތަމްރީންތަކެއްކަމަށެވެ. 

ގިނަ އަދަދެއްގެ ސިފައިން ދެކުނު ކޮރެއާގައި ބޭއްތިއްބުމުގެ ޚަރަދު ބޮޑުކަމަށް ޓްރަމްޕް އަބަދުވެސް ވިދާޅުވެއެވެ. އެހެން ނަމަވެސް އުތުރު ކޮރެއާއިން ހަރުކަށިކަން ދައްކާނަމަ ދެކުނު ކޮރެއާގައި ތިބޭ ސިފައިންގެ އަދަދު އިތުރުކުރަން ޖެހިދާނެކަމަށް ވިދާޅުވެ އުތުރު ކޮރެއާއަށް މީގެ ކުރިން ޓްރަމްޕް އިންޒާރު ދެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް