19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ރައްޔިތުންގެ މަޖިލިސް

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

  • ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މިހާރު ވަނީ ސިޓީ ފޮނުވާފަ
  • ރައީސް ޔާމީން ރިޔާސީ ބަޔާން ދެއްވާނެ
  • ޖަލްސާތައް ފަށާއިރު، މަހުލޫފް އޮންނެވީ ޖަލުގައި
އަޒުމޫން އަހުމަދު | azmoon_ahmed

| 15 ޖެނުއަރީ 2017 | އާދީއްތަ 15:43 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  5. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


ރައްޔިތުންގެ މަޖިލީހުގައި ރައީސް ޔާމީން ރިޔާސީ ބަޔާން ދެއްވަނީ: އެމަނިކުފާނު ވަނީ އިދިކޮޅު މެންބަރުންނަށް "ތަމްބްސް ޑައުން" އެއް ދެއްވާފައި -- ގޫގުލް

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ ހަ ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ފެބްރުއަރީ ހަ ވަނަ ދުވަހު މިއަހަރުގެ ފުރަތަމަ ޖަލްސާ ބާއްވަން ނިންމައި، އެކަން އެންގުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް މިހާރު ވަނީ ސިޓީ ފޮނުވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި އޮންނާނީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނެވެ. އެއީ ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ގޮތެވެ.

ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބުނެފައިވަނީ، ކޮންމެ އަހަރެއްގެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް މަޖިލީހަށް އިއްވަންވާނެ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށް ތިން އަހަރު ވެފައިވާއިރު، މީގެ ކުރިން ރިޔާސީ ބަޔާން އިއްވުމަށް އެމަނިކުފާނު މަޖިލީހަށް ވަޑައިގެންނެވި ތިން ފަހަރު ވެސް އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކޮށް އެމަނިކުފާނުގެ އިސްތިއުފާ އަށް ގޮވާފަ އެވެ.

އެގޮތުން 2015 ވަނަ އަހަރު ރިޔާސީ ބަޔާން އިއްވުމަށް ރައީސް ޔާމީން މަޖިލީހަށް ވަޑައިގެން އެމަނިކުފާނު ވަނީ އިދިކޮޅު މެންބަރުންނަށް "ތަމްބްސް ޑައުން" އެއް ދެއްވާފަ އެވެ. އަދި ޕީޕީއެމްގެ މެންބަރުންނަށް "ތަމްބްސް އަޕް" އެއް ވެސް އެމަނިކުފާނު ދެއްވި އެވެ.

މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފަށާއިރު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފު ގެންދަވަނީ 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް