18 ޖެނުއަރީ 2019 | ހުކުރު | 13 އުތުރަހަޅަ
12 ޖުމާދަލްއޫލާ 1440
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:20
އަސްރު 15:40
މަޣްރިބް 18:15
އިޝާ 19:31

ކަނޑުމަހުގެ އަގު

ކަނޑު މަހުގެ އަގު އަނެއްކާވެސް ހެޔޮވެއްޖެ

  • ކަނޑު މަސް ކިލޯއެއް އުޅެނީ 35ރ. އާއި 50ރ. އާ ދެމެދުގެ އަގުތަކެއްގައި
  • މަހުގެ އަގު އުފުލިދާނެ ކަމަށް ބެލެވޭ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 10 ޖޫން 2018 | އާދީއްތަ 14:26 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  5. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  6. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  7. އައްޑޫސިޓީ މީދުއަކީ މުޅި ރާއްޖޭގެ އިންސާފު ގާއިމްކުރުމާ ހަވާލުވެފައި އޮތް ރަށް: ރައީސް ނަޝީދު
  8. އެމްޑީޕީގެ ޕްރައިމަރީ ހުކުރު ދުވަހު 14:30-20:30 އަށް


ކަނޑު މަސް -- ފޮޓޯ : މުހައްމަދު ޝަރުހާން

މަސް ކިލޯއެއް 80ރ. އިން 50ރ. އަށް ވެއްޓިއްޖެ އެވެ.

މަސް  މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނީ، މަހު އަގު ހެޔޮވެފައިވަނީ މަސް ބާނާ މިންވަރު އިތުރުވުމުން ކަމަށެވެ. އެހެން ނަމަވެސް ޢީދާ ދިމާކޮށް އަނެއްކާވެސް އަގު އުފުލިގެންދާނެ ކަމަށް މަސް ވިއްކާ ފަރާތްތަކުން ބުނެ އެވެ.

ރަމަޟާން މަހުގެ އެންމެ ފަހު ދުވަސްވަރު ކަމުން މާރުކޭޓުގައި ފަރުމަސް ލިބެން ހުރި މިންވަރު ވަނީ މަދުވެފަ އެވެ. އެހެން ނަމަވެސް މިދުވަސްވަރު ކަނޑުމަސް މާރުކޭޓުގައި ވަނީ ތިޔާގިވެފަ އެވެ.

 ކަނޑު މަހުގެ އަގުތަކަށް ބަލާ އިރު ކިލޯއެއް އުޅެނީ 35ރ. އިން 50ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.

 މަސްވިއްކާ ފަރާތްތަކުން ބުނީ އާންމު ގޮތެއްގައި ރަމަޟާން މަހުގެ ފަހު ދުވަސްކޮޅުގައި އަގު އުފުލޭ ކަމަށާއި އެހެން ނަމަވެސް މިއަހަރު މަސް ލިބުނު ވަރު އިތުރުވުމުގެ ސަބަބުން އަގުތައް ހެޔޮވީ ކަމަށެވެ.

ރަމަޟާން މަސް ފެށުނު އިރު ކަނޑު މަސް ކިލޯއެއް ލިބެން ހުރީ 40ރ. އާއި45ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. އެހެން ނަމަވެސް ރަމަޟާން މަހުގެ މެދުތެރޭގައި އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިގެން ގޮސްފަ އެވެ.އެގޮތުން ކަނޑު މަސް ކިލޯއެއް 70ރ. އިން ފެށިގެން 80ރ. އާ ދެމެދުގެ އަގުތަކަށް ވެސް އެރި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ރަމަލާންމަހުގެ

7 މަސް ކުރިން

މާތްވެގެންވާ ރަމަލާންމަހުގެ ނާޖާއިސް ފައިދާނަގާނިމުނީތަ؟

1
0