23 ޖެނުއަރީ 2019 | ބުދަ | 05 ހުވަން
17 ޖުމާދަލްއޫލާ 1440
ފަތިސް 05:03
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:41
މަޣްރިބް 18:17
އިޝާ 19:33

ބޮލީވިޑް

ދަޅަކްގެ ޓްރެއިލާ ރިލީޒް ކޮށްފި

  • ޓްރެއިލާ ރިލީޒް ކޮށްފައިވަނީ ހޯމަ ދުވަހު
އަޒްލިފާ އަބްދުﷲ | AzuAzlifa

| 11 ޖޫން 2018 | ހޯމަ 13:10 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. ''އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން''
  3. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
  4. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
  5. ހިޔާ މަޝްރޫއު: ޕްލޭނެއް ނެތި ކުރިއަށް؟!
  6. ތިލަފުށި އަދި ގުޅިފަޅު ހިންގަން އުފެއްދި ކުންފުނީގައި ސިއްސައިގެންދާވަރުގެ ކޮރަޕްޝަން!
  7. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  8. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި


ޖާންވީ ކަޕޫރާއި އިޝާން ޓައްކަރު -- ގޫގުލް

އިޝާން ޓައްކަރު އަދި ޖާންވީ ކަޕޫރު ލީޑް ރޯލުން ފެނިގެންދާ "ދަޅަކް" ގެ ޓްރެއިލާރ ރިލީޒްކޮށްފިއެވެ.

ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަން އިން އުފައްދާފައިވާ މި ފިލްމްގެ ޓްރެއިލާ ރިލީޒް ކޮށްފައި ވަނީ ހޯމަ ދުވަހުއެވެ.

ރާޖަސްތަންގެ ހިތްގައިމު މަންޒަރުތައް ދައްކުވައިދޭ ތިން މިނެޓްގެ މި ހިތްގައިމު ޓްރެއިލާ އިން އެ ދެ މީހުންގެ ލޯބީގެ އަސަރުގަދަ ގުޅުން ފެނިގެން ދެއެވެ.

އަޖޭ އަތުލްސް ބެކްގަރައުންޑް މިއުޒިކް ހަދާފައިވާ މި ޓްރެއިލާ ބަލާލުމުން ފިލްމު ބަލާހިތްވެގެން ދާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

ޝަޝާންކް ޚައިތަން ޑައިރެކްޓްކުރާ މި ފިލްމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުއެވެ. މަރާތީ ފިލްމެއް ކަމަށްވާ "ސައިރާތު" އަސްލަކަށް ބަލައިގެން އުފައްދާ "ދަޅަކް"އަކީ މަސްވެރިއެއްގެ ފިރިހެން ދަރިފުޅަކާއި ސިޔާސީ މީހެއްގެ އަންހެން ދަރިއަކާ މެދު އުފެދޭ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. "ސައިރާތު" ސިނަމާތަކަށް އައިސްފައި ވަނީ 2016 ވަނަ އަހަރުގައެވެ. އެ ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

"ސައިރާތް" އަސްލަކަށް ބަލައިގެން އުފައްދާ " ދަޅަކް" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހުއެވެ.

މި ދެ ފިލްމުގައި މައިގަނޑު އެއްގޮތްވި ނަމަވެސް "ސައިރާތު" އާ ޚިލާފަށް "ދަޅަކް" ގައި ފެނިގެންދާ ލޯބީގެ ވާހަކަ ނިސްބަތް ވަނީ އިންޑިއާގެ ރާޖަސްތާނަށެވެ. "ސައިރާތު"ގެ ވާހަކައަކީ އިންޑިއާގެ މަހަރާޝްތްރަގައި ހިނގައިދާ ލޯބީގެ ފިލްމެކެވެ.

ޖާންވީ ބޮލީވުޑަށް ތައާރަފުވާ މިފިލްމުގެ 25 މިނިޓް އޭނާގެ މަންމަ ސްރީދޭވީ މަރުވުމުގެ ކުރިން ބެލި ކަމަށް ބުނެ ދާދި ފަހުން ޖާންވީ ދީފައިވާ އިންޓަވިއުއެއްގައި ވަނީ ބުނެފައެވެ. ޖާންވީ ބުނީ އޭނާގެ މަންމަ މަރުވުމުގެ ކުރިން ފިލްމުގެ އިންޓަވަލް ކުރީގެ ފުރަތަމަ 25 މިނިޓް ބެލި ކަމަށާއި ފިލްމާއި ދޭތެރޭ ވަރަށް އުފަލުން ހުރި ކަމަށެވެ. އަދި ރަނގަޅު ކުރަންވީ ކަންތައްތައް އޭނާއަށް ސްރީދޭވީ ކިޔައިދިން ކަމަށް ޖާންވީ ވަނީ ބުނެފައެވެ.

ޖާންވީގެ މަންމަ އަދި މަޝްހޫރު އެކްޓްރެސް ސްރީދޭވީ މަރުވެފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 24 ގައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް