17 ޖެނުއަރީ 2019 | ބުރާސްފަތި | 12 އުތުރަހަޅަ
11 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:01

އުރީދޫ

ވަރަށް ތަފާތު އޮފަރތަކާ އެކު، 'އުރީދޫ ވޯލްޑް ކަޕް ފޯރި' ކެމްޕޭން ފަށައިފި

  • ފީފާ ވޯލްޑް ކަޕް ފެންޓަސީގައި ބައިވެރިވެގެން 1 ވަނަ ހޯދާ ފަރާތަކަށް އައިފޯން x އެއް
ސިމާހާ ނަސީމް | sim_kamana

| 12 ޖޫން 2018 | އަންގާރަ 19:35 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  7. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


އުރީދޫ ވޯލްޑް ކަޕް ފޯރި ކެމްޕެއިން ލޯންޗު ކުރުމުގެ ތެރެއިން -- އުރީދޫ

ރަޝިއާގައި ބާއްވާ ވޯލްޑް ކަޕް 2018 ރާއްޖެއަށް އެންމެ ފުރިހަމަ ގޮތުގައި ތަޖުރިބާ ކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، 'އުރީދޫ ވޯލްޑް ކަޕް ފޯރި' ކެމްޕޭން ލޯންޗު ކޮށްފިއެވެ.

ފީފާ ވޯލްޑް ކަޕް 2018 ރަޝިއާ އަށް އުރީދޫ އިން ދޭ އޮފަރތަކުގެ ތެރޭގައި ހިމެނެނީ:

ވޯލްޑް ކަޕް ލައިވް ސްޓްރީމިންގ:

ޕީއެސްއެމްގެ ފީފާ ވޯލްޑް ކަޕް 2018 ރަޝިޔާ ގެ ޕްރެޒެންޓިންގ ޕާޓްނަރގެ ގޮތުން، ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް ސްމާރޓްފޯނު މެދުވެރިކޮށް ވޯލްޑް ކަޕް ސްޓްރީމްކޮށްގެން ބެލުމުގެ ފަސޭހަކަން ފޯރުކޮށްދޭ ޕެކޭޖެއް އުރީދޫއިން ވަނީ ތައާރަފްކޮށްފައެވެ. އަދި 195ރ. އަށް ލިބޭ މި ޕެކޭޖް މެދުވެރިކޮށް، އިތުރު އެއްވެސް ޗާޖަކާ ނުލައި މުޅި ވޯލްޑް ކަޕް ބަލާލެވޭނެއެވެ. ވޯލްޑް ކަޕް ފެށޭ ދުވަސް ކަމަށްވާ 14 ޖޫން 2018 އިން ފެށިގެން މި ޚިދުމަތަށް ސަބްސްކްރައިބް ކުރެވޭނެއެވެ.

ފީފާ ވޯލްޑް ކަޕް ފެންޓަސީ:

ފީފާ ވޯލްޑް ކަޕް ފެންޓަސީގައި އުރީދޫ ލީގްގައި ބައިވެރިވެގެން 1 ވަނަ ހޯދާ ފަރާތަކަށް އައިފޯން x އެއް ލިބިގެންދާނެއެވެ. މި ލީގްގައި ބައިވެރިވުމަށް ބޭނުންކުރަން ޖެހޭ ކޯޑަކީ YOB4GGV3 އެވެ.

ސ މޮޅުވާނީ ކާކު؟:

ޓްވިޓާގައި ކުރިއަށްގެންދާ މި މުބާރާތުގައި، ކޮންމެ މެޗަކުން ވެސް މޮޅުވާ ޓީމު ދިމާކޮށްގެން، ނަސީބުވެރި ފަރާތަކަށް 5 ޖީބީގެ ޑޭޓާ ލިބޭނެއެވެ.

ދެން ވާނީ ކިހިނެއް:

ޕީއެސްއެމްއާ ގުޅިގެން ހިންގާ މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން، ވީޑިއޯގައި ދެންވާ ގޮތް ދިމާކޮށްގެން އަގުހުރި އިނާމްތައް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ވޯލްޑް ކަޕް ދައްކާ ކެފޭތަކާ އެކު ވެވޭ ޕާރޓްނަޝިޕްތައް

ފުޓުބޯޅައިގެ މި އީދުގެ ތަޖުރިބާ ވީހާ ވެސް ގިނަ ބަޔަކަށް ގެނެސްދިނުމުގެ ގޮތުން، އުރީދޫ އިން ވަނީ ކެފޭތަކާއި ރެސްޓޯރަންޓްތަކާއި ޕާޓްނަރވެފައެވެ.

 ވޯލްޑް ކަޕް ވޯލް ޗާރޓް

އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތަކުން ވޯލްޑް ކަޕްގެ މެޗުތަކުގެ މައުލޫމާތު ހިމެނޭ ވޯލް ޗާޓްތައް، މުބާރާތުގެ ތެރޭގައި ދޫކުރަމުން ދާނެއެވެ.

ފޭސްބުކް ޕްރޮފައިލް ފްރޭމް

ވޯލްޑް ކަޕާ ގުޅުވައިގެން އުރީދޫ އިން ވަނީ ފޭސްބުކްގައި ޕްރޮފައިލް ޕިކްޗަރ ފްރޭމްތަކެއް ލޯންޗްކޮށްފައެވެ. މި ފްރޭމްތައް މެދުވެރިކޮށް، ސަޕޯޓަރުން ޓީމްތަކަށް ދޭ ތަރުހީބު ވަރަށް ތަފާތު ގޮތަކަށް ދައްކުވައިދޭނެއެވެ.

"ފުޓުބޯޅައަކީ ދިވެހިންގެ ހިތްތަކުން ހާއްސަ ޖާގައެއް ހޯދާފައިވާ، މުޖުތަމައުގެ އެންމެން އެއްބައިވަންތަ ކޮށްދޭ ކުޅިވަރެއް. އަހަރުގެ އެންމެ ބޮޑު ފުޓުބޯޅަ އިވެންޓަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު، ރާއްޖެއަށް އެންމެ ފުރިހަމަ ގޮތުގައި ވޯލްޑް ކަޕްގެ ތަޖުރިބާކުރުމުގެ ފުރުސަތު ހޯދައިދިނުމަށް އަޅުގަނޑުމެން ނުހަނު އިސްކަމެއްދެން. އުރީދޫ ވޯލްޑް ކަޕް ފޯރި ކެމްޕެއިންގެ ދަށުން، ކަސްޓަމަރުން ކޮންމެ ތާކު ތިބެގެން ވެސް ވޯލްޑް ކަޕް ބަލާލަން ލިބި، މި މުބާރާތާ ގުޅޭ ތަފާތު އެކި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބި، ފުޓުބޯޅައިގެ މި އީދަށް ރާއްޖޭގައި އޮތް ފޯރިއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ،" އުރީދޫގެ ސީއީއޯ ނަޖީބު ޙާން ވިދާޅުވިއެވެ.

ވަރަށް ތަފާތު ކަންކަން ގެނެސްދީ، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް އުރީދޫ އިން މަސައްކަތް ކުރަމުންދާނެ ކަމަށް އުރީދޫ އިން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް