15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ހެރީއާ މޭގަން

ހެރީއާ މޭގަން އޮސްޓްރޭލިއާއަށާއި ނިއުޒިލެންޑަށް

  • މިއީ ހެރީއާއި މޭގަން ކައިވެނި ބައްލަވައިގަތް ފަހުން ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅު
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 11 ޖޫން 2018 | ހޯމަ 08:48 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  8. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!


ހެރީއާއި މޭގަން -- ބީބީސީ

ހެރީއާ މޭގަން އޮސްޓްރޭލިއާއަށާއި ނިއުޒިލޭންޑަށް ދިއުމަށް ނިންމަވައިފިއެވެ.

މިއީ ހެރީއާއި މޭގަން ކައިވެނި ބައްލަވައިގަތް ފަހުން ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ހެރީގެ މަންމާފުޅު ޑަޔާނާ އާއި ބައްޕާފުޅު ޗާލްސް ކައިވެނިބައްލަވައިގަތުމަށްފަހު ރަސްމީދަތުރުފުޅެއްގައި ފުރަތަމަ ވަޑައިގެންނެވީވެސް މި ދެގައުމަށެވެ.

ކެންސިންޓަން ޕެލަސް އިން ބުނެފައިވާ ގޮތުގައި ހެރީއާއި މޭގަންއަށް އޮސްޓްރޭލިއާ އަދި ނިއުޒިލެންޑް ސަރުކާރުން ވަނީ އެދެގައުމަށް ވަޑައިގެންނެވުމަށް ދައުވަތު އަރުވާފައެވެ. އެ ދެގައުމަށްފަހު އެދެމަފިރިކަނބަލުން ވަޑައިގަންނަވާނީ ފިޖީ އަދި ޓޮންގާއަށް ކަމަށް ކެންސިންޓަން ޕެލަސްއިން ވަނީ ބުނެފައެވެ.

ހެރީއާއި މޭގަން އޮސްޓްރޭލިއާ އަދި ނިއުޒިލެންޑަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު 2014 ވަނަ އަހަރު ހެރީގެ ބޭބޭފުޅު ޕްރިންސް ވިލއަމްއާއި އަނބިކަނބަލުން ކޭޓް މިޑިލްޓަންވެސް ވަނީ އެދެގައުމަށް ވަޑައިގެން 18 ދުވަސް ހޭދަކުރައްވާފައެވެ.

ޕްރިންސް ވިލއަމްއާއި އަނބިކަނބަލުން ކޭޓް މިޑިލްޓަން

ހެރީގެ މަންމާފުޅު ޑަޔާނާ އާއި ބައްޕާފުޅު ޗާލްސް އެދެގައުމުގައި ހޭދަކުރައްވާފައިވަނީ 41 ދުވަހެވެ. އެއީ 1983 ގައެވެ.

ޑަޔާނާ އާއި ޗާލްސް

ހެރީއާއި މޭގަން އޮސްޓްރޭލިއާ އަދި ނިއުޒިލެންޑުގައި ހޭދަކުރައްވާނީ ކިހާ ދުވަހެއް ކަމެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ. ހެރީއާއި މޭގަން ކައިވެނި ބައްލަވައިގެންފައިވަނީ މެއި މަހުގެ 19 ވަނަ ދުވަހުގައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް