18 އޯގަސްޓު 2018 | ހޮނިހިރު | 09 މާ
07 ޛުލްޙިއްޖާ 1439
ފަތިސް 04:48
އިރުއަރާ 06:01
މެންދުރު 12:14
އަސްރު 15:27
މަޣްރިބް 18:19
އިޝާ 19:32

ޖޯން ލެސެޓާ

ޕިކްސާގެ ބާނީ ޖޯން ލެސެޓާ އަށްވެސް ޖިންސީ ގޯނާގެ ތުހުމަތު، ކުންފުނި ދޫކޮށްލަނީ

  • ލެސެޓާ އެކުންފުނީގައި މިއަހަރުގެ ނިޔަލަށް މަސައްކަތް ކުރާނެ
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 10 ޖޫން 2018 | އާދީއްތަ 12:37 | |

މަގުބޫލް

  1. މިސްކިތު ހަރިންމަ ތެރޭގައި ދެ ޖިންސު މަސްހުނި ކޮށްގެން ޝަހީމް ކެމްޕޭން ކޮށްފި
  2. ސަރުކާރު ދިފާޢު ކޮށްދިނުމަށް އިނގިރޭސި ޕާލަމެންޓް މެމްބަރުން ގެންނަނީ!
  3. ރާއްޖެއިން ހައްޖަށް ދާ 396 މީހަކަށް އެންމެ ފަހު ވަގުތު ފުރޭނެ ގޮތެއް ނެތިފައި!
  4. މިސްކިތުގައި ޝަހީމް ހިންގެވި އަމަލަކީ ދީނަށް ކުރި ފުރައްސާރައެއް: ޑރ. އިޔާޒް
  5. ބޮޑު ހިތްހަމަ ޖެހުމެއް! ދިވެހި ހައްޖުވެރިންނަށް ފުރޭނެ ގޮތް ހަމަޖެހިއްޖެ
  6. ރިރެޖިސްޓްރީކުރަން 20000 ފޯމު ދެ ފަހަރަށް ހުށަހަޅާފައި
  7. ކެމްޕެއިން ކުރުމުގެ ގޮތުން ފުލުހުންނަށް ހާއްސަކޮށްގެން ހަރަކާތެއް ހިންގައިގެން ނުވާނެ، ފިޔަވަޅު އަޅާނަން: ޕޮލިސް
  8. އެމްޑީޕީ ވެރިކަމަށް ގެނައުމަށް ސިހުރު ހަދާކަމަށް ތުހުމަތުކޮށް ކުޅުދުއްފުށިން އިތުރު ދެމީހަކު ހައްޔަރުކޮށްފި


ޖޯން ލެސެޓާ -- ގެޓީ އިމޭޖާސް

މަޝްހޫރު އެނިމޭޝަން ކުންފުނި ކަމަށްވާ ޕިކްސާގެ ބާނީ އަދި ޑިޒްނީ އެނިމޭޝަން ސްޓޫޑިއޯގެ ޗީފް ކްރިއޭޓިވް އޮފިސަރ ޖޯން ލެސެޓާގެ މައްޗަށް ވެސް ޖިންސީގޯނާގެ ތުހުމަތު ކުރެވުމާއެކު އެމަގާމު ދޫކުރަން އޭނާ ނިންމައިފިއެވެ.

އެކަން ހާމަކޮށް ޕިކްސާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާ މިއަހަރު ނިމެންދެން އެކުންފުނީގެ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކަމަށާއި އެއަށް ފަހު އޭނާ ޑިޒްނީ ކުންފުނިން އެއްކޮށް ވަކިވާނެ ކަމަށެވެ.

ފަސްދޮޅަސް އެއް އަހަރުގެ ލެސެޓާ އަކީ މިހާތަނަށް ޕިކްސާއިން ރިލީޒް ކޮށްފައިވާ ކާޓޫންތަކުގެ ކްރިއޭޓިވް ކަންތައްތަކުގައި އެންމެ އިސްކޮށް އުޅުނު އެކަކެވެ. އޭނާ ވަނީ ޕކްސާއިން ނެރުނު ކާމިޔާބު ކާޓޫން ޓޯއި ސްޓޯރީ އާއި ޓޯއި ސްޓޯރީ 2 ވެސް ޑައިރެކްޓް ކޮށްފައެވެ.

މީގެ އިތުރުން ލެސެޓާ އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ އިންކްރެޑިބަލްސް2 ރިލީޒް ކުރުމަށް ހަމަޖައްސާފައި ވަނީ 15 ޖޫން 2018 ގައެވެ. މި ފިލްމަކީ މިއަހަރު ނިކުންނާނެ އެންމެ އުއްމީދީ ފިލްމު ކަމަށް ގިނަ ބަޔަކު ބުނެއެވެ.

މިދިޔަ އަހަރުގެ ތެރޭގައި ލެސެޓާގެ ފުށުން އޭނާގެ ސްޓާފުންނަށް އަޚުލާގީ މައްސަލަތަކުގެ  ތުހުމަތު ކޮށްފައިވާ ކަމަށް މީޑިގާއި ދެކެވުމާއިގުޅިގެން އޭނާ ވަނީ އެކަމަށް މާފަށް އެދޭ ކަމަށް ބުނެފއެވެ. އަދި އޭނާ އެކަންތައްތައް ކޮށްފައިވަނީ އެއްވެސް ނުބައި ނިޔަތެއް އޮވެގެން ނޫން ކަމަށް ވެސް ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް