16 ނޮވެންބަރު 2018 | ހުކުރު | 04 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ވޮލީބޯލް

އިސްކަން ދެނީ ބްލޮކާއި ޑިފެންސް ރަނގަޅު ކުރަން: އަދީލް

  • ބްލޮކަކީ ޑިފެންސްގެ ފެށުން. އަދީލް
  • އިދިކޮޅުން ވާދަކުރަނީ އިސްކޮޅުން ދިގު ކުޅުންތެރިން
ނާފިއު ރަޝީދު | NaphiuR

| 15 ޖެނުއަރީ 2017 | އާދީއްތަ 18:05 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  6. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  7. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  8. މަނީ ލޯންޑްރިންގގެ މައްސަލައިގެ ތަހްގީގާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކުރެވޭކަށް ނެތް: ފުލުހުންގެ އިދާރާ


ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު އަހުމަދު އަދީލް (ބޭބެ) -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ކޮލިފިކޭޝަނުގައި ވާދަކުރާ އަންހެން ވޮލީ ޓީމުގެ ތަމްރީނުތައް ކުރިއަށް ގެންދަނީ ބްލޮކާއި ޑިފެންސަށް އިސްކަން ދީގެން ކަމަށް އެޓީމުގެ ކޯޗު އަހުމަދު އަދީލް (ބޭބެ) ބުނެފި އެވެ.

ކޮލިފިކޭޝަނަށް އަންހެން ޓީމު ވަމުންދާ ތައްޔާރީތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އަދީލް ބުނީ ކޮލިފައިން އަށް ތައްޔާރުވުމަށް ފަރިތަކުރުންތައް ކުރިއަށް ގެންދާތާ މިހާރު ވަރަށް ދުވަސް ވެފައިވާ ކަމަށާއި އެގޮތުން ކުޅުންތެރިންގެ ހުނަރަށް ބަލާއިރު، ވަރަށް ބޮޑުތަން ރަނގަޅު ކުރެވިފައިވާ ކަމަށެވެ.

ކޮލިފިކޭޝަންގައި ވާދަކުރާ އެހެން ޓީމުތަކުގެ ކުޅުންތެރިންގެ އިސްކޮޅާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އަދީލް ބުނީ އިދިކޮޅުން ކުޅޭ ޓީމުތަކުގެ ކުޅުންތެރިންނަކީ އިސްކޮޅުން ދިގު ކުޅުންތެރިންތަކެއް ކަމަށާއި އެ ކުޅުންތެރިންނާ އަޅާ ކިޔާއިރު، ރާއްޖޭގައި އޮތީ އެއަށްވުރެން އިސްކޮޅުން ކުރު ކުޅުންތެރިންތަކެއް ހިމެނޭ ޓީމެއް ކަމަށެވެ.

އަދީލް ބުނީ ކޮލިފައިންގައި ދެން ވާދަކުރާ ޓީމުތަކުގެ ކުޅުންތެރިންގެ އިސްކޮޅަށް ބަލައި ރާއްޖެ އަށް މިވަގުތަށް އެންމެ މުހިންމު ވާނީ ޑިފެންސް ކުރުމާއި ބްލޮކްތައް ވަރުގަދަ ކުރުން ކަމަށާއި އެހެން ކަމުން ޓްރެއިނިންގައި އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދެމުން އަންނަ ކަމަށެވެ.

ބްލޮކަކީ ޑިފެންސްގެ ފެށުންކަން ފާހަގަކުރަމުން އަދީލް ބުނީ މީގެ ކުރިން ވާދަކުރި ބައެއް މުބާރާތްތަކުގައި ވެސް ލިބުނު ފިލާވަޅަށް ބަލައި މި ދެ ކަންތަކަށް މިފަހަރު ވަރަށް ބޮޑު ސަމާލުކަމެއް ދީފައި ވާނެ ކަމަށެވެ. އެހެން ކަމުން ހިތްހަމަޖެހޭ ވަރަށް ކުޅުންތެރިންގެ ފަރާތުން އެކަމުގެ އެދެވޭ ހެޔޮ ބަދަލު ފެންނަމުންދާ ކަމަށް ވެސް އަދީލް ބުންޏެވެ.

އަދީލް ބުނީ ފަރިތަކުރުންތަކުގައި ކުޅުންތެރިންނަށް ދަސްވި ފިލާވަޅާއެކު މުބާރާތުގައި ރަނގަޅު ފައިޓެއް އިދިކޮޅު ޓީމުތަކަށް ދެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ތިން ގައުމު ވާދަކުރާ މި މުބާރާތުން ކުރި ހޯދާ ޓީމަކަށް އޭޝިޔާ ބައްރުގެ ކޮލިފިކޭޝަނުން ޖާގަ ލިބޭނެއެވެ. ގްރޫޕް ސްޓޭޖުން ޖާގަ ލިބޭނީ އޭޝިޔާ ބައްރުގެ ކޮލިފައިންގައި ވާދަކޮށް ކުރި ހޯދައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް