18 އޯގަސްޓު 2018 | ހޮނިހިރު | 08 މާ
07 ޛުލްޙިއްޖާ 1439
ފަތިސް 04:48
އިރުއަރާ 06:01
މެންދުރު 12:14
އަސްރު 15:27
މަޣްރިބް 18:19
އިޝާ 19:32

ނޫސްވެރިން ހައްޔަރުކުރުން

ރޮހިންޖާ މުސްލިމުން މަރާލި މައްސަލަ ތަހްގީގު ކުރަމުން ދިޔަ ދެ ނޫސްވެރިއަކު މިޔަންމާއިން ހައްޔަރު ކޮށްގެން އުޅޭތާ ހަ މަސް!

  • މުޅި ދުނިޔެ ގޮވަމުން ދަނީ އެމީހުން ދޫކޮށްލުމަށް
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 13 ޖޫން 2018 | ބުދަ 03:35 | |

މަގުބޫލް

  1. މަރުހަބާގެ މާފަތިތައް ބަލައިނުގަނެ މެޑަމް ފާތުން ހިތާދޫ ރައްޔިތުންގެ ހިތުގައި ޖައްސައިފި!
  2. އެނގޭތަ؟: އިބޫއަކީ މޮޅު ފޮޓޯގްރާފަރެއް!
  3. މިސްކިތު ހަރިންމަ ތެރޭގައި ދެ ޖިންސު މަސްހުނި ކޮށްގެން ޝަހީމް ކެމްޕޭން ކޮށްފި
  4. ސަރުކާރު ދިފާޢު ކޮށްދިނުމަށް އިނގިރޭސި ޕާލަމެންޓް މެމްބަރުން ގެންނަނީ!
  5. މިސްކިތުގައި ޝަހީމް ހިންގެވި އަމަލަކީ ދީނަށް ކުރި ފުރައްސާރައެއް: ޑރ. އިޔާޒް
  6. ރާއްޖެއިން ހައްޖަށް ދާ 396 މީހަކަށް އެންމެ ފަހު ވަގުތު ފުރޭނެ ގޮތެއް ނެތިފައި!
  7. ރިރެޖިސްޓްރީކުރަން 20000 ފޯމު ދެ ފަހަރަށް ހުށަހަޅާފައި
  8. ރާއްޖެ ޓީވީގެ އަބުރުފުޅު ފަންޑަށް މިހާރު ނޫހުން އެހީވެއްޖެ


މިޔަންމާއިން ހައްޔަރު ކުރި ދެ ނޫސްވެރިން -- ރޮއިޓަރސް

މިއަންމާގެ ހުޅަނގު އުތުރުގައި އޮންނަ ރަޚީން އަވަށުގައި ކުޑަކުދިން ވެސް ހިމެނޭ ގޮތަށް މިޔަންމާ ސިފައިން މަރާލި 10 މުސްލިމުންގެ މަރުގެ މައްސަލަ ތަހްގީގު ކުރަމުން ދިޔަ ރޮއިޓާސްގެ ދެ ނޫސްވެރިން ހައްޔަރު ކޮށްގެން އުޅޭތާ ހަ މަސް ވެއްޖެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެ ދެ ނޫސްވެރިން ހައްޔަރު ކުރީ ސަރުކާރުގެ ސިއްރު ލިޔުންތަކެއް ގެންގުޅުނު ކަމަށް ބުނެއެވެ. ނަމަވެސް އެންމެ ފަހުން ބޭއްވި ޝަރީއަތުގައި ހެކިބަސް ދޭން ފުލުހުންގެ އޮފިސަރު ކޯޓަށް ހާޒިރެއް ނުވެއެވެ. 

މިޔަންމާގެ ފުލުހުން ބުނި ގޮތުގައި ހެކިބަސް ދޭން ކޯޓަށް ހާޒިރުވާން ޖެހޭ ފުލުހުންގެ އޮފިސަރަށް ހާޒިރު ނުވެވުނީ، އެހެން ދެ މައްސަލައެއްގެ ތަހްގީގުގައި އޭނާ އުޅެމުންދާތީ އެވެ. 

އަންގާރަ ދުވަހުގެ އަޑުއެހުމަށް ދައުލަތުގެ ހެކި ހާޒިރު ނުވުމުން، އަންނަ ހޯމަ ދުވަހަށް އަނެއްކާ ވެސް ވަނީ އަޑުއެހުން ތާވަލް ކޮށްފައެވެ. 

ހައްޔަރު ކުރެވުނު އެއް ނޫސްވެރިއަކު އަންގާރަ ދުވަހުގައި ކޯޓުން ނެރުނު ވަގުތު ބުނީ ޖަލުގައި ހަ މަސް ހޭދަކުރުމަކީ ދިގު މުއްދަތެއް ކަމަށާއި އެހެން ނަމަވެސް މާޔޫސް ނުވާ ކަމަށެވެ. އަދި ބުނީ ޖަލުން މިނިވަން ވުމަށްފަހުގައި ވެސް ހަމަ އުޅޭނީ ނޫސްވެރިއެއްގެ ގޮތުގައި ކަމަށާއި އުމުރު ދުވަހުގައި ވެސް އުޅޭނީ މި ދާއިރާގައި ކަމަށެވެ.

ޝަރީއަތާ ބެހޭ ގޮތުން ދައުލަތުން އިސް ޕްރޮސެކިއުޓަރުގެ ބަހެއް ހޯދުމަށް މީޑިއާއިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

އެ ދެ ނޫސްވެރިންގެ މައްޗަށް އުފުލިފައިވާ ދައުވާގެ ޝަރީއަތްތައް އަންނަނީ މިއަހަރު ޖެނުއަރީގެ މަހުން ފެށިގެން ބާއްވަމުންނެވެ. އެ މީހުންނާ ދެކޮޅަށް އުފުލިފައިވާ ދައުވާ ސާބިތު ވެއްޖެނަމަ، ސިއްރުތަކާއި ބެހޭ ގާނޫނުގެ ދަށުން އެ މީހުންނަށް ގިނަ ވެގެން 14 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ރޮއިޓާސްއަށް ފޯނުން މައުލޫމާތު ދެމުން މިޔަންމާ ސަރުކާރުގެ ތަރުޖަމާން ބުނީ އެ ގައުމުގެ ކޯޓު ތަކަކީ މިނިވަން ތަނެއް ކަމަށާއި މި މައްސަލަ ކުރިއަށް ދާނީ ގާނޫނުގެ އިމުގެ ތެރެއިން ކަމަށެވެ. އަދި އެ ދެ ނޫސްވެރިންނާއި އެހެން ގައިދީން ތަފާތެއް ނުކުރާނެ ކަމަށާއި އެ މީހުންގެ ހުރިހާ ހައްގުތަކެއް ވެސް ވަނީ ރައްކާތެރި ކުރެވިގެން ކަމަށެވެ.

އެ ގައުމުގެ ލީޑަރު ސޫކI ވެސް ބުނީ އެމީހުން ކުށްވެރިވާ ކަމަށް ސަރުކާރުން ކަޑަ ނާޅާނެ ކަމަށާއި އެކަން ކުރާނީ ކޯޓުން ކަމަށެވެ.

އެ ދެ ޖާނަލިސްޓުން ހައްޔަރު ކުރެވުނު އިރު އެމީހުން ދިޔައީ މިޔަންމާގެ ސަރުކާރުން ރަކިނީ ސްޓޭޓުގައި ދިރިއުޅޭ ރޮހިންޖާ ދަރިކޮޅުން އެއްވެސް ހައްގަކާ ނުލާ މަރާލި އެތަކެއް ހާސް މުސްލިމުންގެ ތެރެއިން އެންމެ 10 މީހުންގެ މަރު ތަހްގީގު ކުރަމުންނެވެ. މިޔަންމާއިން މުސްލިމުން ނައްތާލަން ދިން ހަމަލާތަކުގެ ސަބަބުން 700،000 މީހުން ވަނީ ސަލާމަތްކަން ހޯދުމަށް އަވަށްޓެރި ބަންގްލަދޭޝްއަށް ގޮސްފައެވެ.

ނޫސްވެރިން ބުނާ ގޮތުގައި އެ މީހުން ހައްޔަރު ކޮށްފައިވަނީ 2 ފުލުހެއްގެ ދައުވަތު ގަބޫލުކޮށް ރެސްޓޯރެންޓެއްގައި އެމީހުންނާ ބައްދަލު ކުރަން ތިއްބައެވެ. އަދި ހައްޔަރު ކުރުމުގެ ހަމަ ކުޑަ އިރުކޮޅެއް ކުރިން އޮޅާފައި ހުރި ގަޑުތަކެއް އަތަށް ދިން ކަމަށް ނޫސްވެރިން ބުނެއެވެ.

ނޫސްވެރިކަމުގެ ހައްގުގައި ދުނިޔޭގައި ވަކާލާތު ކުރާ ފަރާތް ތަކުންނާއި ހިއުމަން ރައިޓްސް ހައްގު ހޯދައިދިނުމަށް އަޑު ނަގާ ފަރާތް ތަކުން ދަނީ އެ ޖާނަލިސްޓުން މިނިވަން ކުރުމަށް ގޮވާލާފައެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެތަކެއް ގައުމުތައްވެސް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް