22 ޖެނުއަރީ 2019 | އަންގާރަ | 04 ހުވަން
16 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:22
އިރުއަރާ 06:18
ފަތިސް 05:03

ހިޔާލާތުގެ މައްސަލަތައް

މެޑަމް ފާތުން ދެ ވަނަ އަދީބަށް ވެދާނެބާ؟

  • މެޑަމަށް ހުޝާމިދު ކުރެއްވުމުގައި އެންމެ އަރާހުންނެވި އެއްބޭފުޅަކީ ނިހާނު
އަހުމަދު މުހުސިނު | dhonbandaara

| 15 ޖެނުއަރީ 2017 | އާދީއްތަ 00:26 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
  3. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
  4. ހިޔާ މަޝްރޫއު: ޕްލޭނެއް ނެތި ކުރިއަށް؟!
  5. ތިލަފުށި އަދި ގުޅިފަޅު ހިންގަން އުފެއްދި ކުންފުނީގައި ސިއްސައިގެންދާވަރުގެ ކޮރަޕްޝަން!
  6. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  7. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި
  8. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު


މެޑަމް ފާތުމަތު އިބްރާހީމް: މިހާރު އެންމެ ގިނައިން އިވޭ އެއް އަޑަކީ އެކަމަނާގެ ވާހަކަ -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

އެއީވާ ދުވަސްވަރެކެވެ. ދެފަތް ކޭތިލިއަސް އިވެނީ އެއަޑެވެ. ދެމީހަކު ސިމިސިމި ލައްވާލީޔަސް ހަމަ އެވާހަކައެވެ. ސަރުކާރުގެ ޕްރޮޖެކްޓެއް ހިންގިޔަސް ފުރަތަމަ އެ ނަމެވެ. ސަރުކާރުގެ އިސް މީހަކު ޕޯޑިއަމެއްގެ ދޮށުގައި ހުއްޓިހުރެ ވާހަކައެއް ދައްކާނަމަ ދެ ޖުމްލަ ދޭތެރެއިންވެސް އެމީހަކަށް ހުޝާމަދު ކުރުމެވެ. ނެގެނީވެސް އޭނާއާއެކު ނެގޭ ސެލްފީ ތަކެވެ.

އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޗާލާކީ ދުވަސްވަރެވެ. ޕީޕީއެމްގެ މަޖިލިސް މެންބަރުންގެ ބަހުންނަމަ އެއީ ދީބުގެ އަދީބެވެ.

އަދީބުގެ ވާހަކަ އެންމެ ބޮޑަށް ވައިގައި ހިފަންފެށީ އެމްޕީއެލްގެ އޮޑިޓް ރިޕޯޓުން ފާހަގަ ކުރެވުނު ޑޮލަރު މާރުކުރަން އަދީބުގެ މަސްލަހަތު އޮތް ކުންފުންޏަކަށް ކްރެޑިޓަށް ދިން ފައިސާތަކާ ހިސާބުންނެވެ. އެއާއެކު އެނަން ބާރުވެ ސަރުކާރުގެ ވެރިންނަށް އަދީބާ ނުލައި ނޫޅެވޭވަރުވިއެވެ. ކޮރަޕްޝަންގެ ބޮޑެތި ޢަމްލަތަކާއި ގުޅޭގޮތުން އަދީބަށް ކުރެވުނު ބޮޑު ތުހުމަތަށް ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދެމުން ގެންދިޔައީ ބީރު ކަންފަތެކެވެ. ކޯލިޝަންގައި ހިމެނުނު ޕާޓީތަކަށް އެކަން އެނގި އިސްލާހު ކުރަން ހުށަހެޅުން، އިސްލާހުނުކޮށް ޕާޓީތައް ކޯލިޝަނުން ބޭރުކޮށް، ކޯލިޝަން ރޫޅާލި އެވެ. އަދީބަށް ލިބުނީ ކުރިއެރުމެވެ. އިތުރަށްވީ ބާރު ގަދައެވެ. ހުޝާމަދުކޮށް ކިޔަމުންދިޔަ ޅެންފަރިހިވީ އިތުރެވެ.  ޚާއްޞަކޮށް ޕީޕީއެމްގެ މަޖިލިސް މެންބަރުންގެ ތެރޭގައެވެ. އަދީބާމެދު ކުރެވެމުންދިޔަ ވައްކަމާއި ޖަރީމާތަކުގެ ތުހްމަތުތައް ހުދު ރައީސް ޔާމީންވެސް ބައްލަވަން ބޭނުންފުޅެއް ނުވިއެވެ. ގޮތް ނޭނގޭގޮތަކަށް މުއްސަނދިވެ ރާއްޖެ ނުދެކޭވަރުގެ ބޮޑު މަހުޖަނަކަށް އަދީބުގެންދިއިރު ފައިސާ ހޯދިގޮތެއްވެސް ބަލާލުމެއްނެތި އަތްތިލަ ބަޑި ޖައްސަވަމުން ގެންދެވީ މަހާރެހެންދިއަށް ދެއްވި އަގުބޮޑު އަނގޮޓިކޮޅާއި އެހާމެ އަގުބޮޑު ކާރަށެވެ.

އަދީބަށް ހުޝާމަދުކޮށް އެވަރެއް ނެތި ލާމަސީލު ނަމޫނާއެއްގެ ގޮތުގައި އަރާހުންނެވި އެއްބޭފުޅަކީ ޕީޕީއެމްގެ ޕީޖީ ލީޑަރ އަހުމަދު ނިހާނެވެ. އެންމެބޮޑަށް އަދީބު ބުރޯވެފައި އުޅުއްވީ ނިހާނެވެ.

ދައްކާން މިއުޅެނީ އެދުވަސްވަރުގެ ވާހަކައެއް ނޫނެވެ. އޭރު އެހިންގި ކަންކަމުގެ ވާހަކައެއް ނޫނެވެ. މުލިއާގެ ތެރޭގައި ގަތްކަމަށް ބުނާ ގަނޑުތަކެއްގެ ވާހަކައެއްވެސް ނޫނެވެ. އަތުންލަވާ އުޅުނު ކޭކުގެ ރަހަޔާ، ކުލިދައްކައިދިން ކަމަށް ބުނާ އެޕާޓްމަންޓާ އޮހެމުންދިޔަ ފައިސާގެ ފުނިވަރު ތަކުގެ ވާހަކައެއްވެސް ނުމެ ނޫންމެއެވެ. އެކަމަކު ދެވަނަ އަދީބެއް އުފަންވާން އުޅޭކަމަށް ހީވާތީ އެވާހަކައެވެ. ނޫންނަމަ ދެވަނަ އަދީބެއް އުފަންކުރާން އުޅޭކަމުގެ ކުލަވަރުތައް ފެންނާތީ އެ ވާހަކައެވެ.

މިފަހަރުވެސް އެކަމުގައި އެންމެހަރުކޮށް ބަސް ވިދާޅުވާތީ ފެންނަ އެއްބޭފުޅަކީ ޕީޖީ ލީޑަރ ނިހާނެވެ. މިހާރު ތައުރީފުކުރައްވަނީ ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުންއަށެވެ.

މިހާރު އެކަމަނާ ނޫން ކަނބަލެއް ނެތެވެ. އެކަމަނާގެ ދުރު ވިސްނުންފުޅެވެ. ހީވާގިކަމެވެ. ޖެހިލުން ކުޑަކަމާއި ކަމަށް ކަމޭ ހިތުމެވެ. ވަރުހުރުމާއި ހިތްވަރުގަދަ ކަމެވެ. އެކަމަނާގެ ދީލަތިކަމެވެ. ގާތްކަމާއި ކަންކަމުގެ ޝައުގެވެ. ވަރުބަލިކަމެއް ނެތުމާއި ކެރިވަޑައިގެންނެވުމެވެ. ލިސްޓް ދިގު ކުރާކަށް ކިޔާނެ ކަމެއް ނެތެވެ. އެކަމަނާގެ ނެތް ސިފައެއް މިހާރަކު ނެތެވެ. ބައެއް ފަހަރަށް ރައީސްކަމުގައިވެސް ހުންނެވީ އެކަމަނާ ނޫން ބާއޭ ހިތަށް އަރާހާވެއެވެ.

ނިހާނުމެންގެ އެހީތެރިކަމާއެކު އިތުރު އަދީބަކަށް މެޑަމް ފާތުން ނުވެދާނެ ބާވައޭ ހިތަށް އަރައެވެ. އެކަމަށް ބާރުދޭ އެހެން ސަބަބުތަކެއް ވެސް އެބަހުއްޓެވެ. އަދީބު ދުވަސްވަރު އަދީބުގެ އެހީތެރިއަކީ އެކަމަނާ ކަމަށް ކިޔާއުޅެމެވެ. ކަންކަން ރޭއްވެވުމާއި ތަންފީޒް ކުރެއްވުމުގައި އެކަމަނާގެ އެހީތެރިކަމެވެ. ހިންގުނު "ތަފާތު ބޮޑެތި ކަންކަމުގައި" ލިބެމުންދިޔަ އެކަމަނާގެ އަތްގާތްކޮށްލަދިނުމެވެ. އަނެއް ސަބަބަކީ މިފަހަރުވެސް ދެކެވޭ ތަފާތު ފައިސާގެ ވާހަކަތަކެވެ. ޕްރޮޖެކްޓްތަކުން އެޅޭ ކަމަށް ދެކެވޭ ބައިގެ ވާހަކައެވެ. މަޝްރޫޢުތައް ހަވާލުކުރުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރާކަމަށް ދެކެވޭ ވާހަކަތަކެވެ. ނަންގަވާކަމަށް ބުނެ އުޅޭ ކަޓްތަކުގެ ވާހަކައެވެ.

ކޮންމެއަކަސް އަދީބުގެ ވާހަކަ ދެކެވުނުހާ ބާރަށް މިހާރު ދެކެވެމުން އެދަނީ މެޑަމް ފާތުންގެ ވާހަކައެވެ. ސަރުކާރުގެ ހުރިހާ ހަފްލާތަކެއްގައިވެސް އެކަމަނާއަށް ހުޝާމަދު ކުރުމެވެ. ޚާއްޞަކޮށް މެންބަރުންނެވެ. މިދާވަރުން ދާނަމަ އިތުރު އަދީބެއްގެ ގޮތުގައި އެކަމަނާ ނުވެ ހިނގައިދާނެ ބާވައޭ ހަމަ ހިތަށް އަރައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް