19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

އުޅަނދުފަހަރު އިންޝުއަރެންސްކު

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

  • ބިޑަށް ހުޅުވާލުމުން އެލައިޑް ނޫން އެހެން ކުންފުންޏަކުން ކުރިމަތިލާފައެއް ނުވޭ
  • ޖެނުއަރީ އެއް ވަނަ ދުވަހުގެ ކުރިން އެހެން އިންޝުއަރެންސް ކުންފުނިތަކުން ހަދާފައިވާ އިންޝުއަރެންސް ޕޮލިސީ ގަބޫލު ކުރާނެ
  • އެލައިޑާއެކު އެއްބްސްވުން ހަދާފައި ވަނީ ފަސް އަހަރަށް
ސަހުބާން ފަހުމީ | sahubaan

| 15 ޖެނުއަރީ 2017 | އާދީއްތަ 15:51 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޕްރިޔަންކާ އިނީ ބަލިވެ؟
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  7. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް -- ގޫގުލް

އެލައިޑް އިންޝުއަރެންސް މެދުވެރިކޮށް ކަނޑުއޅަނދު އިންޝުއަރެންސް ކުރަން ޖެހޭ ގޮތަށް ކަނޑައެޅީ އެހެން އިންޝައަރެންސް ކުންފުންޏަކުން ކުރިމަތި ނުލުމުން ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.

ކަނޑުއުޅަނދުތައް އިންޝުއެރެންސް ކުރުމާބެހޭ އުސޫލަށް ޓްރާންސްޕޯޓް އޮތޯރިޓީން ގެނައި ބަދަލާއެކު އުޅަނދުތައް އިންޝުއެރެންސް ކުރެވޭނީ ހަމައެކަނި އެލައިޑް އިންޝުއެރެންސް މެދުވެރިކޮށް އެކަންޏެވެ.

ކަނޑުއުޅަނދުތައް އިންޝުއަރެންސް ކުރުމާބެހޭ ގޮތުން ޓްރާންސްޕޯޓް އޮތޯރިޓީންކުރި އިއުލާނުގައިވާ ބުނެފައި ވަނީ ކަނޑުއުޅަނދުތައް ދެން ދަތުރުކުރަންވާނީ ޓޯޓަލް ލޮސް އިންސުއަރެންސް ޕޮލިސީއެއް އޮވެގެން ކަމަށެވެ

އިއުލާނުގައި ބުނެފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކަނޑު އުޅަނދުފަހަރު ދަތުރުކުރަން ވާނީ “ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު”ގެ 39 ވަނަ މާއްދާގެ “ހ”ގައި ބަޔާން ކޮށްފައިވާ އެ އޮތޯރިޓީން ޤަބޫލުކުރާ ހަލް އެންޑް މެޝިނަރީ ހިމެނޭ ގޮތަށް ޓޯޓަލް ލޮސް އިންޝުއަރެންސް ޕޮލިސީއެއް އުޅަނދުގައި އޮވެގެން ކަމަށެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް ވިދާޅުވީ ކަނޑުއަޅަނދުތައް ފަރަށް އެރުމުންނާ އަދި އެ ނޫން ވެސް ގޮތް ގޮތުން ލިބޭ ގެއްލުމުގެ ބަދަލު ހޯދައި ދިނުމުގެ ގޮތުން އުޅަނަދުތައް އިންޝައަރެންސް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޓްރާންސްޕޯޓް އޮތޯރިޓީން އެތައް ފަހަރެއްގެ މަތިން އިއުލާން ކުރި ކަމަށެވެ. އެ އިއުލާންތަކާ ގުޅިގެން ވަރަށް ގިނަ އިންޝުއަރެންސް ކުންފުނިތަކުން މައުލޫމާތު ސާފްކުރި ކަމަށާއި ނަމަވެސް ކުރިމަތިލީ ހަމައެކަނި އެލައިޑް އިންޝައެރެންސް އިން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ކަމުން އެލައިޑް މެދުވެރިކޮށް އިންޝުއަރެންސް ކުރަންޖެހޭ ގޮތަށް ހަމަޖެއްސީ ބިޑަށް ހުށަހަޅައިގެން އެހެން އެއްވެސް ކުންފުންޏަކުން ކުރިމަތި ނުލުމުން ކަމަށް ނާފިޒް ވިދާޅުވިއެވެ.

ނާފިޒް ވިދާޅުވީ އެލައިޑާއި ޓްރާންސްޕޯޓް އޮތޯރިޓީއާ ދެމެދު އެއްބަސްވެފައި ވަނީ ފަސް އަހަރު ދުވަހަށް ކަމަށާއި ފަސް އަހަރު ދުވަސް ހަމަވުމުން އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކުރާނެ ކަމަށް ނާފިޒް ވިދާޅުވިއެވެ.

މީގެއިތުރުން ނާފިޒް ވިދާޅުވީ އެލައިޑް މެދުވެރިކޮށް ނޫން ގޮތަކަށް ކަނޑުއުޅަނދު އިންޝުއާ ނުކުރެވޭ ގޮތަށް ކަނޑައެޅީ އެހެން އިންޝުއަރެންސް ކުންފުނިތައް މެދުވެރިކޮށް އިންޝުއާ ކޮށްފައިވާ އުޅަނަދުތަކަށް ތަފާތުއެކި ގެއްލުން ލިބިގެން ބަދަލު ހޯދަން ހުށަހެޅުމުން ބަދަލު ނުލިބޭތީ ކަމަށް ވެސް ނާފިޒް ވިދާޅުވިއެވެ. އަދި ސަރުކާރުން އެހީތެރިވިނަމަވެސް އެކަން ކޮށްދެވޭ ގޮތް ނުވާ ކަމަށް ނާފިޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެލައިޑް މެދުވެރިކޮށް އިންޝުއާ ކުރަން ޖެހޭނީ ހަމައެކަނި އުޅަނދު ކަމަށާއި ނަމަވެސް މުދަލާއި އެހެނިހެން ކަންކަން އެހެން އިންޝުއަރެންސް ކުންފިތައް މެދުވެރިކޮށް ކުރެވޭނެ ކަމަށް ނާފިޒް ވިދާޅުވިއެވެ. މިއަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުގެ ކުރިން އެހެން އިންޝއުަރެންސް ކުންފުނިތައް މެދުވެރިކޮށް ކޮށްފައިވާ އިންޝުއަރެންސް ޕޮލިސީތައް ޓްރާންސްޕޯޓް އޮތޯރިޓީން ގަބޫލު ކުރާނެ ކަމަށާއި ނަމަވެސް ޖެނުއަރީ އެއް ވަނަ ދުވަހުގެ ފަހުން އެލައިޑް ނޫން އެހެން ކުންފުނިތަކުން ހަދާފައިވާ އިންޝުއަރެނެންސް ޕޮލިސީތައް ގަބޫލު ނުކުރާނެ ކަމަށް ނާފިޒް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް