19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
ފަތިސް 04:44
އިރުއަރާ 05:55
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:06
އިޝާ 19:17

މާރާމާރީ

ގަމުގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފި

 • ހަމަލާ ދިނީ ފުޓްސަލް ކުޅެން އުޅުނު ޒުވާނަކަށް
 • ހަމަލާ ދިން މީހުން ތިބީ މޫނު ނިވާކޮށްގެން
 • ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް ބެލެވޭ
އިސްމާއިލް ނާއިލް ނަޝީދު | IxmaealNaail

| 12 ޖޫން 2018 | އަންގާރަ 03:56 | |

މަގުބޫލް

 1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
 2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
 3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
 4. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
 5. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
 6. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
 7. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
 8. ސިވިލް ސަރވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފި


ހޯމަ ދުވަހުގެރޭ ގަމު މަތިމަރަދޫ އަވަށުގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަޚަމްކޮށްލާފަ -- ސަޕްލައިޑް

ލ ގަމުގައި ބުދަ ދުވަހުގެރޭ ތޫނު އެއްޗަކުން ޒުވާނަކަށް ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގަމު، މަތިމަރަދޫ އަވަށަށް ނިސްބަތްވާ އެ ޒުވާނާއަށް ހަމަލާ ދީފައިވަނީ މަތިމަރަދޫ އަވަށު ފުޓްސަލް ދަނޑުގައި އޭނާ ފުޓްސަލް ކުޅެން އުޅެނިކޮށް އެތަނަށް ދިޔަ ގްރޫޕަކުންނެވެ. މޫނު ނިވާކޮށްގެން ތިބި އެ ގްރޫޕުން އޭނާއަށް ހަމަލާދިނީ ތޫނު އެއްޗަކުންނާއި، ދަގަނޑު ހޮޅިބުރިތަކަކުން ކަމަށް މަޢުލޫމާތު ލިބެއެވެ.

މި ހަމަލާ ދީފައިވަނީ ހޯމަ ދުވަހުގެރޭ މެންދަމު 12:45 ހާއިރުއެވެ.

މި ހަމަލާގައި އެ ޒުވާނާގެ ބުރަކަށީގެ އެކި ތަންތަން ވަނީ ތޫނު އެއްޗަކުން ޒަޚަމް ކޮށްލާފައެވެ. އެ ޒުވާނާއަށް މިހާރު ދަނީ ގަމު ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

 

ޒުވާނާއަށް ލިބިފައިވާ ޒަޚަމްތައް

ރަށުގެ ބައެއް ފަރާތްތަކުން މަޢުލޫމާތު ދިން ގޮތުގައި މި ހަމަލާ އަކީ ކުރިން ހިނގާފައިވާ މާރާމާރީއަކާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ހަމަލާއެއް ކަމަށް ބެލެވެއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ފޯނަށް ޖަވާބު ނުދެއްވާތީ، މި ހަމަލާ އާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ނުލިބިއެވެ. ނަމަވެސް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ލ ގަމު ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ މި މައްސަލަ ތަހުޤީޤު ކުރަމުންނެވެ. އަދި މި ހަމަލާގައި ބައިވެރިވި މީހުން ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް މަޢުލޫމާތު ލިބެއެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވާ ކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް