22 އޭޕުރިލް 2019 | ހޯމަ | 02 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ސޮވެރިން ބޮންޑު ނެގުން

ސޮވެރިން ބޮންޑް އިތުރުވެ، ދަރަނި އިންތިހާއަށް!

 • ނޮވެމްބަރު މަހުގެ ނިއަލަށް ދައުލަތުގެ ބޮންޑާއި ޓީ ބިލް އުޅެނީ 22.9 ބިލިއަން ރުފިޔާގަ
 • ރާއްޖޭގެ ޑެފިސިޓް 2006 ވަނަ އަހަރުން ފެށިގެން ސަރޕްލަސް އަށް އަރާފައެއް ނުވޭ
 • މިދިއަ އަހަރުގެ ނިއަލަށް ޖުމްލަ ދަރަނި 36،925 މިލިއަން ރުފިޔާގަ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 15 ޖެނުއަރީ 2017 | އާދީއްތަ 17:40 | |

މަގުބޫލް

 1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
 2. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
 3. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
 4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
 5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
 6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
 7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
 8. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް


ރާއްޖޭގެ ރިސޯޓެއް: ރާއްޖެ ސިޔާދަތުގެ ދަރަނިވެރިކަމަށް ދިއުމުގެ ބުރި އެބައޮތް ކަމަށް ތަޖުރިބާކާރުން ވިދާޅުވޭ -- ގޫގުލް

ސޮވެރިން ބޮންޑަކީ ދައުލަތަކަށް ދަތިވާ ދަނޑިވަޅެއްގައި ނުވަތަ ފައިސާ ބޭނުންވާ ހާލަތްތަކުގައި ބައިނަލްއަގްވާމީ މުޖުތަމައުގެ އިންވެސްޓަރުން ނުވަތަ ބޭރުގެ އެހެންވެސް ފަރާތެއްގެ އަތުން ފައިސާ ގަތުމެވެ. މިއީ ދުނިޔޭގެ ތަހުޒީބު މުޖުތަމައުތަކުގައި ވެސް ކޮށް އުޅޭ މުއާމަލާތެކެވެ. މިފަދަ ބޮންޑަކީ ލޯނެއް ނަމަވެސް މިފަދަ ލޯންތަކަކީ ވަކި އުސޫލުތަކާއި ކަނޑައެޅިފައިވާ ވަކި ޝަރުތުތަކާ އެކު އަނބުރާ ދައްކާ ގޮތަށް ދެފަރާތުންވާ އެއްބަސްވުމެކެވެ. މީގެ އިތުރުން މިފަދަ ބޮންޑްތަކުގައި އާއްމުކޮށް ނަގާ ލޯނަށް ވުރެ ފައިސާ އަނބުރާ ދައްކަންޖެހޭ މުއްދަތު ކުރުވެ، އާއްމުކޮށް ނަގާ ލޯނަށްވުރެ އިންޓްރެސްޓް ރޭޓްވެސް ދަށްވާނެ އެވެ.

ރާއްޖެއަކީވެސް އާއްމުކޮށް ބޮންޑް ގަނެ ވިއްކާ ގައުމަކަށްވާ އިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހު ހަފްތާގައި އެންމެންގެ ސަމާލުކަން އަނެއްކާވެސް ހުއްޓުނީ ސަރުކާރުން 200 މިލިއަން ޑޮލަރު ނުވަތަ 3.1 ބިލިއަން ރުފިޔާގެ ބޮންޑު ގަންނާނެ ބަޔަކު ހޯދުމަށް އިއުލާނު ކުރި ކުރުމަށެވެ. ބޮންޑަކީ އެހެން ގައުމުތަކުންވެސް ނަގާ އެއްޗަކަށްވާއިރު ރާއްޖޭގައި ބޮންޑު ނެގުމުން ރައްޔިތުން އެހާ ކަންބޮޑުވާން ޖެހެނީ ކީއްވެގެންތޯ ބަލާލަންޖެހެ އެވެ.

ރާއްޖޭގެ ދަރަނީގެ މިންވަރު ފާއިތުވެދިޔަ ތިން އަހަރުގެ ތެރޭގައި ވަނީ ވަރަށް ބޮޑުތަން މައްޗަށް ގޮސްފަ އެވެ. އެގޮތުން، 2014  ވަނަ އަހަރުގެ ބަޖެޓް ޑެފިސިޓް 1.3 ބިލިއަން ރުފިޔާގައި ހުރި އިރު 2016 ވަނަ ނިމުނު އިރު ބަޖެޓް ޑެފިސިޓް އުޅެނީ 4.3 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ. މީގެ އިތުރުން ދައުލަތުން މިދިޔަ އަހަރުގެ ނިޔަލަށް ޖުމްލަ ދަރަނި 36.9 ބިލިއަން ރުފިޔާގައި ހުރި އިރު މި އަދަދު 2017 ވަނަ އަހަރު 41.6 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މީގެ އިތުރުން 2016 ވަނަ އަހަރު އެކަނި ސަރުކާރުން ނަގާފައިވާ ލޯންތަކަށް ބަލާ އިރު ބައިނަލްއަގްވާމީ އިދާރާތަކުން އެކަނިވެސް 300 މިލިއަން ޑޮލަރަށް ވުރެ ގިނަ ލޯން ވަނީ ނަގާފަ އެވެ. އެގޮތުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓުން 100 މިލިއަން ޑިލަރާ، ޗައިނާ އެގްޒިމް ބޭންކުން 67 މިލިއަން ޑޮލަރުގެ އިތުރުން އޯފިޑުން 50 މިލިއަން ރުފިޔާ ވަނީ ނަގާފަ އެވެ. މި ލޯންތައް ނަގާފައިވަނީ ސަރުކާރުން ހިންގާ އެންމެ ބޮޑެތި މަޝްރޫއުތައް ކަމަށްވާ އެއާޕޯޓް ތަރައްގީ ކުރުމާއި ބްރިޖްގެ މަޝްރޫއު ފަދަ މަޝްރޫއު ތަކަށެވެ. ރާއްޖޭގެ ދަރަނީގެ އަދަދު އަހަރުން އަހަރަށް އިންތިހާއަށް ބޮޑުވަމުންދާ އިރު ކޮންމެ އަހަރަކު ބޭރުގެ މާލީ އިދާރާތަކުން ނަގާ ލޯންތަކުން މިދަރަނި ދާނީ ބޮޑުވަމުންނެވެ.

ރާއްޖޭގެ ޑެފިސިޓް 2006 ވަނަ އަހަރުން ފެށިގެން އަރަނިވެފައެއް ނެތެވެ. މި ފާއިތުވެދިޔަ ތިން އަހަރު ފާހަގަކުރެވިގެންދަނީ ދަރަނި އިންތިހާ ދަރަޖައަށް އިތުރުވަމުން އަންނަ މަންޒަރެވެ.

ދައުލަތުގެ މާލީ އިދާރާ އެމްއެމްއޭ އިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ނޮވެމްބަރު މަހުގެ ނިޔަލަށް ދައުލަތުގެ ބޮންޑާއި ޓީބިލް އުޅެނީ 22.9 ބިލިއަން ރުފިޔާގަ އެވެ. މިއީ އަހަރުން އަހަރުން ބަލާ އިރު 15 ފަސެންޓްގެ އިތުރުވުމެކެވެ.

މިފަދަ ބޮޑެތި ދަރަނިތަކެއް ދައުލަތުގައި ހުރި އިރު ސޮވެރިން ބޮންޑެއްގެ ސަބަބުން ލިބޭނެ ގެއްލުންތައް ހަމަގައިމުވެސް އިތުރުވެެގެންދާނެ އެެވެ.

އެގޮތުން ރާއްޖޭގެ އެކްސްޗޭންޖް ރޭޓެއް އޭގެ ނޭދެވޭ އަސަރު ކުރުމުގެ އިތުރުން ޚިދުމަތުގެ އަގުތަކަށްވެސް އޭގެ ނުރަނގަޅު އަސަރު ކޮށްފާނެ ކަމުގެ ބިރު އެބަ އޮތެވެ. މިއީ ރާއްޖޭފަދަ ތަރައްގީ ވަމުން އަންނަ ގައުމަކަށް ތަހައްމަލު ކުރަން އުދަނގޫ އަސަރު ތަކަކަށް ވެދާނެ އެވެ.

ދައުލަތުން ލިބޭ އާމްދަނީ އާއި ނުބައްދަލު ހަރަދުތައް ކުރުމުގެ އިތުރުން މިއަދު ދައުލަތުން މިގެންގުޅޭ ސިޔާސަތީ ދައުލަތުގެ ހަރަދުތައް މެނޭޖްކުރުމަށް ލޯން ނެގުމުގެ ސިޔާސަތެވެ. އެހެން ކަމުން އަނެއްކާވެސް 200 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑެއް ދޫކުރަކީ ސަރުކާރުގެ ދަރަންޏަށް އަދި ޑެފިސިޓަށް ލިބޭ ބުރަހެލިކަމެކެވެ. ސަރުކާރުން އަރަނި ބަޖެޓަކަށް އަމާޒު ހިފާފައިވާ އިރު އިތުރަށް ބޮންޑު ނުވަތަ ލޯން ނެގުމުން ކުރިއަށް އޮތް އަހަރުތަކަށް އަދި މުސްތަގްބަލުގައި ސަރުކާރާ ހަވާލުވާ ފަރާތްތަކަށްވެސް ސަރުކާރުން ހިންގުމަށް ލިބޭނީ އިތުރު އުނދަގޫތަކެވެ.

ހަގީގަތުގައި މިއަދުގެ ސަރުކާރުން މިހާރަށްވުރެ ރަނގަޅަށް ސަރުކާރުގެ ހަރަދުތައް ބެލެހެއްޓުމާ ފައިސާ ހަރަދު ކުރާގޮތް ދެމެހެއްޓެނިވި އުސޫލުތަކެއްގައި ގެންގުޅެން ޖެހެ އެވެ. ވޯލްޑް ބޭންކާއި އިންޓަރނޭޝަނަލް މޮނިޓަރީ ފަންޑުން ކަނޑައަޅާފައިވާ ދަރަނި ހުންނަޖެހޭ މިންގަނޑަށްވުރެ ރާއްޖޭގައި ދަރަނި ބޮޑުވެ، އެކަމަށް ސަމާލުވުމަށް އެ އިދާރާތަކުން އަންގާފައިވަނީ ރާއްޖެފަދަ ކުރިއަރަމުން އަންނަ ގައުމެއް އިންތިސާދީ ފުން ވަޅުގަނޑަކަށް ވެއްޓިދާނެ ކަމުގެ ބިރަށްޓަކަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް