23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ސައިފް އަލީ ޚާން

ސައިފަށް އިންޓަޕޯލުން ނޯޓިސް ފޮނުވައިފި

  • ސައިފްގެ ސްޓޭޓްމެންޓް ވަނީ މުމްބާއި ފުލުހުން ރެކޯޑްކޮށްފައި
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 10 ޖޫން 2018 | އާދީއްތަ 11:52 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ސައިފް އަލީ ޚާން -- ގޫގުލް

ބަލްގޭރިއާގައި ޖަނަވާރެއް ޝިކާރަ ކުރި މައްސަލައެއްގައި ބޮލީވުޑްގެ ތަރި ސައިފް އަލީ ޚާނަށް އިންޓަޕޯލް ނޯޓިސް ފޮނުވައިފިއެވެ.

ޚަބަރުތައް ބުނާގޮތުގައި އިންޓަޕޯލް ނޯޓިސް ނެރުމާއެކު މުމްބާއި ފުލުހުން ވަނީ ސައިފްގެ ސްޓޭޓްމަންޓް ރެކޯޑް ކޮށްފައެވެ.

ސައިފް މިވަގުތު ހުރީ އޭނާގެ އަންހެނުން ކަރީނާއާއި ހަގުދަރިފުޅު ތައިމޫރާއި އެކީ ޗުއްޓީ ހޭދަކުރުމަށް ލަންޑަނަށް ގޮސްއެވެ. ސްޓޭޓްމެންޓް ރެކޯޑްކުރަން ޖެހުނީ ސައިފް އިންޑިއާގައި ނޫޅޭތީ ކަމަށްވެއެވެ.

ސައިފްގެ ސްޓޭޓްމެންޓް ނަގާފައިވަނީ ބަލްގޭރިއާގައި ޖަނަވާރު ޝިކާރަކުރި މައްސަލައިގެ ހެއްކެއްގެ ގޮތުގައި ކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ބުނެފައެވެ. އެ ޖަނަވާރު ޝިކާރަ ކުރީ ސައިފްގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރި ފަރާތެއް ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

ބަލްގޭރިއާގެ ގާނޫނު ބުނާގޮތުން އެގައުމުން ބޭރުގެ މީހަކު އެގައުމުގައި އުޅޭ ޖަނަވާރަކު ޝިކާރަ ކުރެވޭނީ ޝިކާރަކުރާ ލައިސެންސް ނަގައިގެންނެވެ. އެހެން ނަމަވެސް ސައިފްގެ އެޖެންޓު ޝިކާރަ ކުރީ ހުއްދަ ނުހޯދާ ކަމަށް ވެއެވެ.

ޖަނަވާރެއް ޝިކާރަ ކުރިކަމުގެ ކުށް ސާބިތުވެ ފިލްމީތަރި ސަލްމާން ޚާނަށް ވަނީ މިދިޔަ އެޕްރީމަހުގައި 5 އަހަރުގެ ޖަލު ހުކުމެއް ސާބިތުވެފައެވެ. އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާއިރު ސަލްމާންއާއި އެކު 1998 ވަނަ އަހަރު "ހަމް ސާތު ސާތު ހޭ" ގެ މަންޒަރުތަކެއް ނަގަން އުޅުނީ ފިލްމީ ތަރި ސައިފް އަލީ ޚާންއާއި، ތާބޫ، ސޮނާލީ ބެންދްރޭ އަދި ނީލަމްއެވެ. އެމީހުން ވަނީ މިދައުވާތަކުން ސަލާމަތްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް