17 ޖެނުއަރީ 2019 | ބުރާސްފަތި | 12 އުތުރަހަޅަ
11 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:01

ބޮލީވުޑް

އާލިއާ ރަންބީރުގެ އާއިލާއާ އެކު ޑިނާއަކަށް!

  • އާލިއާ ފެންނަނީ ސަމާރާގެ އަތުގައި ހިފައިގެން ހިނގަފައިދާ މަންޒަރު
އަޒްލިފާ އަބްދުﷲ | AzuAzlifa

| 11 ޖޫން 2018 | ހޯމަ 12:30 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  7. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު -- ހިންދުސްތާނީ ޓައިމްސް

ބޮލީވުޑްގައި މިހާރު އެންމެ ކާމިޔާބު ބަތަލުންގެ ތެރޭގައި ހިމެނޭ އާލިއާ ބަޓް އޭނާގެ ލޯބިވެރިޔާ ރަންބީރު ކަޕޫރުގެ އާއިލާއާ އެކު ޑިނާއަކަށް ގޮސްފިއެވެ.

މިދިޔަ އާދިއްތަ ދުވަހު އާލިޔާވަނީ ރަންބީރާއި އޭނާގެ މަންމަ ނީތު ސިންގާއި ދައްތަ ރިއްދިމާ އަސި ނީސް ސަމާރާ އާއި އެކު މުމުބާއި ރެސްޓޯރެންޓަށް ގޮސްފައެވެ.

ސޯޝަލް މީޑިއާގައި ދައުރު ވަމުންދާ ފޮޓޯތަކުގައި އާލިއާ ފެންނަނީ ސަމާރާގެ އަތުގައި ހިފައިގެން ހިނގަފައިދާ މަންޒަރެވެ. އެ ފޮޓޯގައި އާއިލާ އާއި ސަމާރާގެ ފަހަތުން ރަންބީރު އަދި އެނާގެ މަންމަ އާއި ދައްތަ ފެނެއެވެ.

ރަންބީރުވެސް ވަނީ ދާދިފަހުން އޭނާ އާއި އާލިއާ "ޑޭޓް" ކުރާ ކަމަށް އެއްބަސްވެފައެވެ. އަދި އެދެމީހުންގެ ގުޅުން ވަރަށް އާކަމަށާއި ދެމީހުންނަށް ވެސް އަދި "ސްޕޭސް" ބޭނުންވާކަށް ރަންބީރު ވަނީ ބުނެފައެވެ.

ޚަބަރުތައް ބުނާގޮތުގައި އާލިއާ އާއި ރަންބީރާއި ދެމެދު ލޯބީގެ ގުޅުމެއް އުފެދިފައި ވަނީ އެދެމީހުން އެކީގައި ފެނިގެންދާ ފިލްމު ބްރަމަސްތްރާގެ ޝޫޓިންއަށް ބަލްގޭރިއާގައި އުޅުމުގެ ތެރޭގައެވެ. އަދި މީގެ ކުރިން ވެސް އާލިއާ ރަންބީރު ދެކެ ގަޔާވާ ކަމަށާއި އެ ގުޅުން ބަދަހިވީ ބަލްގޭރިއާގައި ކަމަށް ވެސް ޚަބަރުތައް ބުނެއެވެ. އާލިއާ އާއި ރަންބީރު އުޅެނީ ރައްޓެހި ވެގެން ކަމަށް ބުނުމަށް ފަހު ރަންބީރު ވަނީ އާލިއާ އަށް ތައުރީފު ވެސް ކޮށްފައެވެ. ރަންބީރު ބުނީ އާލިއާ އާއި އެކީ އެކްޓު ކުރަން ފަސޭހަ ކަމަށާއި އާލިއާގެ ފަރާތުން އޭނާއަށް އާ ހުނަރުތައް ދަސްވާ ކަމަށެވެ. އަދި ދިރިއުޅުން މިހާރު ވަރަށް ބެލެންސް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އާލިއާ އިންޑިއާގެ މުމްބާއީ މިރާއަށް މީގެ ކުރިން ދީފައިވާ އިންޓަވިއުގައި ބުނެފައިވަނީ އޭނާއާއި ރަންބީރުގެ ކެމިސްޓްރީ ދިމާވެއޭ މީހުން ކިޔާތީ އުފާވާ ކަމަށެވެ. އޭނާއާއި ރަންބީރާ އެކުގައި މަސައްކަތް ކުރާތާ އަދި ވީ ކުޑަ ދުވަސްކޮޅެއް ކަމަށާއި އޭނާއަކީ ވަރަށް އާދައިގެ މީހެއް ކަމަށެވެ. އަދި އެއީ އޭނާ ރަންބީރު ކިބައިން އެންމެ ކަމުދާ ސިފަ ކަމަށް އޭނާ ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް