22 އޭޕުރިލް 2019 | ހޯމަ | 02 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

އެތުލެޓިކްސް

ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ

  • ސާއިދު ޖެމެއިކާ އަށް ދަނީ އައިއޭއޭއެފްގެ ސްކޮލަޝިޕްގައި
  • މި ފުރުސަތު ސާއިދު އަށް ހޯދައި ދިނީ އެމްއޯސީން
ނާފިއު ރަޝީދު | NaphiuR

| 15 ޖެނުއަރީ 2017 | އާދީއްތަ 03:47 | |

މަގުބޫލް

  1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  2. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  3. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް


ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު -- ފޭސްބުކް

އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑަރޭޝަން (އައިއޭއޭއެފް)ގެ ސްކޮލަޝިޕެއްގައި އަނެއްކާވެސް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ޖެމެއިކާއަށް ފުރަން ހަމަޖެހިއްޖެ އެވެ.
ދުނިޔޭގެ އެންމެ ވަރުގަދަ އެއް ތަމްރީން ސެންޓަރު ކަމަށްވާ ޖެމެއިކާގެ ހައި ޕާފޯމަންސް ސެންޓަރުގައި 2012 ވަނަ އަހަރުން ފެށިގެން ތަމްރީން ހަދަމުން އަންނަ ސާއިދުއަށް މި ސެންޓަރުން ފުރަތަމަ ފުރުސަތު ހޯދައިދިނީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ އިން ނެވެ. އެއަށް ފަހު ވޭތުވެދިޔަ ހަތަރު އަހަރު އޭނާ ތަމްރީންތައް ފުރިހަމަކޮށްފައި ވަނީ އައިއޭއޭއެފްގެ ސްކޮލަޝިޕްގެ ތެރެއިންނެވެ.
2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ އަށް 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިދިން ސާއިދު ވަނީ އެ ގޭމްސްގެ 200 މީޓަރު ދުވުމުންނާއި މި އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު އަދި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ.  ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ އޮލިމްޕިކް ގޭމްސްގެ ޕްރިލިމިނަރީ ބުރު ފަހަނައަޅައި އެއްވަނަ ބުރުގައި މިދިޔަ އަހަރު ސާއިދު ވަނީ ވާދަކޮށްފަ އެވެ.
އެތްލެޓިކްސް އިން ގައުމީ ގިނަ ރެކޯޑުތަކެއް އާކޮށްފައިވާ ސާއިދު ވަނީ ދެކުނު ކޮރެއާގައި ކުރިއަށްދިޔަ އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުގެ ސެމީ ފައިނަލުގައި ވެސް ވާދަކޮށްފަ އެވެ.
އާ އަހަރުގެ ސްކޮލަޝިޕަށް ފުރަން ތައްޔާރުވަމުންދާއިރު ސާއިދު ބުނީ އޭނާގެ އަމާޒަކީ މިދިޔަ އަހަރަށް ވުރެން ގިނަ ކާމިޔާބުތަކެއް މިއަހަރު ހޯދުން ކަމަށާއި ގައުމަށް ރީތި ނަން ހޯދުމަށް މިއަހަރު ވެސް މަސައްކަތް ކުރާނެ ކަމަށެވެ.
ޖެމެއިކާގައި ފަށާ ޓްރެއިނިން ސްކޮލަޝިޕްގައި ބައިވެރިވުމަށް ސާއިދު ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާއިރު ބާރު މި އަހަރުގެ އެތްލެޓިކްސް ސީޒަން ނިމެންދެން އޭނާ ޖެމެއިކާގައި މަޑުކުރާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

މަ ރުޅި

10 މަސް ކުރިން

ދެން އަނެއްކާވެސް މެޑަލްއަކާއި ޑަބަލް ޕްރޮމޯޝަން ދޭނީ. މަސައްކަތާ ގުޅޭ ކަމެއް އެނގެނީއެއް ނޫން. ދެން ދުވަސް ކޮޅަކުން ޖެނެރަލަކަށް. މިވަރުންވެސް ސިފައިންނޭ ކިޔަންވީ. މަވެސް ސަރުކާރުގަ އުޅެމުން ދަރިން ހޯދައި، ފަތައި، ދުވެ، ޤުރުއާންވެސް ކިޔަވަން. އެެކަމަކު އެއިން ކަމަކުން ލިބޭ ސަނަދަކަށް ނުވަތަ ކަރުދާހަކަށް މަޤާމެއް ޕރޮމޯޝަނެއް ނުލިބޭ. ސިފައިންނާއި ފުލުހުން އަމިއްލައަށް ކުރާ ކަންކަމަށް ވަކި މަޤާމާއި ޕްރޮމޯޝަނާއި ރައްޔިތުންގެ ފައިސާ ދިނުމަކީ ކޮރަޕްޝަން ނޫންތަ؟

0
0