17 ފެބުރުއަރީ 2019 | އާދީއްތަ | 05 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ވައްކަން

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

  • އެ މައްސަލައާއި ގުޅިގެން ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކރަމުންދޭ
  • ވަގަށް ނަގާފައިވާ ފައިސާތަކުގެ ތެރެއިން ބައެއް ވަނީ ހޯދާފައި
  • ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރޭ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 15 ޖެނުއަރީ 2017 | އާދީއްތަ 05:07 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


މޯލްޑިވްސް ޕޮލިސް ސާރވިސް -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލައި ގިނަ ޢަދަދެއްގެ ފައިސާ ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ ޔުނިމެކްސް މޯލްޑިވްސް އޮފީސް ފަޅާލައި 353،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ ވަގަށް ނަގާފައިވާ މައްސަލަ ހޮނިހިރު ދުވަހު ހެނދުނުގެ 10:00 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.

މައްސަލަ ހުށަހެޅުނުތާ މާގިނައިރުތަކެއް ނުވަނީސް އެއޮފީހުން ވަގަށް ނަގާފައިވާކަމަށްބެލެވޭ 200،000 ރުފިޔާއަށްވުރެ ގިނަ ފައިސާ ހޯދައި

އަދި އެ މައްސަލައާއި ގުޅިގެން ތުހުމަތުކުރެވޭ މީހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

މިމައްސަލައާއި ގުޅިގެން ހޮނިހިރު ދުވަހު 11:00 ހާއިރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ފިރިހެނެކެވެ.

ޔުނިމެކްސް އޮފީހުން ވަގަށް ނަގާފައިވާ ފައިސާތަކުގެ ތެރެއިން ބާކީ ހުރި ފައިސާތަކާއި ތުހުމަތުކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އޮފީސްތަކުގައި ގިނަ ޢަދަދެއްގެ ފައިސާ ބެހެއްޓުމުގެ ބަދަލުގައި ކޮންމެ ދުވަހަކުވެސް ބޭންކަށް ފައިސާ ޖަމާކުރުމަށް އިސްކަންދީ ފައިސާ ގެންގުޅުމުގައި ތަނުގެ ސެކިއުރިޓީ ކަންކަން ހަރުދަނާކޮށް މިހާރަށްވުރެ އިތުރަށް ސަމާލުކަން ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް