12 ނޮވެންބަރު 2018 | ހޯމަ | 13 ވިހާ
04 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:13
މެންދުރު 11:54
އިރުއަރާ 05:50
ފަތިސް 04:36

އޮސްކާ އެވޯޑްސް

ނޮމިނޭޝަންތައް އޮންލައިންކޮށް އިޢުލާންކުރަނީ

  • އެވޯޑުތަކަށް ނޮމިނޭޓްވާ ފަރާތްތަކަށް ވޯޓުލުމުގެ ފުރުޞަތު ފެބްރުއަރީ 13 ގައި ހުޅުވާލަނީ
  • މިއަހަރުގެ އެވޯޑު ޙަފްލާގައި 24 ކެޓެގަރީއަކުން އެވޯޑުތައް ޙަވާލުކުރާނެ
  • އެކެޑެމީގެ ތަފާތު ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ނޮމިނޭޓްވީ ފަރާތްތައް ބަލާލެވޭނެ
އާލާ އިބުރާހިމް | aalu_aala

| 15 ޖެނުއަރީ 2017 | އާދީއްތަ 17:28 | |

މަގުބޫލް

  1. ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވެއްޖެ
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  4. އަދީބްގެ ހާލަތު ރަނގަޅެއް ނުވޭ، ޑޮކްޓަރުން ލަފާދެނީ ލޭޒަރ ޓްރީޓްމަންޓަށް
  5. ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް
  6. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  7. ސޯލާ ޕެނަލްތަކާއެކު އައްޑޫ ހައި ސްކޫލްގެ ކަރަންޓް ބިލް 7،000 ރުފިޔާއަށް ކުޑަވެއްޖެ!
  8. އާ ރަށުގައި ބިނާކުރި ގަނޑުވަރުގެ ފޮޓޯތަކެއް ޢާއްމު ކޮށްފި


އޮސްކާ އެވޯޑުގެ ތާރީޚުގައި މިހާތަނަށް ނޮމިނޭޝަންސް އިޢުލާންކޮށްފައި ވަނީ ލައިވް އޯޑިއަންސެއްގެ ކުރިމަތީގައި -- ގޫގުލް

އެކެޑެމީ އެވޯޑްސް ނުވަތަ އޮސްކާ އެވޯޑްތަކަށް މިއަހަރު ނޮމިނޭޓްވާ ފަރާތްތައް އޮންލައިންކޮށް އިޢުލާންކުރުމަށް ނިންމައިފިއެވެ. އެހެނިހެން އަހަރުތަކާ ޚިލާފަށް ބޮޑު އޯޑިއަންސެއްގެ މެދުގައި ލައިވްކޮށް އިޢުލާންކުރުމުގެ ބަދަލުގައި މިއަހަރު އޮންލައިންކޮށް އިޢުލާންކުރުމަށް ނިންމާފައިވަނީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ހާމަވެފައެއް ނެތެވެ.

އެކަޑެމީ އޮފް މޯޝަން ޕިކްޗަރ އާޓްސް އެންޑް ސައިންސަސް (އޭ.އެމް.ޕީ.އޭ.އެސް) އިން ބާއްވާ 89 ވަނަ އެކަޑެމީ އެވޯޑްސް ނުވަތަ އޮސްކާރ އެވޯޑުތަކަށް މިއަހަރު ނޮމިނޭޓްވާ ފަރާތްތައް އޮސްކާގެ ތާރީޚުގައި އިޢުލާން ކުރަމުން އައި އުޞޫލާ ޚިލާފަށް ލައިވް ބްލޮގެއްގައި އިޢުލާންކުރުމަށް ނިންމާފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

2016 ވަނަ އަހަރުގެ އެންމެ މޮޅު ފިލްމުތަކާއި އެއަހަރުގެ ތެރޭގައި ފެނިގެން ދިޔަ މަސައްކަތާއި ހުނަރުގެ އަގު ވަޒަންކުރުމުގެ ގޮތުން މިއަންނަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އޮސްކާ އެވޯޑްގައި، އެވޯޑުތަކަށް ވާދަކުރާ ފަރާތްތައް މޯޝަން ޕިކްޗަރސް އެކަޑެމީގެ ތަފާތު ޑިޖިޓަލް ޕްލެޓްފޯމުތަކުން ފެންނާނެއެވެ. އަދި އޮސްކާ ޑޮޓް ކޮމްއާއި އޮސްކާ ޑޮޓް އޯ.އާރް.ޖީ ފަދަ ވެބްސައިޓްތަކުން ލައިވްކޮށް ފެންނާނެއެވެ. މީގެއިތުރުން ސެޓެލައިޓް ފީޑެއް މެދުވެރިކޮށްނާއި، އޭބީސީއިން ގެނެސްދޭ "ގުޑް މޯނިންގ އެމެރިކާ" ގެ އިތުރުން ލޯކަލް ބްރޯޑްކާސްޓަރުން މެދުވެރިކޮށް އެވޯޑުތަކަށް ނޮމިނޭޓްވީ ފަރާތްތައް ބަލާލެވޭނެއެވެ.

މިއަހަރު 24 ކެޓެގަރީއަކުން އެވޯޑް ޙަވާލުކުރާއިރު، މި އެވޯޑުތަކަށް ނޮމިނޭޓްވި ފަރާތްތައް އިޢުލާން ކުރާނީ ޖެނިފަރ ހުޑްސަން، ބްރީ ލާރސަން، އެމަނުއެލް ލުބެޒްކި، ޖޭސަން ރެއިޓްމަންގެ އިތުރުން އެކެޑެމީގެ ރައީސް ޗެރިލް ބޫން އިސާކްސްއެވެ. މި ނޮމިނޭޝަންތައް އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.

މިއަހަރުގެ އެވޯޑް ޙަފްލާ ލޮސް އެންޖެލިސްގެ ހޮލީވުޑް ޑޮލްބީ ތިއޭޓަރުގައި ބޭއްވުމަށް ރާވާފައިވާއިރު، މި ޙަފްލާ ހޮސްޓު ކޮށް ދިނުމަށް ހަމަޖެހިފައިވަނީ މަޝްހޫރު ޓީވީ ހޮސްޓު ޖިމީ ކިމެލްއެވެ. އެޙަފްލާ އެމެރިކާގެ ޓީވީ ޗެނަލް އޭބީސީއިން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ އެވޯޑުތަކަށް ނޮމިނޭޓްވާ ފަރާތްތަކަށް ވޯޓުލުމުގެ ފުރުޞަތު އަންނަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ހުޅުވާލާނެއެވެ. އަދި ވޯޓުލުން ބަންދު ކުރާނީ ފެބްރުއަރީ 21ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް