25 އޭޕުރިލް 2019 | ބުރާސްފަތި | 05 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ފީފާ ކޮންގްރެސް

ފީފާގެ ކޮންގްރެސްގައި ރާއްޖެ ތަމްސީލުކުރުމަށް އެފްއޭއެމްގެ ވެރިން ރަޝިއާއަށް

 • މި ކޮންގްރެސްގައި ރާއްޖޭ ތަމްސީލުކުރާނީ ބައްސާމް އަދި ޖަވާޒް
 • ކޮންގްރެސްގައި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާ ގައުމު ކަނޑައަޅާނެ
 • ކޮންގްރެސް ފަށާނީ ބުރާސްފަތި ދުވަހު ފަށާ ފީފާ ވޯލްޑް ކަޕްގެ ކުރިން ބުދަ ދުވަހު
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 11 ޖޫން 2018 | ހޯމަ 18:15 | |

މަގުބޫލް

 1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
 2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
 3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
 4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
 5. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
 6. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
 7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
 8. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި


ފީފާގެ ރައީސްއާއެކު އެފްއޭއެމްގެ ރައީސް އަދި ޖެނެރަލް ސެކްރެޓަރީ -- ޓްވިޓަރ

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ކޮންގްރެސްގައި ބައިވެރިވުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިސްވެރިން ރަޝިއާއަށް ފުރައިފިއެވެ.

މި ކޮންގްރެސްގައި އެފްއޭއެމްގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒްއެވެ. މި ދެ ބޭފުޅުންގެ އިތުރުން އޭޝިއަން ފުޓްބޯޅަ ކޮންފެޑެރޭޝަން (އޭއެފްސީ) ގެ އެގްޒެކްޓިވް ކޮމިޓީގެ މެމްބަރެއްގެ ހައިސިއްޔަތުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދަށް ވެސް މި ކޮންގްރެސްގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެއެވެ.  

ފީފާގެ ކޮންގްރެސް ފަށާނީ ބުރާސްފަތި ދުވަހު ފަށާ ފީފާ ވޯލްޑް ކަޕްގެ ކުރިން ބުދަ ދުވަހުއެވެ. ރަޝިއާގެ ވެރިރަށް މޮސްކޯގައި ކުރިޔަށްދާ މި ކޮންގްރެސްގައި މިއަހަރު ފުރަތަމަ ފަހަރަށް ގައުމުތަކުގެ އެސޯސިއޭޝަންތަކަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާނެ ގައުމު ކަނޑައެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެކުރިން ވޯލްޑް ކަޕް ބާއްވަނީ ފީފާގެ އެގްޒެކްޓިވް ކައުންސިލްއަށެވެ.

ފީފާގެ ރޮޓޭޝަނަލް ޕޮލިސީގެ ދަށުން 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ފުރުސަތު ލިބެނީ އުތުރު އެމެރިކާ، ދެކުނު އެމެރިކާ، އޯޝޭނިއާ ނުވަތަ އެފްރިކާގެ ގައުމުތަކަށެވެ. އެގޮތުން މިހާތަނަށް ވޯލްޑް ކަޕް ބޭއްވުމަށް ދެ ފަރާތަކުން ވަނީ ބިޑު ކޮށްފައެވެ. އެއީ އުތުރު އެފްރިކާގެ ގައުމެއް ކަމަށްވާ މޮރޮކޯއިން ކުރި ބިޑާއި އުތުރު އެމެރިކާގެ ތިން ގައުމު އެކުވެގެން ކޮށްފައިވާ ބިޑެވެ. މި ތިން ގައުމަކީ އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާއެވެ.

ލަފާކުރެވޭ ގޮތުގައި މެމްބަރު އެސޯސިއޭޝަންތަކުގެ ބޮޑު އަޣުލަބިއްޔަތަކާއެކު 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމުގެ ވޯޓު ކާމިޔާބުކުރާނީ އުތުރު އެމެރިކާގެ ތިން ގައުމު އެއްކޮށް ކޮށްފައިވާ ބިޑެވެ. މިފަހަރުގެ ވޯޓުގައި ރާއްޖެއިން ވެސް ބައިވެރިވާނެއެވެ.

ހަމައެހެންމެ ފީފާގެ ކޮންގްރެސްގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން ވޯލްޑް ކަޕް ހުޅުވުމަށް ރަޝިއާ އަދި ސައުދީ އަރަބިއްޔާ މޮސްކޯގައި ހުންނަ ލުޒްނިކީ ސްޓޭޑިއަމްގައި ކުޅޭ މެޗު ވެސް ބައްލަވާލައްވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

މީދެން ކޮންބައެއް

11 މަސް ކުރިން

މީދެން ކޮންބައެއް ފުއްޕާކަށް

1
0