15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ލިންކްސާރވް

ލިންކްސާރވްގެ ފަރާތުން ސްމާޓް ގެޖެޓްސް ތައާރަފުކޮށްފި

  • ބައެއް ގެޖެޓްސްތަކަކީ އެމެޒަން އިކޯގެ ބައެއް ގެޖެޓްސްތައް
  • ބޮޑީ ސެންސަސް ނައިގެގެން ތަދު ކަނޑުވާލާ ގެޖެޓާއި ފޯނު ބޭނުންކޮށްގެން ބޭނުންކޮށްލެވޭ "ފިޝް ފައިންޑަރ" ގެޖެޓް ވެސް ހިމެނޭ
  • ޕްރޮމޯޝަންގެ ދަށުން ގުރުއަތުން ހޮވޭ ފަރާތަކަށް ސެމްސަންގް ގެލެކްސީ S9+ ގެ ފޯނެއް ލިބިގެންދާނެ
ސިމާހާ ނަސީމް | sim_kamana

| 10 ޖޫން 2018 | އާދީއްތަ 23:47 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  8. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!


ލިންކްސާރވް ފިހާރައިގެ ސްމާޓް ގެޖެޓްސް ކޯނަރ ހުޅުވުމުގެ ތެރެއިން -- ރާއްޖެއެމްވީ

ލިންކްސާރވްގެ ފަރާތުން ސްމާޓް ގެޖެޓްސް ތައާރަފުކޮށްފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ހިރިޔާ ސުކޫލް ކުރިމަތީގައި ހުންނަ ލިންކްސާރވް ފިހާރައިގެ ސްމާޓް ގެޖެޓްސް ކޯނަރ ހުޅުއްވައިދެއްވީ ދިރާގުގެ ސީނިއަރ މެނޭޖަރ ބްރޭންޑްސް މާރކެޓިންގް އެންޑް ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަންއެވެ.

ލިންކް ސާރވްގެ ޑިރެކްޓަރ އޮފް ބިޒްނަސް ޑިވަލޮޕްމަންޓް އެންޑް ޕްރޮޖެކްޓްސް ހުސެއިން ޝާހިދު ވިދާޅުވީ މި ގެޖެޓްސްތައް ތައާރަފު ކުރެވިގެން ދިޔައީ ވަރަށް ބޮޑަށް ސާރވޭ ކުރުމަށްފަހު ކަމަށާއި ތައާރަފުކުރެވިފައިވާ ބައެއް ގެޖެޓްސްތަކަކީ އެމެޒަން އިކޯގެ ބައެއް ގެޖެޓްސްތަކާއި މޮބައިލް ފޯން މެދުވެރިކޮށް ބޭނުންކޮށްލެވޭ ގެޖެޓްސްތައް ކަމަށެވެ. މީގެ އިތުރުން ބޮޑީ ސެންސަސް ނައިގެގެން ތަދު ކަނޑުވާލާ ގެޖެޓާއި ފޯނު ބޭނުންކޮށްގެން ބޭނުންކޮށްލެވޭ "ފިޝް ފައިންޑަރ" ގެޖެޓް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ލިންކްސާރވުން އިތުރަށް ބުނީ ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ފިހާރައަށް ޒިޔާރަތްކުރާ ބޭފުޅުންގެ ތެރެއިން ހިޔާލު ސޮލިއުޝަން މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވާ ބޭފުޅުންނަށް އެކަނި ކަމަށެވެ.

ކުރިއަށް އޮތް ތާނގައި އިތުރު ސްމާޓް ގެޖެޓްސް ތައާރަފުކުރެވިގެންދާނެ ކަމަށް ލިންކްސާރވުން ބުންޏެވެ.

މި ކުޑަ ހަފްލާގައި ލިންކްސާރވް އާއި ޖަވާބު ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވަނީ ސޮފްޓްވެއަރ ސޮލިއުޝަންސް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ލިންކްސާރވްގެ ފަރާތުން ޑިރެކްޓަރ އޮފް ބިޒްނަސް ޑިވަލޮޕްމަންޓް އެންޑް ޕްރޮޖެކްޓްސް ހުސެއިން ޝާހިދު ސޮއިކުރައްވާފައިވާއިރު ޖަވާބުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގް ޑައިރެކްޓަރ މުހައްމަދު ޖައިލަމްއެވެ.  

ލިންކް ސާރވުން "ވިޒިޓް އެންޑް ވިން" ޕްރޮމޯޝަން ފަށާފައިވާއިރު ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގެ ދަށުން ގުރުއަތުން ހޮވޭ ފަރާތަކަށް ސެމްސަންގް ގެލެކްސީ S9+ ގެ ފޯނެއް ލިބިގެންދާނެ ކަމަށް ވެސް ލިންކްސާރވުން ބުންޏެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް