22 ޖޫން 2018 | ހުކުރު | 06 އަދަ
އިމްސާކް 04:15
08 ޝައްވާލް 1439
ފަތިސް 04:37
އިރުއަރާ 05:55
މެންދުރު 12:12
އަސްރު 15:36
މަޣްރިބް 18:21
އިޝާ 19:39

މެސެޑޯނިއާގެ ނަން ބަދަލުކުރުން

ފޯނު ކޯލަކަށްފަހު މެސެޑޯނިއާގެ ނަން ބަދަލުކުރަން އެއްބަސްވެއްޖެ!

  • އެޤައުމަށް ދެން ކިޔާނީ ރިޕަބްލިކް އޮފް ނޯތް މެސެޑޯނިއާ
  • ގްރީސްއިން ބުނަނީ މެސެޑޯނިއާއަކީ އެޤައުމުގެ އުތުރުގައި އޮންނަ ސަރަހައްދަކަށް ކިޔާ ނަމެއްކަމަށް
  • މިމައްސަލަ ހައްލުކުރުމަށް އދއިން އެތައް އަހަރެއް ވަންދެން މެދުވެރިއެއްގެ ރޯލު އަދާކުރި
މިއުވާން މުހައްމަދު | Miuvaan

| 13 ޖޫން 2018 | ބުދަ 04:01 | |

މަގުބޫލް

  1. ސަޢީދު: އެންމެ ބޭކާރު ވަޒީރު
  2. މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
  3. އެމްޑީޕީއާ އެކު ތިބި ބަޔަކު ގޮވައިގެން އިންތިހާބު ކާމިޔާބު ކުރާނަން، ޖޭޕީ ވަކިވުމަކީ މައްސަލައެއް ނޫން: އެމްޑީޕީ
  4. ވިންޓަރ ޕާކަށް ވަންނަ މީހުންގެ އަތުން ފީއެއް ނަގާގޮތަށް ހަމަޖައްސައިފި
  5. ޓްވިޓަރ ބޭނުންކުރުމުގެ އުޞޫލުތަކާއި ދިވެހި ފުލުހުން ޚިލާފުވެއްޖެ
  6. މެސީއާ އެކީ ކުޅެން ޑިބާލާ ތައްޔާރު
  7. މިސް އިންޑިއާ 2018 އަށް އަނުކްރީތީ!
  8. ޖޭޕީގެ ނާއިބު ލީޑަރުންގެ ވާދަވެރިކަން އިތުރުވެއްޖެ!


މެސެޑޯނިއާގެ ބޮޑުވަޒީރު ޒޯރާން ޒައޭވް -- ގެޓީ އިމޭޖާސް

ހަތާވީސް އަހަރު ވަންދެން ނަމުގެ މައްސަލައިގައި ގްރީސްއާއިއެކު އޮތް ދެބަސްވުން ނިމުމަކަށް ގެނެސް، މެސެޑޯނިއާގެ ނަން ބަދަލުކުރުމަށް  ނިންމައިފިއެވެ.

މެސެޑޯނިއާއަށް އެނަން ކިޔުމަކީ ގްރީސްއިން ރުހޭ ކަމެއް ނޫނެވެ. ސަބަބަކީ މެސެޑޯނިއާއާއި ގްރީސް ގުޅޭ ސަރަހައްދީ ރޮނގުގައި މެސެޑޯނިއާއާއި އިންވެގެން އޮންނަ ގްރީސްގެ ސަރަހައްދަަށް ކިޔާނަމަކީވެސް މެސެޑޯނިއާކަމަށްވުމެވެ. ފާއިތުވި 27 ވަރަކަށް އަހަރު މިމައްސަލައަށް ހައްލެއް ގެނެވޭތޯ އދ މެދުވެރިވެގެން ގިނަ މަސައްކަތްތަކެއް ކުރެވުނެވެ. މެސެޑޯނިއާއަކީ ކުރީގެ ޔޫގޯސްލާވިއާ ދައުލަތުގެ ދަށުގައި އޮތް ޤައުމެކެވެ. ޔޫގޯސްލާވިއާ ރޫޅި، މެސެޑޯނިއާއަށް މިނިވަންކަން ލިބުމަށްފަހު އެޤައުމަށް ރަސްމީކޮށް ކިޔަމުން އައި ނަމަކީ 'ފޯމަރ ޔޫގޯސްލާވް ރިޕަބްލިކް އޮފް މެސެޑޯނިއާ" (އެފް.ވައި.އާރް.އޯ.އެމް) އެވެ. އެޤައުމަށް ވިލާތުގެ އިއްތިޙާދުގެ މެމްބަރަކަށް ވުމަށާއި އުތުރު އެޓްލާންޓިކް ދިފާޢި މުޢާހަދާ (ނޭޓޯ)ގެ މެމްބަރު ޤައުމަކަށް ނުވެވިގެން އުޅެނީވެސް ނަމުގެ މައްސަލައިގައި ގްރީސްއިން މެސެޑޯނިއާގެ މެމްބަރޝިޕް ބޮއިކޮޓް ކުރާތީއެވެ.

ނަމުގެ މައްސަލައަށް ހައްލެއް ގެނެވުނީ އަންގާރަ ދުވަހު ގްރީސްގެ ބޮޑުވަޒީރު އެލެކްސިސް ސިޕްރާސްއާއި މެސެޑޯނިއާގެ ބޮޑުވަޒީރު ޒޯރާން ޒައޭވް ފޯނުން ވާހަކަ ދެއްކެވުމަށްފަހުގައެވެ. 2015 ވަނަ އަހަރު ސިޕްރާސްގެ ސަރުކާރު ގްރީސްގެ ވެރިކަމަށް އައުމަށްފަހު އެންމެ އިސްކަމެއް ދިން އެއްކަމަކީ މިމައްސަލައަށް ހައްލެއް ހޯދުމެވެ. 

މެސެޑޯނިއާއަށް ދޭން ނިންމި އައު ނަމަކީ ރިޕަބްލިކް އޮފް ނޮދަރން މެސެޑޯނިއާއެވެ. އުތުރު މެސެޑޯނިއާގެ ނަމުން އެޤައުމަށް ނިން ދިނުމުން މެސެޑޯނިއާގެ ނަން ދީފައިވާ ގްރީސްގެ ސަރަހައްދަކީ ހަޤީޤީ މެސެޑޯނިއާކަން އެނގިގެންދާނެކަމަށް ގްރީސްގެ ސަރުކާރުން ބުނެއެވެ.

ދެޤައުމުންވެސް މަސައްކަތްކުރީ މިމަހު ބާއްވާ ވިލާތުގެ އިއްތިޙާދުގެ ބައްދަލުވުމެއްގެ ކުރިން ނަމުގެ މައްސަލައަށް ހައްލެއް ގެނައުމަށެވެ. ދެޤައުމުގެ ބޮޑުވަޒީރުން މިމައްސަލައިގައި އެއްބަސްވުމަކަށް އައިނަމަވެސް، ނަން ބަދަލުކުރުމަށް މެސެޑޯނިއާގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް މިއަހަރު ފަހުކޮޅު ނަގާނެއެވެ.

މެސެޑޯނިއާގެ ނަމުގެ މައްސަލައިގައި ގްރީސްއާއި މެސެޑޯނިއާ އެއްބަސްވުމަކަށް އައުމާއި ގުޅިގެން ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބަރގް ވަނީ މަރުހަބާ ދަންނަވާފައެވެ. އޭނާ ވިދާޅުވީ މިއީ މެސެޑޯނިއާއަށް ނޭޓޯގެ މެމްބަރުކަން ލިބުމުގެ ދަތުރުގެ މުހިއްމު ބައެއްކަމަށާއި، މިމައްސަލަ ހައްލުވެގެން ދިޔުމާއިއެކު ހުޅަނގު ބަލްކަން ސަރަހައްދުގައި ހަމަޖެހުން ޤާއިމްވާނެކަމަށެވެ. 

ޔޫރަޕިއަން ކައުންސިލްގެ ރައީސް ޑޮނަލްޑް ޓަސްކްވެސް ވަނީ މި އެއްބަސްވުމަށް މަރުހަބާ ދަންނަވާފައެވެ. ބުދަ ދުވަހު ޖަރުމަންވިލާތުގެ ވެރިރަށް ބަރލިންގައި ބާއްވާ ބައްދަލުވުމެއްގައި ގްރީސްއާއިއެކު ވެވުނު އެއްބަސްވުމުގައި ހިމެނޭ މުހިއްމު ބައިތަކުގެ މައުލޫމާތު މެސެޑޯނިއާގެ ބޮޑުވަޒީރު ޒައޭވް ޖަރުމަންވިލާތުގެ ޗާންސެލަރ އެންގެލާ މާކެލްއަށް އަރުވާނެއެވެ.

މިވަގުތު މެސެޑޯނިއާގައިވެސް އަދި ގްރީސްގައިވެސް ވެރިކަން ކުރަމުން އަންނަނީ ވަތަނީ ޕާޓީތަކުންނެއް ނޫނެވެ. ވާތުފިޔައިގެ ޕާޓީތަކުން ދެޤައުމުގައިވެސް ވެރިކަން ކުރަމުން އަންނައިރު، ކަނާތު ފިޔައިގެ ޕާޓީތަކަށް މިއީ ބަލައިގަންނަން ފަސޭހަ ނިންމުމަކަށް ނުވިއެވެ. ދެޤައުމު ވަތަނީ ފިކުރުމުގެ އިދިކޮޅު ލީޑަރުން ގެންދަނީ މެސެޑޯނިއާ، މިނަމުގެ މިލްކުވެރިކަމާއިމެދު ދައުވާކުރަމުންނެވެ. 

2 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މެސެޑޯނިއާއަކީ ޔޫރަޕްގެ އެންމެ ފަޤީރު އެއް ޤައުމެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް