23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ފުޓުބޯޅަ

ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

  • ފީފާ ރޭންކިންގައި ރާއްޖެ އަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
  • ރޭންކިންގައި ރާއްޖެ އޮތީ ދުނިޔޭގެ 145 ވަނައިގަ
  • ސާކް ސަރަހައްދުގެ އެއްވަނައިގައި އޮތީ އިންޑިއާ
ނާފިއު ރަޝީދު | NaphiuR

| 15 ޖެނުއަރީ 2017 | އާދީއްތަ 03:07 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ގައުމީ ފިރިހެން ފުޓުބޯޅަ ޓީމު -- ފޭސްބުކް

ފީފާ ވޯލްޑް ރޭންކިންގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު މި ފަހަރު ނުވަ ދަރަޖައިގެ ކުރިއެރުމެއް ހޯދައިފިއެވެ.

ނުވަ ދަރަޖައިގެ ކުރިއެރުމަކާ އެކީ ރާއްޖެ އޮތީ، ރޭންކިންގެ 145 ވަނައިގައެވެ. ރޭންކިންގައި ބޮޑު ކުރިއެރުމެއް ހޯދި ނަމަވެސް، މިފަހަރުވެސް ރާއްޖެ އޮތީ ސާކް ސަރަހައްދުގެ ދެވަނައިގައެވެ.

ސާކް ސަރަހައްދުގެ އެއްވަނައިގައި މިފަހަރުވެސް އޮތީ އިންޑިއާއެވެ. އިންޑިއާއަށް މިފަހަރު ހަ ދަރަޖައިގެ ކުރިއެރުމެއް ލިބިފައިވާއިރު، އެގައުމު އޮތީ ރޭންކިންގެ 129 ވަނައިގައެވެ.

ހަ ދަރަޖައިގެ ކުރިއެރުމަކާއެކީ، މި ސަރަހައްދުގެ ތިންވަނައިގައި މިފަހަރު އޮތީ، ނޭޕާލްއެވެ. އެގައުމު އޮތީ ރޭންކިންގެ 175 ވަނައިގައެވެ. އެއް ދަރަޖައިގެ ކުރިއެރުމަކާއެކީ ރޭންކިންގެ 176 ވަނައާއެކު، މި ސަރަހައްދުގެ ހަތަރުވަނަ ބޫޓާންއަށް ލިބޭއިރު، ފަސްވަނަ ލިބެނީ ބަންގްލަދޭޝްއަށެވެ.

ބަންގްލަދޭޝް އޮތީ ފަސް ދަރަޖައިގެ ވެއްޓުމަކާއެކީ، ރޭންކިންގެ 190 ވަނައިގައެވެ. އެއް ދަރަޖައިގެ ވެއްޓުމަކާއެކީ ރޭންކިންގެ 196 ވަނައާއެކު، މި ސަރަހައްދުގެ ހަތްވަނަ ލިބެނީ ސްރީލަންކާއަށެވެ.

މި ސަރަހައްދުގެ ފުލުގައި މިފަހަރުވެސް އޮތީ ޕާކިސްތާންއެވެ. އެގައުމު އޮތީ ރޭންކިންގެ 197 ވަނައިގައެވެ.

ފީފާ ރޭންކިންގެ އެއްވަނައިގައި މިފަހަރުވެސް އޮތީ އާޖެންޓީނާއެވެ. ދެވަނައިގައި ބްރެޒިލް އޮތްއިރު، ތިންވަނައިގައި އޮތީ ޖަރުމަނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް