23 އޭޕުރިލް 2019 | އަންގާރަ | 02 ބުރުނު
16 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ބެޑްމިންޓަން

މޮރިޝަސް އިންޓަނޭޝަނަލްގައި ރާއްޖެއަށް ދެ ރިހި މެޑަލް

 • އަންހެން ޑަބަލްސް އަދި މިކްސް ޑަބަލްސްއިން ރިހި މެޑަލް ލިބުނު
 • ފިރިހެން ޑަބަލްސް އަދި މިކްސް ޑަބަލްސްއިން ލޯ މެޑަލް ވެސް ލިބުނު
 • ބެޑްމިންޓަންއިން އަންނަނީ ބޮޑު ކުރިއެރުންތަކެއް ހޯދަމުން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 11 ޖޫން 2018 | ހޯމަ 18:03 | |

މަގުބޫލް

 1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
 2. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
 3. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
 4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
 5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
 6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
 7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
 8. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ


މުބާރާތުގައި މެޑަލް ހޯދި ރާއްޖޭގެ ފިރިހެން ކުޅުންތެރިން -- ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް

މޮރިޝަސްގައި ކުރިޔަށް ދިޔަ މޮރިޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގައި ރާއްޖޭގެ ކުޅުންތެރިން ދެ ރިހި މެޑަލް ހާސިލް ކޮށްފިއެވެ.

ރާއްޖޭގެ ފުރަތަމަ މެޑަލްއަކީ އަންހެން ޑަބަލްސް އިވެންޓުން ދެބެއިން ކަމަށްވާ ނަބާހާ އަބްދުއްރައްޒާގު އަދި ނަބީހާ އަބްދުއްރައްޒާގު ހޯދި މެޑަލްއެކެވެ. އެ ދެ ކުޅުންތެރިންނަށް ރިހި މެޑަލް ލިބުނީ ފައިނަލްގައި  އިންޑިއާގެ ޕެއާ ކަމަށްވާ ސިމްރަން ސިންހް އަދި ރިތިކާ ތާކެރްގެ ޕެއާ އަތުން ބަލިވެގެންނެވެ. މި މެޗުގެ ސެޓުތައް ރާއްޖެއަށް ގެއްލުނީ 21-17 އަދި 21-14 އިންނެވެ.

މިކްސްޑް ޑަބަލްސް އިވެންޓުގެ ފައިނަލުގައި ރާއްޖޭގެ މުހައްމަދު ސާރިމް އަދި އައިމިނަތު ޝަހުރުނާޒްގެ ޕެއާ ބަލިވީ މުބާރާތުގެ އެއްވަނައަށް ސީޑު ކުރެވިފައިވާ މޮރިޝަސްގެ ޖިއޯޖެސް ހޫލިއަން އަދި އޯރެލީގެ ޕެއާ އަތުންނެވެ. މި މެޗުގެ ސެޓުތައް ރާއްޖެއަށް ގެއްލުނީ 21-12 އަދި 21-06 އިންނެވެ.

ރާއްޖެއިން ވަނީ އިތުރު ދެ މެޑަލް ވެސް ހޯދާފައެވެ. އެގޮތުން ރާއްޖެއިން ވަނީ ފިރިހެން ޑަބަލްސް އިވެންޓާއި މިކްސް ޑަބަލްސް ބައިން ވެސް ރާއްޖެއިން ވަނީ ލޯ މެޑަލް ހާސިލް ކޮށްފައެވެ. ފިރިހެން ޑަބަލްސްގައި ރާއްޖެއަށް ލޯ މެޑަލް ހޯދައިދިނީ މުހައްމަދު އަޖުފާން އަދި އަހުމަދު ތޯއިފްގެ ޕެއާއެވެ. ހަމައެހެންމެ މިކްސް ޑަބަލްސް އިވެންޓުގެ ލޯ މެޑަލް ގެންދިޔައީ ތޯއިފް އަދި ނަބީހާގެ ޕެއާއެވެ.

މިދިޔަ އަހަރު ބެޑްމިންޓަން އޭޝިއާއިން ކުރިޔަށް ގެންދާ ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތުގެ ވިމެންސް ޑަބަލްސް އިވެންޓުން ވެސް ރާއްޖޭގެ ދެ ކުޅުންތެރިން ކަމަށްވާ ނަބީހާ އަދި ނަބާހާ ރިހި މެޑަލް ހޯދިއެވެ.

މި ދެ ކުޅުންތެރިންނަކީ ވެސް ޖަޕާނުގެ ޓޯކިޔޯގައި 2020 ވަނަ އަހަރު އޮންނަ އޮލިމްޕިކްސްއަށް ކޮލިފައިވުމަށް ކުރިޔަށް ގެންދާ ތަމްރީނުތަކުގައި ބައިވެރިވާ ދެ ކުޅުންތެރިންނެވެ. މި ކުޅުންތެރިންނަށް ލިބެމުންދާ ތަމްރީނުގެ ނަތީޖާ މިހާރު ވެސް ފެންނަމުންދާކަން ފާހަގަ ކޮށްލެވެއެވެ. ބެޑްމިންޓަން އެސޯސިއޭޝަނުން ބުނެފައި ވަނީ މި ދެ ކުޅުންތެރިންނަށް ވިހާ ވެސް ގިނަ ބައިނަލްލަގްވާމީ މުބާރާތްތަކުން ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުގެ އަމާޒަކީ 2019 ވަނަ އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ރާއްޖެއަށް ރަން މެޑަލް ހޯދުމެވެ. ބެލެވޭ ގޮތުގައި މި ކުޅުންތެރިންނަށް ލިބެމުންދާ ތަމްރީނުތަކަކީ އެ އެސޯސިއޭޝަނުގެ އަމާޒަށް ވާސިލްވުމަށް ލިބިގެންދާނެ އިތުރު ބާރެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް