20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

މެދުއިރުމަތީގެ ސުލްހަ

މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި

  • މި ކޮންފަރެންސްގައި 70 ޤައުމަކުން މަންދޫބުން ބައިވެރިވެވަޑައިގަންނަވާ
  • އިސްރާއީލާއި ފަލަސްޠީނަށް ބައިވެރިވެވޭނީ ހަމައެކަނި ކޮންފަރެންސުން ނެރެވުނު ނަތީޖާތައް އަޑުއިއްވުމުގެ މަޖިލީހުގައި
  • މަޝްވަރާތައް ދަނީ ދެޤައުމަށްވެސް ހަމަހަމައަށް ފައިދާވާ ގޮތަށްތޯ ބެލުމުގެ ޒިންމާއާ ޙަވާލުވެފައިވަނީ ޖޯން ކެރީ
އާލާ އިބުރާހިމް | aalu_aala

| 15 ޖެނުއަރީ 2017 | އާދީއްތަ 14:49 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
  5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  7. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  8. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި


2014 ވަނަ އަހަރުން ފެށިގެން އިސްރާއީލާއި ފަލަސްޠީނުން ރަސްމީކޮށް ބައްދަލުކޮށްފައެއް ނުވޭ -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

އިސްރާއީލާއި ފަލަސްތީނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް ނައްތާލާ، ދެގައުމުގެ ދެމެދުގައި ޞުލްޙަ ޤާއިމްކުރުމަށް ބާއްވާ  ބައިނަލްއަޤްވާމީ ކޮންފަރެންސް ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ފަށައިފިއެވެ. އެތަކެއް އަހަރުތަކެއް ވެފައިވާ ޒަމާންވީ ހަނގުރާމަ ހުއްޓުމަކަށް ގެެނައުމަށްޓަައި ބާއްވާ މި ޞުލްޙައިގެ މަޝްވަރާ ބައްދަލުވުމުގައި 70 ޤައުމަކުން މަންދޫބުން ބައިވެރިވެވަޑައިގަންނަވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ޞުލްޙަ ޤާއިމްކުރުމަށް ޤައުމުތަކުގެ މެދުގައި ބާއްވާ މަޝްވަރާގެ މަޖިލީހަށް ފަލަސްޠީނުން މަރުޙަބާ ކިޔާފައިވީ ނަމަވެސް، އިސްރާއީލުން މި ބައްދަލުވުމުގައި ބައިވެރި ނުވާ ކަމަށް މަޢުލޫމާތު ލިބެއެވެ. ސަބަބެއް ކަމަށް އިސްރާއީލުން ބުނަނީ މުޅި ކޮންފަރެންސް ބިނާވެފައިވަނީ އިސްރާއީލާއި ދެކޮޅަށް ކަަމަށެވެ.

އެންމެ ފަހުން މިފަދަ މަޝްވަރާތަކެއް ބާއްވާފައިވަނީ 2014 ވަނަ އަހަރުގެ އޭޕްރިލް ވަނަ މަހުގައެވެ. އޭރުގެ މަޝްވަރާތަކުންވެސް އެއްވެސް ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ.

މިފަހަރުގެ ސަމިޓްގައި އިސްރާއީލާއި ފަލަސްޠީނަށް ދަޢުވަތު އަރުވާފައިވަނީ ހަމައެކަނި ބައްދަލުވުމުން ނެރެވުނު ނަތީޖާތައް އަޑުއިއްވުމުގެ މަޖިލީހަށެވެ. ސަމިޓްގައި ބައިވެރިވުމުގެ ފުރުޞަތެއް ދެޤައުމަށްވެސް އަރުވާފައެއް ނުވެއެވެ.

ޕެރިހުގައި މި ކޮންފަރެންސް ފަށާފައި މިވަނީ ހުޅަނގު އައްސޭރީގައި އިސްރާއީލުން އާބާދުވުން ހުއްޓުވުމަށް އދ. އިން ޤަރާރެއް ފާސްކުރުމާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢާއި އިސްރާއީލާ ދެމެދު ހަމަނުޖެހުންތަކެއް އުފެދިފައި ވަނިކޮށެވެ. އިސްރާއީލުން ވަނީ އެ ޤަރާރު ފާސްވުމުގެ ޒިންމާ އެމެރިކާގެ ބޮލުގައި އަޅުވާފައެވެ. ސަބަބެއް ކަމަށް ބުނަނީ އެމެރިކާއަށް ލިބިފައިވާ ވީޓޯ ކުރުމުގެ ބާރުގެ ބޭނުން ހިފިނަމަ، އިސްރާއީލާ އެއްކޮޅަށް އެ މައްސަލަ ނިމޭނެތީއެވެ. އެހެންނަމަވެސް، އެމެރިކާއިން ވަނީ އެ މައްސަލައިގައި ވަކިކޮޅަކަށް ނުޖެހިއެވެ. އަދި އެކަމާއި ގުޅިގެން އެމެރިކާއާއި ދެކޮޅަށް އިސްރާއީލުން ކޮށްފައިވާ ތުހުމަތުތައް ވައިޓް ހައުސްއިން ވަނީ ދޮގުކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޕެރިހުގައި ކުރިއަށްދާ ޞުލްޙައިގެ މަޝްވަރާގެ މަޖިލީހުގެ ޑްރާފްޓް ސްޓޭޓްމަންޓެއްގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ދެޤައުމުންވެސް ޞުލްޙައިގެ މަޝްވަރާތަކަށް އެއްބާރުލުން ދީ، ވަކި ކޮޅަކަށް ފައިދާވާ ގޮތަކަށް ކަންކަން ނުނިންމުމަށެވެ. އިސްރާއީލުން މި ބައިނަލްއަޤްވާމީ ޞުލްޙައިގެ މަޝްވަރާތަކާ ދެކޮޅު ހަދަމުން ބުނެފައިވަނީ އެއްބަސްވުމަކަށް އާދެވޭނީ ސީދާ މަޝްވަރާތަކުން ކަމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ، ޕެރިހުގައި ކުރިއަށްދާ ކޮންފަރެންސަކީ ރާވައިގެން އިސްރާއީލާއި ދެކޮޅަށް ފިޔަވަޅުތަކެއް އެޅުމަށް ބާއްވާ ކޮންފަރެންސެއް ކަމަށެވެ. އަދި އޭގެ ސަބަބުން ޞުލްޙައިގެ ވާހަކަތަކަށް އެއްވެސް ކުރިއެރުމެއް ލިބިގެން ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ.

މިހާރު ކުރިއަށްދާ ޞުލްޙައިގެ މަޝްވަރާ ބައްދަލުވުމުގައި ހިނގާ ހުރިހާ ކަމަކާއި ދެކެވޭ ހުރިހާ ވާހަކަތަކެއް ދެޤައުމަށްވެސް ހަމަހަމައަށް ފައިދާކުރަނިވި ގޮތަކަށް ގެންދިއުމުގެ ޒިންމާއާއި ޙަވާލުވެވަޑައިގެން ހުންނެވީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ސެކެޓްރީ އޮފް ސްޓޭޓް ޖޯން ކެރީއެވެ.

އެތަކެއް އަހަރުތަކެއް ވަންދެން އިސްރާއީލާއި ފަލަސްޠީނާއި ދެމެދު ހަމަނުޖެހުން އުފެދިފައިވީ ނަމަވެސް، ފާއިތުވެދިޔަ އަހަރުތަކުގައި ތަފާތު އެކި ފަހަރު މަތިން ޞުލްޙައިގެ މަޝްވަރާތައް ވަނީ ބާއްވާފައެވެ. އެހެންނަމަވެސް، މި ދެޤައުމުގެ ދެމެދުގައި އެތައް ގޮތަކުން ހުރި ފަރަޤުގެ ބޮޑުކަމުން ޞުލްޙަ ޤާއިމް ކުރުން ވެފައިވަނީ ވަރަށް ދަތި ކަމަކަށެވެ. އިސްރާއީލުން ހުޅަނގު އައްސޭރިއާއި، އިރުމަތީ ދާރުއްސަލާމްގައި ގެދޮރު އަޅައިގެން އާބާދުވުމަށް ކުރަމުންދާ މަސައްކަތްތަކާއި ފަލަސްޠީނުން ކަނޑައެޅިގެން ދެކޮޅު ހަދައެވެ. ހުޅަނގު އައްސޭރީގައި އިރުމަތީ ދާރުއްސަލާމަކީ ފަލަސްޠީނުގެ މުސްތަޤުބަލުގެ ސްޓޭޓެއްގެ ގޮތުގައި އެޤައުމުގެ ރައްޔިތުން ބަލަމުން އަންނަ ތަނެކެވެ. އެ ސަރަޙައްދުގައި އިސްރާއީލުން އާބާދުކޮށްފައިވާ 600،000 ( ހަ ލައްކަ) އަށްވުރެ ގިނަ އިސްރާއީލް ރައްޔިތުންނަކީ ބައިނަލްއަޤްވާމީ ޤާނޫނާއި ޤަވާޢިދުތައް ބުނާ ގޮތުން ޤާނޫނާއި ޚިލާފަށް އާބާދުވެފައި ތިބި ރައްޔިތުންނެވެ. އެހެންނަމަވެސް އިސްރާއީލުން މި ވާހަކަތަކަށް ދެނީ ބީރު ކަންފަތެކެވެ.

އިސްރާއީލުން ބުނަނީ ހަމަނުޖެހުން އުފެއްދުމަށް ބާރު އަޅަނީ ފަލަސްޠީނުން ކަމަށާއި، އިސްރާއީލަކީ ޔަހޫދީ ސްޓޭޓެއްކަން ފަލަސްޠީނުން ބަލައިނުގަންނަ ކަން އެއީ ޞުލްޙައަށް އެޅޭ އެންމެ ބޮޑު ހުރަސް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް