22 ޖެނުއަރީ 2019 | އަންގާރަ | 04 ހުވަން
16 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:22
އިރުއަރާ 06:18
ފަތިސް 05:03

ސަލާމަތީ މަޖިލީހުގެ ވޯޓް

ހިތުން ބްރޯ، އަސްލު ޒީރޯ!

  • މި ގޮނޑި ރާއްޖެއަަށް ނުލިބުމުން ޝައިނީ އިސްތިއުފާ ދެއްވުމަށް ގިނަ ބަޔަކު ގޮވާލި
އާމިނަތު ނުޒުހާ | nuzu8121

| 12 ޖޫން 2018 | އަންގާރަ 20:42 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
  3. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
  4. ހިޔާ މަޝްރޫއު: ޕްލޭނެއް ނެތި ކުރިއަށް؟!
  5. ތިލަފުށި އަދި ގުޅިފަޅު ހިންގަން އުފެއްދި ކުންފުނީގައި ސިއްސައިގެންދާވަރުގެ ކޮރަޕްޝަން!
  6. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  7. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި
  8. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު


މިނިސްޓަރު ޝައިނީ ވޯޓް ހިނގަމުން ދިޔަ ވަގުތު ފޮޓޯ ނަންގަވަނީ- ފޮޓޯ ނެގުން އަސްލު މަނާ -- ޓްވިޓަރ

ދިވެހިރާއްޖެ އިން އދ. ގެ ސަލާމަތީ މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް ކުރިމަތިލާން ނިންމި ހިސާބުން ފެށިގެން އެންމެ ބޮޑަށް އެ ގޮނޑި ރާއްޖެއަށް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރެއްވި ކަމަށް އަޑު އެރުވި އެއް ބޭފުޅަކީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއެވެ. އަދި އެ ގޮނޑި ކާމިޔާބު ކުރެވޭނެ ކަމަަށް ކެމްޕެއިން ދަތުރުތައް ކުރައްވާ އެންމެ އިސްކޮށް އުޅުއްވީ ވެސް ހަމަ ޑރ. ޝައިނީއެވެ. ސަރުކާރުން އެ ކެމްޕެއިނަށް މިލިއަނުން ޚަރަދު ކުރިއެވެ. އެކި އެކި ގައުމުތަކުގެ މަތީ ފަންތީގެ ބޭފުޅުން ގެނެސް ލަގްޒަރީ ރިސޯޓްތަކުގައި ބައްދަލުވުންތައް ބާއްވާ ހެއްދެވިއެވެ. އެކަންކަމުގައި ވެސް އިސްކޮށް އުޅުއްވީ ހަމަ ޝައިނީއެވެ.

ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުގެ ކުރީކޮޅު ސަރުކާރަށް ފަތިއަޑު ކިޔާފައި ބޭރު ގައުމުތަކުން އެކި ކަހަލަ ޕްރޮޖެކްޓްތައް އަންނާނެ ވާހަކަ އާއި، އެސްއީޒެޑް ފަދަ މުހިއްމު ޕްލޭންތަކުގެ ވާހަކަ އަޑު އިވިގެން ދިޔައީ އޭރު ޓޫރިޒަމް މިނިސްޓަރު ކަމުގައި އަދީބު ހުންނެވި ދުވަސްވަރުއެވެ. އޭރު އަހުމަދު އަދީބަކީ ސަރުކާރުގެ އެންމެ މަތީ ފަންތިން ފެށިގެން ގޮސް ކޯޑިނޭޓަރުންނާއި ޒުވާނުންގެ ފޭވަރިޓެވެ. ޚުދު މިނިސްޓަރު ޝައިނީ ވެސް އުޅުއްވީ "ބްރޯ" ގެ ކަނާއަތްޕުޅުގައި ހިއްޕަވައިގެންނެވެ. އޭރު ސަރުކާރުގެ މުހިއްމު އެތައް ކަމެއް އަދީބުގެ އިސް ނެންގެވުމާ އެކު ކުރައްވަމުން ގެންދެވީ ވަރަށް ކާމިޔާބު ކަމާ އެކުގައެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއް ޕްރޮޖެކްޓަކީ ބްރިޖްގެ ބޮޑު މަޝްރޫއެވެ. ރައީސް 500 ޕަސެންޓްގެ "ބޮޑު ފުޅާ" އިތުބާރާ އެކު "ބްރޯ" ހުރީ ކުރިބޯށީގައެވެ. އެއީ ޒުވާނުންނާއި، ޕީޕީއެމްގެ ޕީޖީ މެންބަރުންނާއި މިނިސްޓަރުންގެ ވެސް "ބްރޯ" އެވެ.

"ބްރޯ" ގެ އަރިހުން ދަރިވަރުވި އެއް ބޭފުޅަކީ މިނިސްޓަރު ޝައިނީ ކަމަށް ގިނަ ބަޔަކު އޭރު ދިޔައީ ބުނަމުންނެވެ. އަދި ބްރޯއާ އެކު ބުރައިގެން ދާނެ އެއް ބޭފުޅަކީ ވެސް ޝައިނީ ކަމަށް އޭރު މީހުން ކިޔާތީ އަޑު އެހީމެވެ.

ކޮންމެއަކަސް ބްރޯގެ ވާހަކަ ދެން ބާއްވާށެވެ. މި ސަރުކާރުން ބޭރުގެ ގައުމުތަކާ އެކު މާ ބޮޑު ގުޅުންތަކެއް މިހާރު ނެތް ނަމަވެސް މި ގައުމަށް އަންނަ ބޭރުގެ އެކި މަންދޫބުންނާ ބައްދަލުކޮށް ހައްދަވާތީ އުޅުއްވާތަން ފެންނަނީ ފިޝަރީޒް މިނިސްޓަރު ޝައިނީއެވެ. އަދި ނަތިޖާއެއް ނުނެރެވުނަސް މުޅިން ވެސް ފެނިގެންދަނީ ގަދަބަސް ވިދާޅުވާތަނެވެ.

އެގޮތުން މި ފަހަރުގެ ސަލާމަތީ މަޖިލީހުގެ ގޮނޑީގެ ކަންތަކުގައި ވެސް މީގެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން ޝައިނީ ގެންދެވީ އެ ގޮނޑި ހޯއްދަވާނެ ކަމަށް ވިދާޅުވަމުންނެވެ. އޭރު ވާހަކަ ހުރި ގޮތުން ހީވީ އެ ގޮނޑި ހުރީ ރާއްޖެއަށް ލިބި ނިމިފައި ކަމަށެވެ.

ނަމަވެސް ހުކުރު ދުވަހު ސަލާމަތީ މަޖިލީހުގައި ނެގުނު ވޯޓާ އެކު، ޝައިނީގެ މަސައްކަތަށް ރާއްޖޭގެ ރައްޔިތުން ދިނީ "ޒީރޯ" އެވެ. ލަދުން ބޯ ހިތްލާ ނުލެވޭ ވަރުގެ ދަށް ނަތީޖާއަކާ އެކު އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ރާއްޖެ ކެޓީއެވެ. ވޯޓްލީ މަޖިލީހުގައި ޑރ. ޝައިނީ ވެސް އިންނެވިއެވެ.

ހުކުރު ދުވަހު ބޭއްވި އދ. ގެ އާންމު މަޖިލީހުގެ 93 ވަނަ ޕްލެނަރީ ބައްދަލުވުމުގައި ނެގި އެ ވޯޓުގައި ރާއްޖެއާ ވާދަކުރީ އިންޑޮނޭޝިއާ އިން ކަމަށްވާއިރު ރާއްޖެއަށް ލިބިފައި ވަނީ މެމްބަރު 193 ގައުމުގެ ތެރެއިން އެންމެ 46 ވޯޓެވެ. ލަދުން ބޯ ހަލާކެވެ. މި ގޮނޑި ހޯދުމަށް ޝައިނީމެން ނުކުރަނީ ކޮން ކަމެއް ތޯއެވެ. ރާއްޖެއިން ވަނީ އެ ގޮނޑި ހޯދުމަށް ބޮޑު ދިގު ކެމްޕެއިނެއް ކޮށްފައެވެ. ޝައިނީ ވެސް ހިމެނޭ ގޮތުން ސަރުކާރުގެ ވަޒީރުން އެކި ގައުމުތަކަށް ޒިޔާރާތްކޮށް ވަނީ ރާއްޖެއާ އެއްކޮޅަށް ވޯޓް ދިނުމަށް ގޮވާލާ މަސައްކަތްކޮށްފައެވެ. ހަމަ އެހެންމެ ދިވެހި ސަރުކާރުން ވަނީ ވޯޓާ ގާތްކޮށް އެފްރިކާގެ ބައެއް ޤައުމުތަކާއި ސިޔާސީ ގުޅުން ވެސް ޤާއިމްކޮށްފައެވެ. މީގެ އިތުރުން ސަލާމަތީ މަޖިލީހުގެ ގޮނޑީގެ ކެމްޕޭނަށް ރާއްޖެ އިން ގޮތް ނޭނގޭ ފަސް ލައްކަ އެމެރިކާ ޑޮލަރު ޚަރަދުކުރި ކަމަށް އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ޑިޕްލޮމެޓުން ތުހުމަތުކުރެއެވެ.

ކޮންމެއަކަސް މި ވީ ބޮޑު ބައްޔާ އެކު ޝައިނީގެ އޮފުކަން ކެނޑިއްޖެއެވެ. ސަރުކާރުން އޮތީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. އާއްމުންނާއި އިދިކޮޅުން ދިޔައީ ހެސް ކިޔާފައި ޝައިނީއަށް ބަވަމުންނެވެ. މުޅި ޓްވިޓާރ ދިޔައީ ފްލަޑް ވެގެންނެވެ.

ވޯޓްލަމުން ދިޔަ ވަގުތު މިނިސްޓަރ ޝައިނީ ނެންގެވި ފޮޓޯއާ އެކު ފާޑުކިއުންތައް އޮހިގަތެވެ. ނުވިތާކަށް ވޯޓްލަމުން ދާއިރު، އެ ހޯލްގެ ތެރޭގައި ފޮޓޯ ނެގުން އޮތީ މަނާކޮށްފައެވެ. އެކަން މިނިސްޓަރު ޝައިނީއަށް އެނގި ނުލެއްވީ ތޯއްޗެކެވެ. ރިޔާސަތުން ގޮވަމުން ދިޔައީ ވޯޓްނެގުން ހިނގަމުންދާ ވަގުތު ފޮޓޯ ނުނެންގެވުމަށެވެ. އެކަމާ ހުރެ ވެސް އެތައް ބައެއްގެ ފާޑުކިއުން ޑރ. ޝައިނީއަށް އަމާޒުވިއެވެ.

ރާއްޖެއަށް މި ގޮނޑި ގެއްލުނީ ޑރ. ޝައިނީގެ ސަބަބުން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚްލޫފް ވިދާޅުވީ، ސެކިއުރިޓީ ކައުންސިލަކީ މަސްވެރިކަމާ ގުޅުން ހުރި ތަނެއް ކަމަށް ހީކޮށް ސަރުކާރުން ކެމްޕެއިން ހަވާލުކުރީ ފިޝަރީސް މިނިސްޓަރަށް ކަމަށެވެ. އޭނާ ވިދާޅުވީ، ދިވެހި ދައުލަތުން އެތައް މިލިއަން ޑޮލަރު ޚަރަދުކޮށްގެން ދުނިޔޭގެ އެކި ގައުމުތަކަށް ބިޒްނަސް ކުލާހުގައި ދަތުރުކޮށް ހަދައި، އެލިބުނު ދަށް ނަތީޖާގެ ޒިންމާ ނަގަން ޖެހޭނީ ސީދާ މިނިސްޓަރު ޝައިނީ ކަމަށެވެ. އަދި އޭނާ މަގާމުން އިސްތިއުފާ ދިނުމަށް ވެސް ގިނަ ފަރާތްތަކަކުން ދިޔައީ ގޮވާލަމުންނެވެ.

 


 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

މަހްމޫދް

7 މަސް ކުރިން

ސަރުކާރުގެބޮޑުންނަކީލަދުހަޔާތް ހުރި ބައެއްނޫން. ވީމާ ކިތަންމެބޮޑު ގޯހެއް ހެދިއަސް އިސްތިއުފާއެއްނުދޭނެ.

2
0