18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ޕައިލްސްގެ މައްސަލަ

މިއީ އާދައިގެ މައްސަލައެއް ނޫން، ފަރުވާ ކުޑަކޮށްނުލާ!

  • ޕައިލްސް ގެ ސަބަބުން ފުރަގަސް ފަރާތުން ލޭ އާދޭ
  • ފުރަގަސްފަރާތުގައި އިތުރު މަސްކޮޅެއް އިންނަނަމަ ޕައިލްސް ކަމަށް ވެދާނެ
އާލާ އިބުރާހިމް | aalu_aala

| 15 ޖެނުއަރީ 2017 | އާދީއްތަ 01:15 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  5. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ޕައިލްސް ގެ ސަބަބުން ފުރަގަސްފަރާތުން ލޭ އާދޭ -- ގޫގުލް

ހެމަރޮއިޑްސް ނުވަތަ ޕައިލްސްއަކީ ފުރަގަސްފަރާތުގެ ވަށައިގެން ދުޅަވެފައި ހުންނަ ހުރުމަށް ކިޔާ ނަމެކެވެ. ޕައިލްސްގެ ޢަލާމާތްތައް ބައެއް ފަހަރު ވަރަށް މަދުން ނުވަތަ ވަގުތީ ގޮތަކަށްވެސް ފެނިދާނެއެވެ. ބައެއް ފަހަރު އެއްވެސް ފަރުވާއެއް ނުދިނަސް ބައެއް މީހުންގެ ޕައިލްސް އުފެދުމަށްފަހު ރަނގަޅުވެއެވެ. އެހެން ނަމަވެސް، ޕައިލްސްގެ ސަބަބުން ބައެއް ފަހަރު ތަފާތު އުނދަގޫތައް ތަޙައްމަލުކުރަންޖެހެ އެވެ. 

ޕައިލްސް އަކީ ފުރަގަސް ފަރާތު ބޭރުގައި ނުވަތަ އެތެރޭގައިވެސް އުފެދިދާނެ އެއްޗަކަށް ވީއިރު، "އޭނަލް ކެނަލް" ގައިވެސް އުފެދިދާނެއެވެ. "އޭނަލް ކެނަލް" އަކީ ބޮޑުކަމުދާ ތަކެތި ބޭރުކުރުމަށް ފުރަގަސް ފަރާތުގައި ހުންނަ ދޮރެކެވެ. "އޭނަލް ކެނެލް" ގުޅިފައިވަނީ ބޮޑު ގޮހޮރު (ލާޖް އިންޓެސްޓައިން) އާއެވެ.

"އޭނަލް ކެނަލް" ގެ ވަށައިގެން އެތަކެއް ލޭ ނާރުތަކެއް ހުންނައިރު، މި ނާރުތައް ބައެއް ފަހަރު ފުޅާވެ، އާދަޔާ ޚިލާފަށް ގިނައިން ލެއާއެކު ފުފިފައި ހުރެއެވެ. ފުފިފައި ހުންނަ ލޭ ނާރުތަކާއި އޭގެ މަތީގައި ހުންނަ ޓިޝޫތަކުގެ ފަށަލަ ބައެއް ފަހަރު ދުޅަވެ، ޕައިލްސްއަށް މަގުފަހިވެއެވެ.

މި ބައްޔަށް މަގުފަހިވާ އަސްލު ސަބަބެއް އަދި ހޯދިފައި ނެތެވެ. ސިއްޚީ މާހިރުން ލަފާކުރާ ގޮތުގައި ޕައިލްސް އުފެދެނީ ފުރަގަސްފަރާތަށް ލާންޖެހޭ ވަރަށްވުރެ ބޮޑަށް ބާރުލުމުގެ ސަބަބުން ލޭނާރުތައް ފުއްޕާތީއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އިނގިރޭސިވިލާތުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަކީ ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި ޕައިލްސް އުފެދިގެން އެކަމާއި ކުރިމަތިލާފައިވާ މީހުންނެވެ.

ޕައިލްސްއަށް މަގުފަހިވާ ކަމަށް ޞިއްޚީ މާހިރުން ލަފާކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި "ކޮންސްޓިޕޭޝަން" ނުވަތަ ބަނޑުހަރުވުން، މާބަނޑުވުން އަދި އުމުރުން ދުވަސްވުން ހިމެނެއެވެ.

ޕައިލްސްގެ ސަބަބުން މައިގަނޑު ގޮތެއްގައި ފެންނާނެ ޢަލާމާތަކީ ފުރަގަސްފަރާތުން ލޭއައުމެވެ. ބޮޑުކަމުދާ ވަގުތު ފުރަގަސްފަރާތުން ލޭ އައިސް ފުރަގަސް ފަރާތުގައި ރިއްސާ ނަމަ ޕައިލްސް ކަމުގައި ވެދާނެއެވެ. ބައެއް މީހުންނަށް އެފަދަ އެއްވެސް ޢަލާމާތެއް ނުފެނިވެސް ޕައިލްސް އުފެދިފައި ހުރެދާނެއެވެ.

ބައެއް ފަހަރު އުފެދިފައި ހުންނަ ޕައިލްސް ފުރަގަސް ފަރާތު ބޭރުގައި ވަކިން އިންނަ މަސްކޮޅެއްގެ ގޮތުގައި އިނދެދާނެއެވެ. އެ މަސްކޮޅު ބައެއް ފަހަރު އެތެރޭގައި ހުރެފައި، ބޮޑުކަމު ގޮސް ނިމޭއިރު ބޭރުވެފައި އިނދެދާނެއެވެ.

ކުޑަ ޕައިލްސް އުފެދިފައި ހުރެއްޖެ ނަމަ ތަދު އިޙުސާސް ނުކުރެވުނު ނަމަވެސް، ބޮޑެތި ޕައިލްސް އުފެދިފައި ހުންނަ މީހެއްގެ ފުރަގަސްފަރާތުގައި ރިއްސުމުގެ އިތުރުން ފުރަގަސް ފަރާތުން ލޭ ނުވަތަ ދޮސް އަންނާނެއެވެ. އަދި އޭގެ އިތުރަށް އެސަރަޙައްދު ކަހައި، އިށީނދެ އިންނަން އުނދަގޫވެސް ވެދާނެއެވެ. ޢާއްމު ގޮތެއްގައި ޕައިލްސް ތަޙައްމަލު ކުރަމުންދާ މީހަކަށް ބޮޑު ކަމު ދިއުމަށްފަހު ވެސް އަދި ދާންޖެހޭ ފަދަ އިޙުސާސެއް ކުރެވޭނެއެވެ.

ފުރަގަސްފަރާތުގައި މައްސަލައެއް ކުރިމަތިވެ، ދަތިތަކެއް ދިމާވާނަމަ އެންމެ ބުއްދިވެރީ ވަގުތުން ޑޮކްޓަރަކަށް ދައްކާ ލަފާ ހޯދުމެވެ. މިކަމުން ރައްކާތެރިވުމަށް އޮތް ހަމަ އެކަނި ޙައްލަކީ ކޮންސްޓިޕޭޝަންއިން ރައްކާތެރިވުން ނުވަތަ ބަނޑު ހަރުވުމުން ދުރުހެލިވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތައް ކުރުމެވެ. އެގޮތުން ގިނައިން ފައިބަރުގެ ބާވަތްތައް ބޭނުންކޮށް، ދިޔާ ތަކެތި ބޭނުން ކުރުމަކީ ބަނޑު ހަރުވުމުން ދުރުކޮށްދޭނެ ކަންތައްތަކެވެ. ބައެއް ޞިއްޚީ މާހިރުން ލަފާ ދެއްވާ ގޮތުގައި ބަނޑު ހަރުވުމަށް މަގުފަހިވާ މާއްދާތައް އެކުލެވޭ ޕެއިންކިލާ ފަދަ ތަކެތި ބޭނުން ނުކުރުމާއި ފާޚާނާއަށް ދާންޖެހޭ ހެން ހީވާ އިރަށް ފާޚާނާއަށް ދިއުން އެއީ އެދެވިގެންވާ ކަންތައްތަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް