19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ޒައިނުއްދީން ޒިދާން

ކުރިމަގާއި މެދު ޒިދާން ގޮތެއް ނުނިންމާ

  • ޒިދާން ރެއާލްގެ ކޯޗުގެ މަގާމުން އިސްތިއުފާ ދިނީ މީގެ ދެ ހަފްތާކުރިން
  • ފްރާންސްގެ ގައުމީ ޓީމާއި އޭނާ ހަވާލުވުން އެކަށީގެންވޭ
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 12 ޖޫން 2018 | އަންގާރަ 05:15 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  5. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


ޒައިނުއްދީން ޒިދާން -- ގެޓީ އިމޭޖާސް

ރެއާލް މެޑްރިޑްގެ ކޯޗުގެ މަގާމުން ދާދިފަހުން އިސްތިއުފާދިން ޒައިނުއްދީން ޒިދާންގެ ކުރިމަގާއި މެދު ގޮތެއް ނުނިންމާ ކަމަށް އޭނާ ބުނެފިއެވެ.

އުމުރުން 45 އަހަރުގެ ޒިދާން ރެއާލްގެ ކޯޗުގެ މަގާމުން އިސްތިއުފާ ދިނުން ވެގެންދިޔައީ ގިނަ ބަޔަކަށް ހައިރާންކަން ގެނުވި ކަމަކަށެވެ. މީގެ ދެ ހަފްތާ ކުރިން ރެއާލްގެ ކޯޗުގެ މަގާމުން އިސްތިއުފާ ދިނުމަށްފަހު ކުރިމަގާއި ގުޅޭގޮތުން ޒިދާން އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. ރެއާލް މެޑްރިޑާއެކު އެތަކެއް ކާމިޔާބުތަކެއް ޒިދާން ހޯދިއިރު އެކަމުގެ ސަބަބުން އޭނާ އެ ޓީމުގައި ދިގު މުއްދަތެއް ވަންދެން ދެމިހުންނާނެ ކަމަށް ބެލެވުނެވެ. އެހެން ނަމަވެސް އޭނާ ވަނީ ތިންވަނަ ޗެމްޕިއަންސް ލީގުގެ ތަށްޓާއެކު އައު ކޯޗަކަށް ފުރުސަތު ދިނުމުގެ ގޮތުން މަގާމުން އިސްތިއުފާ ދީފައެވެ.

ރަޝިއާގައި ފަށާ ވޯލްޑް ކަޕް ޕްރޮމޯޓް ކުރުމަށް ފީފާގެ ފަރާތުން ހިންގި ހަރަކާތެއްގައި ކުރިމަތިވި ސުވާލަކަށް ޖަވާބު ދެމުން ޒިދާން ބުނީ މިވަގުތު ހުރިހާ ކަމެއް ވެސް ދަނީ ވަރަށް ރަނގަޅަށް ކަމަށާއި ދެފައި މައްޗަށް ތެދުވެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް މުސްތަގުބަލުގައި ކުރަންވީ ކަމެއް އަދިވެސް ނިންމިފައިނުވާ ކަމަށް ޒިދާން ބުނެފައިވެއެވެ. އޭނާ ބުނީ އެންމެ މުހިންމު ކަމަކީ އޭނާ ނިންމި ނިންމުން ކަމަށާއި ދެން ވާންހުރި ކަންކަން ވެސް ވަގުތާއެކު ހާމަވާނެ ކަމަށެވެ.

ޒިދާންއަކީ މުސްތަގުބަލުގައި ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމު އަދާކުރާނެ މީހެއް ކަމަށް ބެލެވެއެވެ. އެމަގާމުގައި މިހާރު ހުރި ޑިޑިއާ ޑެޝޭމްޕްސް ވެސް ވަނީ ޒިދާންއަކީ އެމަގާމަށް އެކަށީގެންވާ މީހެއް ކަމަށް ބުނެފައެވެ.

ޒިދާންއާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޑެޝޭމްޕްސް ބުނީ ޒިދާން ނިންމާފައިވާ އެއްވެސް ކަމެއް ނޭނގޭ ކަމަށާއި އެހެން ނަމަވެސް ކޮންމެވެސް ދުވަހަކުން އޭނާ ފްރާންސްގެ ގައުމީ ޓީމަށް ކޯޗުކަން ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އެއީ ކޮން ދުވަހަކުން ކަމެއް ބުނަން ނޭނގޭ ކަމަށާއި އެއީ އެންމެ ބުއްދި ގަބޫލުކުރާ ގޮތް ކަމަށް ޑެޝޭމްޕްސް ބުނެފައިވެއެވެ.

ޒިދާންއާއެކު 1998 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި މިޑްފީލްޑަރު ރޮބާޓް ޕިރޭސް ވަނީ އޭނާ ޕްރިމިއާ ލީގަށް އައުމަށް ދައުވަތު ދީފައެވެ. ޕިރޭސް ބުނީ ލަލީގާއަށްވުރެ ޕްރިމިއާ ލީގަކީ ތަފާތު ފުޓްބޯޅައެއް ކުޅޭ ލީގެއް ކަމަށާއި އައު ފުޓްބޯޅައެއް ތަޖުރިބާކުރަން ބޭނުންވާނަމަ އޭނާ ޕްރިމިއާ ލީގަށް އައުން ރަނގަޅުވާނެ ކަމަށެވެ. އަދި އެކަން ކުރަން ބޭނުންވާނަމަ އޭނާއަށް އެއްވެސް އުނދަގުލެއްނެތި ކްލަބެއް ހޯދޭނެ ކަމަށް ޕިރޭސް ބުންޏެވެ.

2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ރެއާލްގެ ކޯޗުގެ މަގާމާއި ހަވާލުވުމަށް ފަހު ޒިދާން ވަނީ ރެއާލްއަށް ޖެހިޖެހިގެން ތިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައެވެ. އޭނާ ވަނީ އެ ޓީމަށް ޖުމްލަ ނުވަ ތަށްޓެއް ކާމިޔާބުކޮށްދީފައެވެ. ޒިދާންއަކީ މިދިޔަ އަހަރު ފީފާއިން ހޮވި އަހަރުގެ އެންމެ މޮޅު ކޯޗުވެސްމެއެވެ. އެހެންކަމުން އަންނަ ސީޒަނުގައި އޭނާ ކްލަބެއްގެ ކޯޗުގެ މަގާމުން ފެނުމަކީ ވާނެ ކަމެއް ކަމަށް ބެލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް