26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
އިޝާ 19:13
މަޣްރިބް 18:02
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

މަގޭ ރިޕޯޓް

ދައުލަތް ފެއިލްވުން، ބަންޑާރަ ނައިބު އަނިލްގެ ދައުރު!

  • އެމްއެމްޕީއާރުސީގެ ފައިސާއަށް އަދީބު ހިޔާނާތްވި ކަމަށްބުނާއިރު، އަނިލްއަކީ އޭރު އަދީބުގެ އަރިސް ބޭފުޅެއް
  • މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލުވާލުމަށް އަނިލް ގެންދަވަނީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުން
  • ސުޕްރީމް ކޯޓާއި މަޖިލިސް ސިފައިން ހިސޯރުކުރިއިރު ވެސް އަނިލްގެ އެއްވެސް ކަންބޮޑުވުމެއް ނެތް
މުހައްމަދު ފަޒީން | phaxyn

| 11 ޖޫން 2018 | ހޯމަ 11:24 | |

މަގުބޫލް

  1. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  2. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  3. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  6. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
  7. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  8. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް


ބަންޑާރަ ނައިބު މުހައްމަދު އަނިލް (ވ) ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި މައުލޫމާތު ދެއްވަނީ -- ރާއްޖެއެމްވީ

ބަންޑާރަ ނައިބު މުހައްމަދު އަނިލްއަކީ ގާނޫނީ ރޮގުން ރާއްޖޭގެ ފުއްނާބުއުސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. މީގެ ކުރިން ސިޔާސީ ގިނަ ބޭފުޅުން އިތުބާރު ކުރެވޭ ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވިފައި ވީނަމަވެސް މިހާރު އެހާލަތު މިވަނީ ބަދަލު ވެފައެވެ.

އަނިލްއަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގެ ދުވަސްވަރުން ފެށިގެން ގާނޫނީ ދާއިރާއިން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ފިޔަވައި، އެއިރެއްގެ އޮންނަ ސަރުކާރަށް ގާނޫނީ ލަފާ ދެއްވަމުން ގެންދެވި ބޭފުޅެކެވެ. އޭރުއްސުރެ ވެސް އަނިލް ފާހަގަކުރެވުނީ ވަރަށް ގާނޫނީ ގޮތުގައި ހުންނަވާ ބޭފުޅެއްގެ ގޮތުގައެވެ.

ނަމަވެސް އެންމެ ތަފާތު ގޮތަކަށް އަނިލް މަސައްކަތް ކުރައްވާތަން ފެންނަ ފެށީ މިހާރު ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ. ރައީސް ޔާމީންގެ ވެރިކަމުގެ އެންމެ ޗާލާކީ ދުވަސްވަރު ކަމަށްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ރަންޒަމާނުގައި ވަރަށް ކުރީސަފުން އަނިލް ފެނިގެން ދިޔަ އެވެ. އަދީބު ހައްޔަރުކޮށް ޖަލަށްލި ހިސާބުން އަނިލްއަށް އަދީބު އެއީ ކާކުކަން އެނގުން ފިޔަވާ ދެން އެނގުނުހާވެސް އެއްޗަކީ އެމްއެމްޕީއާރުސީގެ ފައިސާއަށް އަދީބު ހިޔާނާތްވެފައިވާކަން އެކަންޏެވެ. އެމްއެމްޕީއާރުސީގެ 80 މިލިއަން ޑޮލަރަށް އަދީބު ހިޔާނާތް ވެފައިވާ ކަމަށާއި ބޭސްފަރުވާއަށް ފޮނުވަދޭށޭ ކިޔައި ކިތަންމެ ވަރަކަށް ރޮއެ އާދޭސްކުރިޔަސް އެ ފައިސާ ދެއްކީމާ ނޫނީ ނުފޮނުވޭނެ ކަމަށް އަނިލް ވިދާޅުވެއެވެ. ނަމަވެސް އެމްއެމްޕީއާރުސީގެ ފައިސާ އަދީބު ނެންގެވިކަމަށް ސަރުކާރުން ބުނާއިރު އެދުވަސްވަރު އަދީބާ އެންމެ ގާތުން މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ވެސް އަނިލްއެވެ. އޭރު އައްޓަ މަހެއްހެން ތަތްވެގެން އުޅުއްވާފައިވާ ގޮތުން އަދީބުގެ ފަރާތުން ކުރެއްވި ކަމެއްވިއްޔާ ކުރެއްވީ އަނިލް އަށް ވެސް އެނގިގެން ކަމަށް ބުނުމުގެ ފުރުސަތު އެބަ އޮތެވެ.

އަދީބު ހައްޔަރު ކުރުމާ އެކު މިސަރުކާރު ދުވަހެއް ދުވަހަކަށް ޕްރެޝަރަށް ވެއްޓި މިވޭތުވެދިޔަ ތިން ވަރަކަށް އަހަރުގެ ތެރޭގައި ދެ ފަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މީސްމީހުންގެ ގޯތި ގެދޮރުންނާއި ކަނޑުއަޑިން ބަޑިއާއި ފިސްތޯލަ އާއި ބޮން ހޯދާފައި ވެއެވެ. އަދި މާލޭގެ އެކި ތަންތަނުން ބޮން ފެނިފައިވާއިރު، ރިޔާސީ ލޯންކޮޅުގައި ވެސް ބޮން ގޮއްވާލާފައި ވެއެވެ.

އަނިލްއަކީ އެޓަރނީ ޖެނަރަލެވެ. ދައުލަތުގެ ބަންޑާރަ ނައިބެވެ. ބަންޑާރަ ނައިބަކީ މުޅި ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވާ އަދި ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ގާނޫނާ ހިލާފަށް ކަންކަން ކުރާ ނަމަ އެކަންކަން އިސްލާހުކޮށް، ރަނގަޅު ކުރުމަށް ގާނޫނީ ލަފާ ދެއްވާ، އަދި ޝަރުއީ ކޯޓުތަކުގައި ޖިނާއީ މައްސަލަތައް ފިޔަވައި، ދައުލަތް ތަމްސީލް ކުރައްވާ ފަރާތެވެ. ނަމަވެސް އަނިލް ބޮޑަށް ފެނިގެން ދަނީ ރައީސް ޔާމީނަށް ގާނޫނީ ލަފާ ދެއްވާ ބޭފުޅެއްގެ ގޮތުގައެވެ.

ބަންޑާރަ ނައިބު އަނިލްގެ ދޯހަޅި ގާނޫނީ ލަފާތަކާއި ސަރުކާރުގެ މުށުތެރޭގައި ތާށިވެފައި ހުންނެވުމުގެ ނަތީޖާ މިދަނީ މިގައުމުގެ ހުރިހާ ދިމާލަކުން ވެސް ފެންނަމުންނެވެ.  

ދައުލަތް ފެއިލްވާން ފެށި ހިސާބަކީ ސަރުކާރުން ބޮޑެތި ކޮރަޕްޝަން އަމަލުތަކާއި ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެ، މައްސަލަތައް ފެންމަތިވުމުން، އެމައްސަލަތައް ބެލޭނެ ގޮތެއް ނެތި ދައުލަތުގެ މުއައްސަސާތައް ވާގި ނެތިފައި ތިބުމުގެ ސަބަބުންނެވެ. ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ މެޖޯރިޓީ އޮތުމުން މަޖިލީހުގެ ތެރެއިން ދައުލަތް ހަމަމަގަށް އެޅުވޭނެ އެއްވެސް ގޮތެއް ނެތެވެ.

ނަމަވެސް ގުޅިފައިވާ ސިޔާސީ އިދިކޮޅު ޕާޓީތަކުން ކުރި މަސައްކަތުން، ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކު ސަރުކާރުން ހިންގާ ޕީޕީއެމުން ވަކިވެ، އިދިކޮޅު ފަރާތްތަކާ ގުޅުނެވެ. އަދި މަޖިލީހުގެ ތެރެއިން ކަންކަން އިސްލާހުކުރަން މަސައްކަތް ކުރަން ފަށައި، މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދު އެ ގޮނޑި ބޭރުކުރުމުގެ މަސައްކަތް ކުރިއެވެ.

އެގޮތުން މަޖިލީހުގެ މެޖޯރިޓީ މެމްބަރުންނަށް ވުރެ ވެސް ގިނަ މެމްބަރުން ސޮއިކޮށް މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅުމާ އެކު ސިފައިން މެދުވެރިކޮށް، މަސީހު ވަނީ މަޖިލިސް ހިސޯރު ކުރައްވާފައެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ވަދެވަޑައިގަތުމަށް ހުރަސް އެޅުމުގައި މަޖިލީހުގެ އިދާރާގެ އިތުރުން މަޖިލީހުގެ އިދާރާއާ ގުޅިފައިވާ މަގުތަކުގައި ވެސް ސިފައިންނާއި ފުލުހުން ހަރަކާތްތެރިވެފައި ވެއެވެ. ދައުލަތުގެ އެންމެ މުހިއްމު އެއްބާރު ކަމަށްވާ ގާނޫނު ހެދުމުގެ ބާރު މިވަނީ ސަރުކާރުގެ އެދުމުގެ މަތިން ސަލާމަތީ ހިދްމަތްތަކުން ހިސޯރު ކޮށްފައެވެ. އެކަމަކު އެއިން އެއްވެސްކަމެއް ބަންޑަރަ ނައިބު އަނިލްއަކަށް ފެނިވަޑައި ނުގަންނަވައެވެ.

ނުވިތާކަށް ޕީޕީއެމުން ވަކިވި 12 މެމްބަރުންގެ ގޮނޑި ގެއްލުވާލުމަށް އަނިލް ފޫގެޅިތަން ފެނިގެން ދިޔައެވެ. ދުވާލުގެ އެކި ވަގުތުތަކުގައާއި ދަންވަރު ސުޕްރީމް ކޯޓުން ފެންނަން ފަށައިފި އެވެ. އެކަމަކު ވަންނަވަނީ ވަރަށް ސިއްރުންނެވެ. އަދި އެ 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމަށްޓަކައި އެ ކޯޓުން ހުކުމެއް ނެރުމުގެ މަސައްކަތް ފެށިއެވެ. މިއަދު ވެސް އަނިލް އުޅުއްވަނީ ހަމަ އެމަސައްކަތުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންނަކީ ރާއްޖޭގެ 12 ދާއިރާއަކުން އިންތިހާބު ކޮށްފައިވާ މެމްބަރުންނެވެ. އެއީ ރާއްޖޭގެ 60,000 އެއްހާ ރައްޔިތުން އިންތިހާބު ކޮށްފައިވާ އިއްޒަތްތެރި މެމްބަރުންނެވެ.

މަޖިލީހުގެ ބާރު ކަނޑުވާލަން ބަންޑާރަ ނައިބު ކަމުގައި ހުންނަވައި އަނިލް ކުރައްވާ ކަންކަމަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގައި ރާއްޖޭގެ އާބާދީގެ ބޮޑު ބައެއްގެ އަޑު އެވަނީ ކަނޑުއްވާލަފައެވެ. އެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރައްވާނެ މެމްބަރަކު މަޖިލީހަކު ނެތެވެ. އެ 12 މެމްބަރުން މަޖިލީހަށް ވެއްނެވުމުގެ ފުރުސަތު ނުދެއްވާތާ މިހާރު އަހަރެއްވީއެވެ. ގާނޫނުތަކާއި ދައުލަތުގެ ބަޖެޓްތައް ފާސްކުރަމުންދަނީ ރާއްޖޭގެ އާބާދީގެ ބޮޑުބައެއްގެ ހައްގުތައް ނިގުޅައިގަތުމަށް ފަހުއެވެ. އެކަން ކުރުމަށް ފުރުސަތު ދެއްވީ ރައީސް އޮފީހުގެ މިނިސްޓަރެއް ނޫނެވެ، ދައުލަތުގެ ބަންޑަރަ ނައިބު އަނިލްއެވެ.

ގާނޫނުއަސާސީއާ ހިލާފަށް ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނައްޓައިގެން، އެ ކޯޓަށް ވަދެ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި އިރުވެސް، ބަންޑާރަ ނައިބު އަނިލް އާއި މިމައްސަލާގައި ބަހެއް ވިދާޅުވާންޖެހޭ ޕްރޮސެކިއުޓަރ ޖެނެރަލް އާއިޝަތު ބިޝާމްމެން ބޭފުޅުންނަށް މިގައުމުގައި ކަމެއް ހިނގާހެން ވެސް ހިއެއް ނުވެއެވެ.

ނަމަވެސް ސިޔާސީ ޕާޓީއަކުން އެ ޕާޓީގެ އެތެރޭގެ އިންތިހާބެއް ބާއްވަން އުޅޭއިރަށް ކޯޓަށް ވަޑައިގެން އެކަން ހުޓުވުމަށް އަމުރެއް ނެރެއެވެ. އަދި ފުލުހުން މެދުވެރިކޮށް، އެކަންކަން ހުއްޓުވާއިރު، ސިފައިނާއި ފުލުހުން މިހާރު އަމަލު ކުރަމުން ދަނީ ވެސް ސަރުކާރުން ބުނާ ގޮތަށެވެ. ސަރުކާރުން ބޭނުންވާ ކަންކަން ހާމަކުރައްވާ ބޭފުޅުންނަކީ ރައީސް އޮފީހުގެ މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރާއި ބަންޑަރަ ނައިބު އަނިލްއެވެ.

އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އިތުރު ފަނޑިޔާރަކު ހައްޔަރުކޮށްގެން ދެން ސުޕްރީމް ކޯޓު ހިންގަމުންދާނެ ގޮތް ހިޔާލަށް ގެންނަވާށެވެ. އެއީ ދައުލަތުގެ އަދުލްއިންސާފު ގާއިމުކުރުމުގެ ބާރެވެ. ދެން އޮތީ ގާނޫނު ހަދާ މަޖިލީހެވެ. އެބާރު އޮތީވެސް ވާގި ނެތިފައެވެ. މަޖިލީހުގެ ގަވާއިދާ އެއްގޮތަށް އެއްކަމެއް ވެސް މިހާރު ނުކުރެއެވެ. ކުޑަމިނުން ގަވާއިދާ އެއްގޮތަށް ޖަލްސާގަނޑެއް ވެސް ބާއްވައި ނުލެވެއެވެ. އަބަދު އޮންނަނީ ޗުއްޓީގައެވެ. އެތަން އޮންނަނީ ވެސް ސިފައިން ހިސޯރުކޮށްފައެވެ. ސިފައިން އަމަލު ކުރަނީ ބަންޑާރަ ނައިބު އަނިލް ވިދާޅުވާ ގޮތަށެވެ. އަނެއްކޮޅުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުބާރު ގެއްލިފައިވާ އަދި މަޖިލީހުގެ ރައީސްކަމުގައި ގަދަކަމުން ހުންނެވި މަސީހާއި ބަންޑަރަ ނައިބު އަނިލްއަކީ ވެސް އަދުލްއިންސާފު ގާއިމު ކުރުމުގެ ބާރުގެ އެންމެ މުހިއްމު މުއައްސަސާކަމަށްވާ، ކޯޓުތަކާއި ފަނޑިޔާރުންގެ މައްސަލަތައް ބަލާ ޖުޑީޝަލް ސާރވިސް ކޮމިޝަނުގައި ވެސް ހިމެނޭ ދެ ބޭފުޅުންނެވެ. ދެން އެކޮމިޝަން ހިނގާނެ ގޮތް ހިޔާލަށް ގެންނަވާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް