22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ލިއޯވިލް ބޭންޑް

އައި، އީއަށް ބަދަލުކޮށް ލިއޯވިލް ރީބްރޭންޑް ކޮށްފި

 • ލިއޯވިލްގެ ނަން ރީބްރޭންޑް ވާއިރު ބޭންޑްގެ މެމްބަރުން ވެސް ބަދަލުވެގެންދާނެ
 • ބޭސް ގިޓަރިސްޓް މުހައްމަދު އިބްރާހީމް (މޯ) ވަނީ ލިއޯވިލްއާ ގުޅިފައި
 • ކުރިއަށް އޮތް ދުވަސްތަކުގައި ލިއޯވިލްގެ އައު ލަވަތައް ރިލީޒް ކުރާނެ
ސިމާހާ ނަސީމް | sim_kamana

| 12 ޖޫން 2018 | އަންގާރަ 01:33 | |

މަގުބޫލް

 1. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
 2. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
 3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
 4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
 5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
 6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
 7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
 8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ލިއޯވިލްގެ ފަރާތުން ރާއްޖެޓީވީއަށް އިންޓަވިއު ދެނީ -- ރާއްޖެއެމްވީ

އައި, އީ އަށް ބަދަލުކޮށް ލިއޯވިލް ރީބްރޭންޑް ކޮށްފިއެވެ.

ލިއޯވިލް ރީބްރޭންޑް ކުރުމަށް ހޮނިހިރު ދުވަހުގެ ރޭ ހައިވޭ ކޮފީ ޝޮޕްގައި ބޭއްވި ކުޑަ ހަފްލާގައި ވާހަކަ ދައްކަމުން އެ ބޭންޑްގެ ލީޑަރ މުހައްމަދު ސާދިން އަލީ (ޑިންބެ) ބުނީ ބޭންޑްގެ ނަމުގެ އަކުރުތަކަށް ބަދަލު ގެނައި ނަމަވެސް ބޭންޑްގެ ނަން ކިޔާ ގޮތް ބަދަލު ނުވާނެ ކަމަށެވެ.

ލިއޯވިލްގެ އޮފިޝަލް ޕަރކަޝަނިސްޓް އަހްމަދު ޝަމާމް ޝަރީފް (ޝަމްބެ) ބުނީ އައި، އީއަށް ބަދަލުކޮށް ލިއޯވިލްގެ ނަން ރީބްރޭންޑް ކުރީ ވެބްސައިޓް ހެދުމުގެ މަސައްކަތް ކުރިއަށްދާތީ ކަމަށާއި ލިއޯވިލްގެ ނަން ރީބްރޭންޑް ވާއިރު ބޭންޑްގެ މެމްބަރުން ވެސް ބަދަލުވެގެންދާނެ ކަމަށެވެ.

ރީބްރޭންޑް ކުރުމުގެ ހަފްލާގެ ތެރެއިން ބޭސް ގިޓަރިސްޓް މުހައްމަދު އިބްރާހީމް (މޯ) ވަނީ ލިއޯވިލްއާ ގުޅިފައެވެ. ބޭންޑްއާ ގުޅުމަށްފަހު މޯ ބުނީ ބޭންޑާ ގުޅުމުގެ މަޤްސަދަކީ ބޭންޑްގެ މެމްބަރުންނާއެކީ އަމިއްލަ މޮޅެތި އުފެއްދުންތައް އުފެއްދުން ކަމަށާއި މޯގެ ފުރިހަމަ އެއްބާރުލުން ބޭންޑަށް ލިބޭނެ ކަމަށެވެ.

އެ ބޭންޑްގެ މަޤްސަދަކީ މުޅި ދުނިޔޭގައި ވެސް ނަން ވިދާ މޮޅު ބޭންޑަކަށްވުން ކަމުގައި ބޭންޑުން ބުންޏެވެ.

ރީބްރޭންޑް ކުރުމާއިއެކު ބޭންޑްއަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ބޭންޑްގެ އައު ލަވަތަކެއް ރިލީޒްވެގެންދާނެކަމަށް ބޭންޑުން ބުންޏެވެ.

ލިއޯވިލް ބޭންޑް އަކީ މީގެ 3 އަހަރުކުރިން އުފެއްދި ބޭންޑެކެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ލިއޯޯވިލްގެ އެންމެ ބޮޑު ފޭން

10 މަސް ކުރިން

ލިއޯވިލް ބޭންޑަކީ އަހަންނަށް އެންމެ ކަމުދާ ބޭންޑް. ލިއޯވިލްގެ ހިޔާލު މިލަވަ އަކީ އަހަންނަށް އެންމެ ކަމުދާ ލަވަ މިހާތަނަށް. މިލަވަ އަހަރެން ނުޖަހާ ދުވަހެއް މަދުވާނެ. ލިއޯވިލް އަކީ ހަމަ އެންމެ ބެސްޓް. ??

3
0