22 ޖޫން 2018 | ހުކުރު | 06 އަދަ
އިމްސާކް 04:15
08 ޝައްވާލް 1439
އިޝާ 19:39
މަޣްރިބް 18:21
އަސްރު 15:36
މެންދުރު 12:12
އިރުއަރާ 05:55
ފަތިސް 04:37

އުތުރު ކޮރެއާ - އެމެރިކާ

އުތުރު ކޮރެއާ އިން ބައިނަލްއަގްވާމީ ދުނިޔޭގެ އެދުންތަކަށް އިޖާބާ ދިފާނެތަ؟

  • އަންގާރަ ދުވަހުގެ ބައްދަލުވުމަކީ އެމެރިކާގެ ރައީސަކު ދައުރުގެ ތެރެއިން އުތުރު ކޮރެއާގެ ލީޑަރާއި ބައްދަލުކުރެއްވި ފުރަތަމަ ބައްދަލުވުން
  • 12 ޖޫންގެ ބައްދަލުވުން ރައީސް ޓްރަމްޕް ކެންސަލް ވެސް ކުރެއްވި، އެހެން ނަމަވެސް ފަހުން އަނެއްކާ ވެސް ބައްދަލުވުން ޝެޑިއުލް ކުރެވުނު
  • ބައިނަލްއަގްވާމީ ދުނިޔެއިން ގޮވާލަމުން ދަނީ އުތުުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށް
އަހުމަދު އަނޫޝު | IamAhmedAnoosh

| 12 ޖޫން 2018 | އަންގާރަ 16:35 | |

މަގުބޫލް

  1. ޔޫރަޕުގެ ފިނިން ރައީސް އޮފީހުގެ ފިނި ކޮޓަރިއަށް؟
  2. ސަޢީދު: އެންމެ ބޭކާރު ވަޒީރު
  3. އެމްޑީޕީއާ އެކު ތިބި ބަޔަކު ގޮވައިގެން އިންތިހާބު ކާމިޔާބު ކުރާނަން، ޖޭޕީ ވަކިވުމަކީ މައްސަލައެއް ނޫން: އެމްޑީޕީ
  4. މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
  5. ވިންޓަރ ޕާކަށް ވަންނަ މީހުންގެ އަތުން ފީއެއް ނަގާގޮތަށް ހަމަޖައްސައިފި
  6. ޓްވިޓަރ ބޭނުންކުރުމުގެ އުޞޫލުތަކާއި ދިވެހި ފުލުހުން ޚިލާފުވެއްޖެ
  7. މެސީއާ އެކީ ކުޅެން ޑިބާލާ ތައްޔާރު
  8. މަރުގެ އަދުބު ތަންފީޒުކުރަން އުމަރު މަސައްކަތްކުރެއްވީ އަދީބަށް މަރުގެ އަދަބު ދޭނެކަމަށް އުއްމީދުކުރައްވައިގެން: ނަޝްވާ


އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ބައްދަލުވެވަޑައިގަތް ތާރީޚީ ވަގުތުކޮޅު -- ވޯލް ސްޓްރީޓް ޖާނަލް

"އަލިފާނުގެ" ބަސްތައް ރައްދުކުރަމުންދާ ދެ ގައުމުން އެންމެ ފަހުން ސުލްހަ ވެއްޖެ ކަމަށް ހީވާން ފަށައިފިއެވެ. އެހެން ނަމަވެސް އަދި ކަންކަން ވެދާނެ ނުވަތަ ވާނެ ގޮތެއް ބަލަން ވަރަށް ދައްޗެވެ. މި ދައްކަނީ އެމެރިކާ އާއި އުތުރު ކޮރެއާގެ ވާހަކައެވެ. އެމެރިކާ އިން އުތުރު ކޮރެއާއާ މެދު ހިތްހަމަނުޖެހޭ މައިގަނޑު ސަބަބަކީ އުތުރު ކޮރެއާ އިން އެގައުމުގެ ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހިންގާތީ އާއި މިސައިލްތައް ޓެސްޓްތައް ކުރަމުންދާތީއެވެ.

ވަރަށް ބޮޑަށް ޑިޕްލޮމަސީ ކުރިއަށް ނެެރެ، ގިނަ މަސައްކަތްތަކެއް ކުރުމަށް ފަހު، އެމެރިކާ އާއި އުތުރު ކޮރެއާގެ ވެރިންގެ ބައްދަލުވުން ހަގީގަތަކަށް ވެއްޖެއެވެ. ސިންގަޕޫރުގައި ޖޫން 12 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ބައްދަލު ކުރައްވައިފިއެވެ. ސުލްހަވެރި ދުނިޔެއަކާ ދިމާލަށް އިންސާނުން އަޅާ ބިޔަ ފިޔަވަޅެއްގެ ގޮތުގައި ސިފަކުރެވިފައިވާ މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ސިންގަޕޫރުގެ ކަޕެލާ ހޮޓެލްގައެވެ. ޖޫން 12 ވީ އަންގާރަ ދުވަހު، ސިންގަޕޫރު ގަޑިން ހެނދުނު 9 ޖެހިއިރު ރައީސް ޓްރަމްޕް އާއި ކިމް ޖޮން އުން ވަނީ ކަޕެލާ ހޮޓެލްގައި ބައްދަލުކުރައްވައި، ސަލާން ކުރައްވާފައެވެ. އަދި އެ އަށް ފަހު ދެ ބޭފުޅުން ވަނީ ފޮޓޯއަކަށް ހުއްޓިވަޑައިގެންފައެވެ. އެމެރިކާގެ ރައީސަކު ދައުރުގެ ތެރެއިން އުތުރު ކޮރެއާގެ ލީޑަރާ ބައްދަލުކުރައްވައި ފުރަތަމަ ބައްދަލުވުން އަންގާރަ ދުވަހު ބޭއްވިގެން ދިޔައިރު، ދެގައުމުގެ ވެރިން ވަނީ މަޝްވަރާތައް ބާއްވަވާފައެވެ. 

މިހާރުން ދެން އުފެދެނީ އެންމެ ސުވާލެކެވެ. ދެ ގައުމުގެ ވެރިންގެ ބައްދަލުވުމުން ހާސިލުވީ ކޮންކަމެއްތޯއެވެ. އެންމެ ބޮޑު ކަމަކަށް ފާހަގަވެގެން ދިޔަ ކަމަކީ އެމެރިކާ އާއި އުތުރު ކޮރެއާގެ ވެރިން ހާއްސަ ޖޮއިންޓް އެއްބަސްވުމެއްގައި ސޮއި ކުރެއްވުމެވެ. އެ އެއްބަސްވުމާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ ދެ ގައުމުގެ ވެރިން ސޮއިކުރެއްވި އެއްބަސްވަމަކީ ވަރަށް "ރަނގަޅު އެއްބަސްވުމެއް ކަމަށެވެ." ދެގައުމުގެ ވެރިން ސޮއިކުރެއްވި މި އެއްބަސްވުމުގައި، ދެކޮރެއާ ސަރަހައްދު ނިއުކްލިއާ ހަތިޔާރުން ސަލާމަތް ކުރުމަށް އުތުރު ކޮރެއާގެ ލީޑަރު ވައުުުދުވެވަޑައިގެންފައި ވެއެވެ. އެ އެއްބަސްވުމުގައިވާ ގޮތުން އުތުރު ކޮރެއާގެ ސަލަމަތާއި ރައްކާތެރިކަން އެމެރިކާ އިން ކަށަވަރުކޮށްދޭނެއެވެ. އަދި އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރުގެ ހުރިހާ މަސައްކަތެއް ހުއްޓާލައި، މިހާރު ތައްޔާރުކޮށްފައި ހުރި ތަކެތި ނައްތާލުމަށް ވެސް އެއްބަސްވެފައިވެއެވެ. 

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ރައީސް ޓްރަމްޕް ދެއްވި ޕްރެސް ކޮންފަރެންސް އެއްގައި އެމަނިކުފާނު ވިދާޅުވީ ދެކުނު ކޮރެއާއާ ގުޅިގެން އެމެރިކާ އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީންތައް އެމެރިކާ އިން ހުއްޓާލާނެ ކަމަށާއި ދެކުނު ކޮރެއާ އާއި އެމެރިކާގެ އަސްކަރީ ތަމްރީންތަކަކީ ރުޅިއެރުވުމެއް ކަމަށެވެ. ރައީސް ޓްރަމްޕް ވިދާޅުވީ އުތުުރު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މިވަގުތައް ދެމި އޮންނާނެ ކަމަށެވެ. ދެ ކޮރެއާ އުފެދުނު ފަހުން ދެކުނު ކޮރެއާ ހިމާޔަތުގައި އެމެރިކާ އިން ގިނަ އަދަދެއްގެ ސިފައިން އެ ދެ ގައުމުގެ ސަރަހައްދީ ރޮނގުގައި ބައިތިއްބާއިރު، އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން ކޮންމެ އަހަރަކު ވެސް އަސްކަރީ ތަމްރީންތައް ބާއްވައެވެ. އުތުރު ކޮރެއާ އިން އަބަދުވެސް ބުނަމުން ދަނީ އެމެރިކާ އާއި ދެކުނު ކޮރެއާގެ އަސްކަރީ ތަމްރީންތަކަކީ އުތުރު ކޮރެއާ އަށް ހުރި ބިރެއް ކަމަށެވެ. 

ބައިނަލްއަގްވާމީ ދުނިޔެ އިން އުތުރު ކޮރެއާއަށް ތަކުރާރުކޮށް ގޮވާލަމުން ދަނީ އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށާއި މިސައިލްތައް ޓެސްޓްކުރުން ހުއްޓާލުމަށެވެ. ދުނިޔޭގެ ގޮވާލުންތަކަށް އުތުރު ކޮރެއާ އިން އިޖާބަ ނުދޭތީ އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް ބައިނަލްއަޤުވާމީ މުޖުތަމައު އިން ވަނީ އަޅާފައެވެ. އުތުރު ކޮރެއާގެ ލީޑަރާއި އެމެރިކާގެ ރައީސްގެ ބައްދަލުވުމަށް ހަގީގީ ސިފަ އައިސް އެ ބައްދަލުވުން، ހަގީގަތަކަށް ހެދުމަށްޓަކައި ޑިޕްލޮމަސީ ކުރިއަށް ނެރެ އެމެރިކާ އާއި އުތުރު ކޮރެއާގެ އޮފިޝަލުން ގެންދެވީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުންނެވެ. އަދި ބައްދަލުވުން ހަގީގަތަކަށް ހެއްދެވުމަށް ދެކުނު ކޮރެއާ އިން ވެސް ދިޔައީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުންނެވެ. ކޮންމެއަކަސް "އަލިފާނުގެ" ބަސްތައް ބަދަލު ކުރަމުން ދިޔަ އެމެރިކާ އާއި އުތުރު ކޮރެއާ އާއި އެމެރިކާގެ ވެރިން ބައްދަލު ކުރައްވައިފިއެވެ. ދެކޮރެއާ ސަރަހައްދު ނިއުކްލިއާ ހަތިޔާރުން ސަލާމަތް ކުރުމަށް އުތުރު ކޮރެއާގެ ލީޑަރު ވައުުުދުވެވަޑައިގެންފައިވެއެވެ. ސުވާލަކީ އުތުރު ކޮރެއާ އިން އެގައުމުގެ ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލައި މިސައިލްތައް ޓެސްޓް ކުރުން ހުއްޓާލަފާނެތޯއެވެ.؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް