26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:02
އިޝާ 19:13

ފިލްމްފެއާ އެވޯޑްސް 2017

އެންމެ މޮޅު ފިލްމަކަށް ޑަންގަލް

  • އެންމެ ގިނަ އެވޯޑު ލިބުނީ ހަތް އެވޯޑާއެކު "ނީރްޖާ" އަދި "ކަޕޫރު އެންޑް ސަންސް" އަށް
  • އެންމެ މޮޅު އެކްޓަރަކަށް އާމިރު ޚާން އަދި އެކްޓްރެސް އަކަށް ހޮވުނީ އާލިއާ ބަޓް
  • އެންމެ މޮޅު ފިލްމަކަށް ހޮވުނު "ޑަންގަލް" އަށް ވަނީ ޓޮޕް ހަތަރު ކެޓެގަރީއަކުން އެވޯޑު ލިބިފައި
އާލާ އިބުރާހިމް | aalu_aala

| 15 ޖެނުއަރީ 2017 | އާދީއްތަ 16:30 | |

މަގުބޫލް

  1. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  2. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  3. އިންތިހާބު އޮތް ދުވަހު ދިވެހިން ދެއްކި ރީތި ނަމޫނާ އިން ބޭރުގެ އޮބްޒަރވަރުން ހައިރާންކުރުވައިފި
  4. މަހްލޫފު މިނިވަންވެ، ދަރިފުޅު ބަލާ މިރޭ ފުވައްމުލަކަށް
  5. ކަސްޓަމްސްގެ އިސް މުވައްޒަފުންތަކެއް އިންތިޚާބީ ރައީސް އިބޫއާ ބައްދަލުކޮށްފި
  6. މުލިއާގެއިން ނެރުނީ ކޯންޗެއް ހެއްޔެވެ؟
  7. ދައުލަތުގެ ލިޔެކިޔުންތައް ނައްތާލާ، ޝްރެޑް ކުރަމުންދާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
  8. އަޅުގަނޑަށް އޮތީ 19 އަހަރުގެ ހުކުމެއް ކުރަން ތައްޔާރުކޮށްފައި: އިލްހާމް


އެންމެ މޮޅު ފިލްމަކަށް ހޮވިފައިވަނީ "ޑަންގަލް" -- ގޫގުލް

ނިމިގެންދިޔަ 62 ވަނަ ފިލްމް ފެއާ އެވޯޑްސްގައި އެންމެ މޮޅު ފިލްމަކަށް "ޑަންގަލް" ހޮވިއްޖެއެވެ. ފިލްމް ފެއާ އެވޯޑްސްގައި ދޭ އެންމެ ވަރުގަދަ ހަތަރު އެވޯޑުގެ ތެރެއިން ތިން އެވޯޑެއް "ޑަންގަލް" އަށް ލިބުނުއިރު އެ ފިލްމުގައި އާމިރް ޚާން އަދާކޮށްފައިވާ މަހާވީރް ސިންގް ޕޯގަޓްގެ ރޯލުން އެންމެ މޮޅު އެކްޓަރަކަށް އޭނާއަށް ވަނީ އެވޯޑު ލިބިފައެވެ. އޭގެ އިތުރުން އެންމެ މޮޅު ޑައިރެކްޓަރަކަށްވެސް ހޮވިފައިވަނީ އެ ފިލްމުގެ ޑައިރެކްޓަރ ނިތޭޝް ތިވާރީއެވެ. އެވޯޑު ޙަފްލާގައި އާމިރް ޚާންއަށް ބައިވެރި ނުވެވުމުގެ ސަބަބުން އޭނާގެ ފަރާތުން އެވޯޑާއި ޙަވާލުވެފައިވަނީ ނިތޭޝް ތިވާރީއެވެ. ފާއިތުވި އަހަރު ނެރުނު ފިލްމު "ޑަންގަލް" އަށް އެންމެ މޮޅު ތިން އެވޯޑު ލިބުނުއިރު، މިފިލްމު އަދިވެސް ދަނީ ބޮކްސް އޮފީހުގައި ރެކޯޑުތައް މުގުރަމުންނެވެ. އަދި މުޅި އިންޑިޔާގެ އިތުރުން ބައިނަލްއަޤްވާމީ މުޖުތަމަޢުގައިވެސް މިފިލްމު ދަނީ އެތަކެއް ކާމިޔާބީތަކެއް ހޯދާ، ބެލުންތެރިންގެ ހިތްތައް އަތުލަމުންނެވެ.

އެންމެ މޮޅު އެކްޓަރަކަށް ހޮވިފައިވަނީ އާމިރު ޚާން

އެންމެ މޮޅު އެކްޓްރެސްއަކަށް ފިލްމު "އުޅްތާ ޕަންޖާބު" ގައި އާލިއާ ބަޓް އަދާކޮށްފައިވާ ރޯލުން އޭނާ އެވޯޑު ގެންގޮސްފައިވާއިރު ސޯނަމް ކަޕޫރާއި ޝާހިދް ކަޕޫރުގެ އިތުރުން މަނޯޖް ބާޖްޕާއީ އަށް ވަނީ ކްރިޓިކްސް އެވޯޑުތައް ލިބިފައެވެ. އާލިއާ ބަޓް ވަނީ "އުޅްތާ ޕަންޖާބް" ގެ އިތުރުން ފިލްމު "ޑިއަރ ޒިންދަގީ" އިންވެސް ބެސްޓް އެކްޓްރެސްއަކަށް ނޮމިނޭޓްވެފައެވެ. "އުޅްތާ ޕަންޖާބް" ގައި އާލިއާ އަދާކޮށްފައިވަނީ ޑްރަގް އެޑިކްޝަނާއި އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވެފައިވާ ޙިޖުރަވެރިއެއްގެ ރޯލެވެ. އާލިއާއަށް އެވޯޑު ޙަވާލުކޮށްފައިވަނީ ސްރީދޭވީއާއި ފިރިކަލުން ބޯނީ ކަޕޫރެވެ. މިއީ އާލިއާއަށް ފިލްމްފެއާރ އެވޯޑްސްގައި އެވޯޑު ލިބުނު ދެވަނަ ފަހަރެވެ.

ފިލްމު "ނީރްޖާ" ގައި އަދާކޮށްފައިވާ ރޯލަށް ޝަބާނާ އާޒްމީއަށް ބެސްޓް ސަޕޯޓިންގ އެކްޓްރެސްގެ އެވޯޑު ލިބުނުއިރު ބެސްޓް ސަޕޯޓިންގް އެކްޓަރަކަށް ހޮވިފައިވަނީ ފިލްމު "ކަޕޫރު އެންޑް ސަންސް" އިން ރިޝީ ކަޕޫރެވެ.

މިފަހަރުގެ ފިލްމްފެއާ އެވޯޑްސްގައި އެންމެ މޮޅު ފިލްމް ކްރިޓިކްސްއަކަށް ހޮވިފައިވަނީ ރާމް މަދްވާނީ ޑައިރެކްޓްކޮށްފައިވާ ފިލްމު "ނީރްޖާ" އެވެ. އަދި ބެލުންތެރިން ހޮވާ އެންމެ މޮޅު ކުރު ފިލްމަކަށް "ޚާމަކާ" ހޮވުނުއިރު، ކުރު ފިލްމުތަކުން އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބުނީ ފިލްމު "ތާންޑަވް" އިން މަނޯޖް ބާޖްޕާއީ އަށެވެ.

އެންމެ މޮޅު މިއުޒިކް އަލްބަމަކަށް ފިލްމު "އޭ ދިލް ހޭ މުޝްކިލް" ގެ އަލްބަމް ހޮވުނުއިރު، އެ ފިލްމުގެ މިއުޒިކް ކޮމްޕޯސް ކޮށްދީފައިވަނީ ޕްރީތަމްއެވެ. މީގެއިތުރުން އެންމެ މޮޅު ލިރިކްސްއަކަށް އަމީތާބް ބަޗަރިޔާގެ "ޗަންނާ މެރެޔާ" ހޮވުނުއިރު، އެ ލަވައަކީވެސް ފިލްމު "އޭ ދިލް ހޭ މުޝްކިލް" ގެ ލަވައެކެވެ. ބެސްޓް ޕްލޭބެކް ފިރިހެން ލަވަކިޔުންތެރިއަކަށް "އޭ ދިލް ހޭ މުޝްކިލް" އިން އަރްޖީތް ސިންގްއަށް އެވޯޑު ލިބުނުއިރު، އެ ކެޓެގަރީއިން އަންހެން ލަވަކިޔުންތެރިއަކަށް ހޮވިފައިވަނީ "ޖަގް ގޫމެޔާ" ކިޔާދީފައިވާ ނޭހާ ބާސިންއެވެ.

ފިލްމީ ދާއިރާއަށް އަލަށް ނުކުންނަ ފަންނާނުންނަށް ޚާއްޞަކޮށްގެން ދޭ އެވޯޑެއް ކަމަށްވާ ބެސްޓް ޑެބިއުޓެންޓް އެކްޓަރަކަށް ފިލްމު "އުޅްތާ ޕަންޖާބް" އިން ފެނިގެންދިޔަ ދިލްޖީތް ދޯސަންޖް ހޮވުނުއިރު، އެ ކެޓެގަރީއިން އެންމެ މޮޅު އެކްޓްރެސްއަކަށް ހޮވިފައިވަނީ ފިލްމު "ސާލާ ކަޅޫސް" އިން ރިތިކާ ސިންގް އެވެ.

އެންމެ މޮޅު ޑައިލޮގްގެ އެވޯޑު ލިބިފައިވަނީ އަމީތާބް ބައްޗަންގެ ފިލްމު "ޕިންކް" އިން ރިތޭޝް ޝާހަށެވެ. އަދި އެންމެ މޮޅު ސްކްރީންޕްލޭ އަކަށް ފިލްމު "ކަޕޫރު އެންޑް ސަންސް" އިން ޝަކުން ބަޓްރާ އަދި އާއިޝާ ދެވިތްރޭ އެވޯޑު ޙާޞިލްކުރިއިރު، އެންމެ މޮޅު ވާހަކައަކަށްވެސް ހޮވިފައިވަނީ އެ ފިލްމުގެ ވާހަކައެވެ.

މިފަހަރުގެ އެވޯޑު ޙަފްލާގައި ލައިފް ޓައިމް އެޗީވްމަންޓްގެ ޝަރަފްވެރި އެވޯޑު ދީފައިވަނީ އިންޑިޔާގެ މަޝްހޫރު އެކްޓަރު އަދި ޕޮލިޓީޝަނެއް ކަމަށްވާ ޝަތްރުގަން ސިންހާއަށެވެ. ޝަތްރުގަން ސިންހާ ވަނީ ފިލްމް އިންޑަސްޓްރީގައި 50 އަހަރާއި ގާތްކުރާ މުއްދަތަކަށް މަސައްކަތްކޮށްފައެވެ. މިއީ، މިވީ މުއްދަތުގެ ތެރޭގައި ޝަތްރުގަން ސިންހާއަށް ފިލްމްފެއާރ އެއްގައި އެވޯޑެއް ލިބުނު ފުރަތަމަ ފަހަރުވެސްމެއެވެ. މި އެވޯޑު އޭނާއާއި ޙަވާލުކޮށްދިނީ ބޮލީވުޑްގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އޭނާގެ އަންހެން ދަރިފުޅު ސޮނާކްޝީ ސިންހާއެވެ.

ފިލްމްފެއާ މެގަޒިންއިން ޕްރެޒެންޓް ކޮށްދޭ ފިލްމްފެއާ އެވޯޑްސްގެ 62 ވަނަ އެޑިޝަން މިމަހުގެ 14 ވަނަ ދުވަހު ބާއްވާފައިވަނީ މުމްބާއީގައެވެ. ކޮންމެ އަހަރެއްގެވެސް އެންމެ މޮޅު ފިލްމުތަކާއި ފިލްމީ ދާއިރާއާއި ގުޅުން ހުރި ތަފާތު ކެޓެގަރީތަކުން ފަންނާނުންގެ ހުނަރާއި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ބާއްވާ ފިލްމްފެއަރ އެވޯޑްސްގެ މިއަހަރުގެ ޙަފްލާ ހޯސްޓު ކޮށްދީފައިވަނީ ކަޕިލް ޝަރްމާއާއި ކަރަން ޖޯހަރްގެ އިތުރުން ޝާހުރުކް ޚާނެވެ.

މިފަހަރުގެ އެވޯޑު ޙަފްލާގައި އެންމެ ގިނަ އެވޯޑުތައް ލިބިފައިވަނީ ފަސް އެވޯޑާއެކު ރާމް މަދްވާނީ ޑައިރެކްޓްކޮށްފައިވާ ބަޔޮގްރަފިކަލް ތްރިލާ ފިލްމު "ނީރްޖާ" އަށާއި ޝަކުން ބަޓްރާ ޑައިރެކްޓްކޮށް ކަރަން ޖޯހަރް ޕްރޮޑިއުސްކޮށްފައިވާ ފިލްމު "ކަޕޫރު އެންޑް ސަންސް" އަށެވެ. އެންމެ މޮޅު ފިލްމަކަށް ހޮވުނު "ޑަންގަލް" އަށް ޖުމްލަ ހަތަރު އެވޯޑު ލިބުނުއިރު، "އުޅްތާ ޕަންޖާބް" އާއި "އޭ ދިލް ހޭ މުޝްކިލް" އަށްވެސް ހަތަރު އެވޯޑު ލިބުނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް