20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

ފްރެންޗް އޯޕަން

ފްރެންޗް އޯޕަން: ކްލޭ ކޯޓުގެ ރަސްކަން ނަޑާލް ދަމަހައްޓައިފި

  • ނަޑާލް ވަނީ އޮސްޓްރިއާގެ ޑޮމިނިކް ތިއެމް ސީދާ ތިން ސެޓުން ބަލިކޮށްފައި
  • މިއީ ފްރެންޗް އޯޕަންގެ ޗެމްޕިއަންކަން ނަޑާލް ހޯދި 11 ވަނަ ފަހަރު
  • މިއީ ނަޑާލްގެ ކެރިއަރުގައި އޭނާ ކާމިޔާބުކުރި 17 ވަނަ ގްރޭންޑް ސްލޭމް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 10 ޖޫން 2018 | އާދީއްތަ 22:21 | |

މަގުބޫލް

  1. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި މިނިމަމް ވޭޖާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތް ފާށާނަން: އިބޫ


ފްރެންޗް އޯޕަންގެ ތަށި ނަޑާލް އުފުލާލަނީ -- ގެޓީ އިމޭޖާސް

ފްރެންޗް އޯޕަންގެ ޗެމްޕިއަންކަން ރެކޯޑް 11 ވަނަ ފަހަރަށް ހޯދައި ކްލޭ ކޯޓުގެ ރަސްކަން ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ކަމަށްވާ ސްޕެއިންގެ ރަފައޭލް ނަޑާލް ޖާގަ ހޯދައިފިއެވެ.

އުމުރުން 32 އަހަރުގެ ނަޑާލް މިއަހަރުގެ މުބާރަތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އޮސްޓްރިއާގެ ޑޮމިނިކް ތިއެމްގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައިގެންނެވެ. މި މެޗުގެ ސެޓުތައް ނަޑާލް ގެންދިޔައީ 6-4، 6-3 އަދި 6-2 އިންނެވެ.

މުބާރާތުގެ 11 ވަނަ ފައިނަލުން ނަޑާލް ޖާގަ ހޯދީ ސެމީގައި ފަސްވަނައަށް ސީޑު ކުރެވިފައިވާ އާޖެންޓީނާގެ ހުއާން މާޓިން ޑެލްޕޮޓްރޯ ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. މި މެޗަކީ ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލުގައި ތިއެމް ކުޅުނު ފުރަތަމަ މެޗަށްވާއިރު އޭނާ ފައިނަލަށް ދަތުރުކުރީ ސެމީގައި އިޓަލީގެ މާކޯ ސެޗިނާޓޯ ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ.

މެޗުން މޮޅުވުމަށްފަހު ވާހަކަ ދައްކަމުން ނަޑާލް ބުނީ މެޗުން މޮޅުވީ ވަރަށް އިތުބާރާއެކު ކުޅެގެން ކަމަށާއި ތިން ވަނަ ސެޓުގައި ކޮންމެވެސް ވަރެއްގެ ދަތިތަކަކާއި ދިމާވި ކަމަށެވެ. ހަމައެހެންމެ ތިއެމްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު ކަމަށާއި މޫސުމުގެ ސަބަބުން ވެސް ބައެއް ގޮންޖެހުންތަކާއި ކުރިމަތިވި ކަމަށް ނަޑާލް ބުންޏެވެ. ފައިނަލް މެޗަކީ މުޅި މުބާރާތުގައި ވެސް ކުޅެވުނު އެންމެ މޮޅު މެޗު ކަމަށާއި މުބާރާތް ކާމިޔާބުކުރެވުމަކީ ވެސް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ނަޑާލް ބުނެފައިވެއެވެ.

ފައިނަލުން ބަލިވި ތިއެމް ބުނީ 11 ފަހަރު އެއް ގްރޭންޑް ސްލޭމްއެއް ކާމިޔާބުކުރުމަކީ ނަޑާލްގެ ތަފާތު ފެންނަ ކަމެއް ކަމަށާއި އެއީ އަޖައިބުކުރަނިވި ނަތީޖާތަކެއް ކަމަށެވެ. ފްރެންޗް އޯޕަން މުބާރާތް ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި އަނެއްކާ ވެސް ދެވަނަ މުބާރާތެއް ކާމިޔާބު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް ތިއެމް ބުނެފައިވެއެވެ.

މި މެޗާއި ކުރިމަތިލިއިރު ތިއެމް ވެފައިވަނީ ފާއިތުވެދިޔަ ދެ އަހަރު ތެރޭ ކްލޭ ކޯޓުގައި ނަޑާލް ބަލިކުރި ހަމައެކަނި ކުޅުންތެރިޔާއަށެވެ.

މިއީ ފްރެންޗް އޯޕަންގެ ޗެމްޕިއަންކަން ނަޑާލް ހޯދި 11 ވަނަ ފަހަރެވެ. އޭނާއާ އެއް އަދަދަކަށް އެހެން އެއްވެސް ކުޅުންތެރިޔަކަށް މި މުބާރާތް ކާމިޔާބު ކުރެވިފައިނުވާއިރު މި މުބާރާތުގެ ފައިނަލަކުން ދުވަހަކު ވެސް ނަޑާލް ބަލިވެފައެއް ނުވެއެވެ. އެގޮތުން ފްރެންޗް އޯޕަންގައި މިހާތަނަށް ކުޅުނު 88 މެޗުގެ ތެރެއިން އޭނާ ބަލިވީ އެންމެ ދެ މެޗުންނެވެ.

މިއަހަރުގެ ކްލޭ ކޯޓުގައި ކުޅުނު ފަސް މުބާރާތުގެ ތެރެއިން ހަތަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ނަޑާލްއެވެ.

ނަޑާލް ވެގެންގޮސްފައިވަނީ މާގަރެޓް ކޯޓްގެ ފަހުން އެއް ގްރޭންޑް ސްލޭމްއެއް 11 ފަހަރު ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ހަމައެހެންމެ މިއީ ނަޑާލްގެ ކެރިއަރުގައި އޭނާ ކާމިޔާބުކުރި 17 ވަނަ ގްރޭންޑް ސްލޭމް މުބާރާތެވެ. އޭނާއަށްވުރެ ގިނައިން ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ހަމައެކަނި ކުޅުންތެރިޔަކީ ސްވިޓްޒަލޭންޑުގެ ރޯޖާ ފެޑެރާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް