18 އޯގަސްޓު 2018 | ހޮނިހިރު | 08 މާ
07 ޛުލްޙިއްޖާ 1439
ފަތިސް 04:48
އިރުއަރާ 06:01
މެންދުރު 12:14
އަސްރު 15:27
މަޣްރިބް 18:19
އިޝާ 19:32

އަހުމަދު ފާރިސް މައުމޫން

ގިނަ ދުވަސްތަކަކަށް މެދުކެނޑުމަށް ފަހު ފާރިސްގެ ޝަހްޝު އޮޅުވާލުމުގެ މައްސަލަ ތާވަލް ކޮށްފި

 • އަޑުއެހުން ތާވަލް ކޮށްފައި ވަނީ މިއަދު 13:30 އަށް
 • މިމައްސަލައިގެ އަޑުއެހުމެއް އެންމެފަހުން ބާއްވާފައި ވަނީ މިދިއަ ޖެނުއަރީ މަހުގެ ތެރޭގައި
 • ފާރިސްގެ މައްޗަށް ގިނަ ދައުވާތަކެއް ކޮށްފައިވޭ
މުހައްމަދު ފަޒީން | phaxyn

| 12 ޖޫން 2018 | އަންގާރަ 08:10 | |

މަގުބޫލް

 1. މަރުހަބާގެ މާފަތިތައް ބަލައިނުގަނެ މެޑަމް ފާތުން ހިތާދޫ ރައްޔިތުންގެ ހިތުގައި ޖައްސައިފި!
 2. އެނގޭތަ؟: އިބޫއަކީ މޮޅު ފޮޓޯގްރާފަރެއް!
 3. މިސްކިތު ހަރިންމަ ތެރޭގައި ދެ ޖިންސު މަސްހުނި ކޮށްގެން ޝަހީމް ކެމްޕޭން ކޮށްފި
 4. ސަރުކާރު ދިފާޢު ކޮށްދިނުމަށް އިނގިރޭސި ޕާލަމެންޓް މެމްބަރުން ގެންނަނީ!
 5. މިސްކިތުގައި ޝަހީމް ހިންގެވި އަމަލަކީ ދީނަށް ކުރި ފުރައްސާރައެއް: ޑރ. އިޔާޒް
 6. ރާއްޖެއިން ހައްޖަށް ދާ 396 މީހަކަށް އެންމެ ފަހު ވަގުތު ފުރޭނެ ގޮތެއް ނެތިފައި!
 7. ރިރެޖިސްޓްރީކުރަން 20000 ފޯމު ދެ ފަހަރަށް ހުށަހަޅާފައި
 8. ރާއްޖެ ޓީވީގެ އަބުރުފުޅު ފަންޑަށް މިހާރު ނޫހުން އެހީވެއްޖެ


ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން -- ފޮޓޯ : މުހައްމަދު ޝަރުހާން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނުގެ މައްޗަށް ކޮށްފައިވާ ޝަހްޝު އޮޅުވާލުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވާތާ ގިނަ ދުވަސްތަކަކަށް މެދު ކެނޑުމަށް ފަހު އަންގާރަ ދުވަހު ބޭއްވުމަށް ތާވަލް ކޮށްފި އެވެ.

އެ މައްސަލަ ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައި ވަނީ އަންގާރަ ދުވަހުގެ 13:30 އަށެވެ.

މި މައްސަލައިގެ އަޑުއެހުމެއް މިދިޔަ މާރޗު މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ތާވަލް ކުރުމަށް ފަހު ކެންސަލް ކޮށްފައި ވެއެވެ. އެ ދުވަހު ބޭއްވުމަށް އޮތީ، ފާރިސްގެ ފަރާތުން ދިފާއުގައި ހުށަހަޅާފައިވާ 47 ހެކީންގެ ތެރެއިން، ހާޒިރުކުރާނެ ހެކިންނާ ގުޅޭ ގޮތުން ވާހަކަ ދައްކައި، ހާޒިރުކުރާނެ ހެކިންގެ އަދަދާ މެދު ގޮތެއް ކަނޑައެޅުމެވެ.

ފާރިސްގެ މައްޗަށް ޝަހްސު އޮޅުވާލުމުގެ ދައުވާ ކޮށްފައި ވަނީ، ޕީޕީއެމްގެ ހުއްދަ ހޯއްދެވުމެއް ނެތި އެ ޕާޓީގެ ލޯގާ އާއި ދިދަ ބޭނުކުރައްވާފައިވާ ކަމަށް ބުނެއެވެ. އެގޮތުން، މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ފާރިސް ބައިވެރިވެ ވަޑައިގެންނެވި ޕްރެސް ކޮންފަރެންސެއްގައި، ޕީޕީއެމްގެ ނަމުގައި އޭނާ ވާހަކަ ދައްކަވައި، ޝަހްސު އޮޅުވާލާފައިވާ ކަމަށް ދައުވާގައި ވެއެވެ.

މި މައްސަލައިގައި ޖެނުއަރީ 15 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން ހުށަހަޅާފައިވާ ސިއްރު ދެ ހެއްކެއްގެ ހެކިބަސް ނަގާފައިވެއެވެ. 

ޝަހްސު އޮޅުވާލުމުގެ ދައުވާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ރިޝްވަތު ދެއްވި ކަމަށް ބުނެ ރިޝްވަތު ދިނުމުގެ ދައުވާ ވެސް ފާރިސްގެ މައްޗަށް ވަނީ ކޮށްފަ އެވެ. ފާރިސް މިހާރު ވެސް ހުންނެވީ ބަންދުގައެވެ.

މީގެ އިތުރުން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ ޓެރަރިޒަމްގެ ދައުވާއެއް ވެސް ފާރިސްގެ މައްޗަށް އުފުލާފައި ވެއެވެ. މި ޝަރީއަތުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށް ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް