22 ޖެނުއަރީ 2019 | އަންގާރަ | 04 ހުވަން
16 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:22
އިރުއަރާ 06:18
ފަތިސް 05:03

ފެޑެރާ - ނަޑާލް

ފެޑެރާއާ ވާދަކުރުމުގެ ވިސްނުމެއް ނަޑާލް ނުގެންގުޅޭ

  • ފެޑެރާ ވަނީ 20 ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފައި
  • ނަޑާލް ވަނީ 17 ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 12 ޖޫން 2018 | އަންގާރަ 08:30 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
  3. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
  4. ހިޔާ މަޝްރޫއު: ޕްލޭނެއް ނެތި ކުރިއަށް؟!
  5. ތިލަފުށި އަދި ގުޅިފަޅު ހިންގަން އުފެއްދި ކުންފުނީގައި ސިއްސައިގެންދާވަރުގެ ކޮރަޕްޝަން!
  6. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  7. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި
  8. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު


ނަޑާލް އަދި ފެޑެރާ -- އިންޑިޕެންޑެންޓް.ޔޫކޭ

ސްވިޓްޒަލޭންޑޫގެ ރޯޖާ ފެޑެރާއާ ވާދަކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ މަގާމުގައި މިވަގުތު ރޭންކް ކުރެވިފައިވާ ސްޕެއިންގެ ރަފައޭލް ނަޑާލް ބުނެފިއެވެ.

ނަޑާލް މިހެން ބުނެފައިވަނީ ރެކޯޑް 11 ވަނަ ފަހަރަށް ފްރެންޗް އޯޕަންގެ ޗެމްޕިއަންކަން ހޯދުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ. އުމުރުން 32 އަހަރުގެ ނަޑާލް މިއަހަރުގެ މުބާރަތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އޮސްޓްރިއާގެ ޑޮމިނިކް ތިއެމްގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައިގެންނެވެ.

ފިރިހެން ސިންގަލްސް ޓެނިހުގެ ތާރީހުގައި އެންމެ ގިނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ކުޅުންތެރިޔަކީ ފެޑެރާއެވެ. އޭނާ 20 ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފައިވާއިރު ފްރެންޗް އޯޕަންގެ ތަށްޓާއެކު ނަޑާލް ވަނީ 17 ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފައެވެ. މިއީ މި ލިސްޓުގެ ތިންވަނައިގައި އޮތް ޕީޓް ސެމްޕްރާސްއަށްވުރެ ތިން ސްލޭމް އިތުރު އަދަދެކެވެ. އެންމެފަހުން ކުޅުނު ހަ ގްރޭންޑް ސްލޭމް ވެސް ނަޑާލް ނުވަތަ ފެޑެރާ ކާމިޔާބުކުރިއިރު ޒުވާން ކުޅުންތެރިންނަށް މި ދެ ކުޅުންތެރިން ވައްޓާލެވިފައެއް ނުވެއެވެ.

އުމުރުން 36 އަހަރުގެ ފެޑެރާ ވަނީ މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް ކްލޭ ކޯޓުގައި ކުޅޭ މުބާރާތްތައް ދޫކޮށްލާފައެވެ. އެހެން ނަމަވެސް ވިނައިގައި ކުޅޭ މުބާރާތްތަކަށް އޭނާ އަންނަ ސީޒަނުގައި ނުކުންނާނެއެވެ.

ނަޑާލް ބުނީ މީހެއްގެ އަތުގައި އިތުރު ފައިސާއާއި ބޮޑު ގެއެއް ހުރެގެން ހިތްހަމަޖެހޭ އުސޫލުން އިތުރު ގްރޭންޑް ސްލޭމް ހުރެގެން ވެސް ހިތްހަމަނުޖެހެންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އޭނާ ބުނީ ދުވަހަކު ވެސް އެފަދަ ކަންކަމާއި ނުވިސްނާ ކަމަށާއި އަމިއްލައަށް ކުރަން ޖެހޭ ކަންކަން ކުރެވެމުން ފުދޭ ކަމަށެވެ. އޭނާ ބުނީ ފެޑެރާ އަތުގައި ހުރި 20 ގްރޭންޑް ސްލޭމް ނުވަތަ އެއަށްވުރެ އިތުރަށް ވެސް ހޯދަން ބޭނުންވާ ކަމަށާއި އެކަމާއި މެދު ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ. އޭނާ ބުނީ އޭނާގެ ކެރިއަރަކީ ވަރަށް ކާމިޔާބު ކެރިއަރެއް ކަމަށާއި އެއީ ބުރަ މަސައްކަތުން ހޯދި ކާމިޔާބު ކަމަށެވެ.

މިއަހަރުގެ ކްލޭ ކޯޓުގައި ކުޅުނު ފަސް މުބާރާތުގެ ތެރެއިން ހަތަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ނަޑާލްއެވެ. ނަޑާލް ވެގެންގޮސްފައިވަނީ މާގަރެޓް ކޯޓްގެ ފަހުން އެއް ގްރޭންޑް ސްލޭމްއެއް 11 ފަހަރު ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ފްރެންޗް އޯޕަންގައި މިހާތަނަށް ކުޅުނު 88 މެޗުގެ ތެރެއިން އޭނާ ބަލިވީ އެންމެ ދެ މެޗުންނެވެ. އަންނަ މަހުގައި ވިމްބެލްޑަން މުބާރާތަށް ނަޑާލް ނުކުންނައިރު އޭނާ ވަނީ މީގެކުރިން 2008 އަދި 2010 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް