20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
13 ޝަޢުބާން 1440
ފަތިސް 04:44
އިރުއަރާ 05:57
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:14
ޢިޝާ 19:27

އެމްޑީޕީ ޕީޖީ ލީޑަރު އިބޫ

އިބޫގެ ޓްވިޓާ އެކު ޅެމުގެ ގުލްޒާރަކަށް!

 • އިބޫ ޅެމަކުން ބަސްވިދާޅުވުމުން ގިނަ ބަޔަކު ދަނީ ސޯޝަލް މިޑިއާގައި ޅެމުން ރިޕްލައިކުރަމުން
 • އިބޫ ޓްވީޓް ކުރައްވާފައި މިވަނީ ނަޝީދާއި އިބޫއަށް ތާއީދު ނުކުރެވޭ ކަމަށް ޤާސިމް ވިދާޅުވެފައި ވަނިކޮށް
 • އިބޫއަކީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް ކަމަށް ބެލެވޭ
މުހަންމަދު ވިސާމް | sampathmasiw

| 11 ޖޫން 2018 | ހޯމަ 11:49 | |

މަގުބޫލް

 1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
 2. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
 3. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
 4. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
 5. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
 6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
 7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
 8. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން


އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހް -- ފޮޓޯ : މުހައްމަދު ޝަރުހާން

ޅެމުގެ މާނަ އޮންނާނީ ޅެންވެރިޔާގެ ބަނޑު ތެރޭގައި ކަމަށް މީހުން ބުނާތީ އަޑުއަހަމެވެ.  ތަފާތު އެކި މުނާސަބަތުތަކާއެކު ކަންކަމުގައި ފަހަކަށް އައިސް ސިޔާސީ އެކި ބޭފުޅުން ޅެން ވިދާޅުވެއެވެ. ހާއްސަކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ވާހަކަ ދައްކަވާއިރު ވެސް ޅެން ވިދާޅުވާ ބޭފުޅެއްކަން ފާހަގަ ކޮށްލެވެއެވެ.

ރައީސް ނަޝީދަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭ ނަމަ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނެރޭ އެއް ކެންޑިޑޭޓަކީ އެމްޑީޕީގެ ޕީޖީ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)  ކަމަށް އަޑުތައް ދަނީ ފެތުރެމުންނެވެ. މި ދަނޑިވަޅުގައި ރައްޔިތުން އެތަކެއް ސުވާލުތަކެއް ދަނީ ކުރިމަތިކުރުވަމުންނެވެ. މިކަމާ ގުޅިގެން ތަފާތު ވާހަކަތައް ފެތުރިފައިވަނިކޮށް އިބޫ ބަހެއް ވިދާޅުވީ ޅެންބައިތަކުންނެވެ. އިބޫ ޓްވީޓްކުރެއްވި ޅެންބައިތު ހިމެނޭ ޅެމަކީ "ހިތްމަތާ މިންނަތް ކުރޭ" އެވެ. އިބޫގެ މި ޅެންބައިތާ އެކު އިބޫގެ އާއިލާގެ މެމްބަރުންނާއި އިބޫއަށް ހެޔޮއެދޭ ބައެއް މީހުން "ހިތްމަތާ މިންނަތް ކުރޭ" ޅެމުގެ ބައިތުތައް ޓްވީޓް ކުރެއްވިކަން ފާހަގަ ކޮށްލެއެވެ. އިބޫގެ ޅެންބައިތާ އެކު ސޯޝަލް މީޑިއާ ބަދަލުވެގެން ދިޔައީ ޅެމުގެ ގުލްޒާރަކަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އިބޫ އާދީއްތަ ދުވަހުގެ ރޭ ޓްވީޓް ކުރެއްވީ "ހިތްމަތާ މިންނަތް ކުރޭ" ޅެމުގެ ހަ ވަނަ ބައިތެއެވެ. "ޖަންގަލީގައި މަގުތަކެއްވޭ އެކިގޮތަށް އެކި ފުށްފުށަށް. އަންތަރީހެއް ނުމެއަރާ ވިސްނުން އިހަށް އިސް ވެސް ކުރޭ" އިބޫ ވިދާޅުވެފައި ވެއެވެ.

މި ބައިތައް ބަލާއިރު މާނަ ކުރެވެނީ ބިޔަބޯ ޖަންގަލީގެ ތެރޭގައި ތަފާތު މަގުތައް އެކިގޮތަށް ވާނޭ ކަމަށާއި އެކަމާ އަންތަރީސް ނުވެ ވިސްނުން އިސްކުރަން ޖެހޭ ކަމަށެވެ. މި ބައިތުގެ ޝަރަހައަށް ބަލާއިރު އިބޫ ވިދާޅުވެފައި އެވަނީ ކުރިމަގު އަލިކުރުމަށްޓަކައި ކުރެވޭނެ އެތައް ކަމަކާއި ތަފާތު ގޮތްތައް ފެންނަން އޮންނާނެ ކަމަށާއި ދަތި އުނދަގުލުން އަރައިގަތުމަށް ވިސްނުން އިސްކޮށްގެން ނޫނީ ކަންކަން ކޮށްގެން ނުވާނޭ ކަމަށެވެ.

 އެމްޑީޕީގެ ޕީޖީ ލީޑަރ އިބްރާހީމް މުހައްމަދު ސޯލިހް

އިބޫ ޓްވީޓް ކުރެއްވި ޅެންބައިތާ އެކު އިބޫގެ އެއްބަނޑު އެއްބަފާ ދައްތަ އައިމިނަތު ސޯލިހް ވަނީ އިބޫ ޓްވީޓް ކުރެއްވި "ހިތްމަތާ މިންނަތް ކުރޭ" ޅެމުގެ ނުވަ ވަނަ ބައިތު ޓްވީޓް ކުރައްވާފައެވެ. "ހިތް މިއަދު އޮނބިނޯވެގެން އެކުރާ ދުޢާ ފުދުމަށް އަދައި، ހިންމަތެއް ކުރެވޭ ފަދަ ޙިކްމަތްތަކެއް ސިކުޑިން ނެރޭ" އައިމިނަތު ސޯލިހު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

މި ބައިތައް ބަލާއިރު މާނަ ކުރެވެނީ ހިތްއެދޭ ކަންތައް ހާސިލުކުރަން ބޭނުންވެގެން ދުޢާ ކުރަމުންދާއިރު، އިތުރަށް އެކަން އިސްލާހު ކުރުމަށް ކުރެވޭނެ ކަންތައްތަކެއް ފަރުވާތެރިކަމާ އެކު ވިސްނާ ކަމަށެވެ.

އިބޫގެ މަންމަ ފަރާތު ބޮޑުބޭބެ ދަރި، ހުޝާމް މުހައްމަދު ޓްވީޓްކޮށްފައި ވަނީ "ހިތްމަތާ މިންނަތް ކުރޭ" ޅެމުގެ ހަތް ވަނަ ބައިތެވެ. "ދަތިތަކާ ބުރަ އުފުލުމަށް ފަހުގައި އުފާ ލިބެވޭނެކަން، ދަތިވިޔަސް ހިތް، ސަބްރުވެރި ގޮތުގައި ގަބޫލު ނިކަންކުރޭ" ހުޝާމްގެ ޓްވީޓްގުގައި ވެއެވެ.

އިބޫގެ އާއިލާގެ ބަސް ވިކޭ މީހެއް ކަމަށްވާ، އަދި އިބޫ ފުރަތަމަ މަޖިލީސް ގޮނޑިއަށް ވާދަކުރެއްވުމަށް ނަން ހުށައެޅުއްވުމަށް އިސްނެންގެވި މީހުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މުހައްމަދު މާހިރު އީސާ ވެސް ވަނީ ހަމަ އެ ޅެމުގެ ޅެން ބައިތެއް ރޭގެ ވަގުތެއްގައި ޓްވީޓް ކުރައްވާފައެވެ. އެއީ ވެސް އައިމިނަތު ފާއިޒާ ހައްދަވާފައިވާ "ހިތްމަތާ މިންނަތް ކުރޭ" ޅެމުގެ ބައިތެކެއެވެ. މާހިރު ޓްވީޓްކުރި ބައިތުގައި ވަނީ "ނޫރު ކެނޑިގެން ހިތުގެ ދާހިނދު ވިސްނުމެއް ފިކުރުނުކޮށް، ހޫރުމަށް ވުރެ ލާޒިމީ ރޫހެއް ގެނައުމޭ ހަމަ ދިރޭ" އެވެ. މާހިރަކީ އެމްޑީޕީ ސަރުކާރުގައި އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. 

 އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހް

އިބޫގެ ބައްޕައަކީ ވެސް ޅެންވެރިއެކެވެ. ޅ. ހިންނަވަރުގައި އެތައް އަހަރެއް ވަންދެން ބޮޑު ކަތީބުކަން ކުރެއްވި އިބޫގެ މަންމަ ފަރާތު ބޮޑުބޭބެ މުހައްމަދު ހުސެއިންފުޅަކީ ވެސް މޮޅު ޅެންވެރިއެކެވެ. އަދި އިބޫގެ ބައްޕަ ފަރާތު ބޮޑުބޭބެ އަބްދުﷲ ސޯލިހަކީ ވެސް މުޅި އުތުރުން ފާހަގަ ކޮށްލެވޭ ޅެންވެރިއެކެވެ.

ކޮންމެއަކަސް "ހިތްމަތާ މިންނަތް ކުރޭ" މި ޅެމުގެ ކޮންމެ ބައިތަކުން ވެސް މި ދަނޑިވަޅަށް ފުދޭ ވަރަށް ގިނަ ގޮތްތަކަށް މާނަ ކުރެވިދާނެއެވެ. ނަޝީދަށް ކުރިމަތި ނުލެއްވޭ ނަމަ ނެރޭ ކެންޑިޑޭޓަކީ އިބޫ ކަމަށް އަޑުތައް ފެތުރެމުންދާ އިރު އަދި އެކަމާ ގުޅިގެން އެތައް ބައެއްގެ ހިތުގައި ގިނަ ސުވާލުތަކެއް އުފެދި މީސްމީޑިއާގައި ބަހުސް ކުރިއަށްދާ މި ދަނޑިވަޅުގައި ޅެންބައިތަކުން ނަމަވެސް، އިބޫއަށް ރައްޔިތުން ކުރިމަތިކުރުވާ ސުވާލުތަކުގެ ޖަވާބުތައް ބޭނުންވެއެވެ. އިބޫ ވިދާޅުވަނީ "ވިސްނުން އިސްކުރުމަށެވެ."

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް